ކުރީގެ ނާއިބު ރައީސް އަބްދުﷲ ޖިހާދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރުނު އަމުރު ހައިކޯޓުން ބާތިލްކޮށްފިއެވެ.
ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރައިގެން ދިއުމުގެ ހުއްދަ ދެވެން ނެތްކަމަށް ބުނެ ޖިހާދުގެ ޕާސްޕޯޓް ހިފެހެއްޓީ ކްރިމިނަލް ކޯޓުންނެވެ. ނަމަވެސް ހައިކޯޓުން މިއަދު ވަނީ ކްރިމިނަލް ކޯޓުގެ އެ އަމުރު ބާތިލް ކޮށްފައެވެ. ހައިކޯޓުން ބުނެފައިވަނީ، ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަކީ ޤާނޫނާއި ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށެވެ.
އެ މައްސަލާގައި ޖިހާދުގެ ފަރާތުން 4 ނުކުތާއެއް އިސްތިއުނާފް ކޮށްފައިވާއިރު، މައްސަލާގައި ހައިކޯޓުން ނިންމާފައިވަނީ، ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި ހިމެނޭ ޚަސްމަކު އެމައްސަލައިގެ ޝަރީއަތަށް ހާޒިރު ނުވެވޭނެ ފަދަގޮތަކަށް ކޯޓުގެ ހުއްދަނެތި ފުރައިގެން ދިއުމަކީ މަނާކަމެއްކަން ޝަރީޢަތްކުރުމާ ގުޅޭގޮތުން ހަދާފައިވާ ޤަވާއިދަށް ބެލުމުން އިނގޭ ކަމަށެވެ.
އަދި މައްސަލައިގެ ތަހުގީގުގެ އެއްވެސް މަރުޙާލާއެއްގައިވެސް އަދި ޝަރީއަތަށް މައްސަލަ ހުށަހެޅުމަށްފަހުވެސް ޖިހާދު ފުރުން މަނާކުރުމުގެ އަމުރަކަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އެދިފައި ނުވާކަން ހައިކޯޓުން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން ކްރިމިނަލް ކޯޓުގެ އަމުރު އިސްތިއުނާފު ކުރުމަށް ޖިހާދުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، ލިޔެކިޔުންތަކަށާއި، ޝަރީއަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބިނާކޮށް އެ އަމުރަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާއި ޚިލާފަށް ނެރެފައިވާ އަމުރެއްކަމުގައި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅާ އެ އަމުރު ބާތިލު ކުރާ ކަމަށެވެ.
މި މައްސަލަ ހައިކޯޓުގައި ބައްލަވާފައިވަނީ ފަނޑިޔާރު ހުސައިން ޝަހީދުއާއި، އިސްފަނޑިޔާރު ހާތިފް ޙިލްމީއާއި ފަނޑިޔާރު އަބްދުއްރައޫފު އިބްރާހިމް އެވެ.
ޖިހާދުގެ މައްޗަށް ދަޢުލަތުން ދައުވާ ކޮށްފައިވަނީ، ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ކ. ފުށިދިއްގަރުފަޅު ތަރައްގީކުރުމަށް ސަރުކާރުގެ 50 ޕަސެންޓް ހިއްސާވާގޮތަށް ޖޮއިންޓްވެންޗާ އެއްބަސްވުމެއް ހެދުމަށް ނޮވެމްބަރު، 29، 2011 ގައި ވަޒީރުންގެ މަޖިލީހުން ނިންމާފައިވަނިކޮށް، ވަޒީރުންގެ މަޖިލީހުގެ ނިންމެވުމާ ޚިލާފުވާން ޖެހޭ ސަބަބެއް ނެތި ޖިހާދު، ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއެކު ސޮއިކުރެއްވީ 50 ޕަސެންޓުގެ ބަދަލުގައި ދިވެހި ދައުލަތުގެ 25 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް ހެދުމަށް ކަމަށްވުމުން އެކަމުގެ ސަބަބުން ދަޢުލަތަށް ލިބެންއޮތް ފައިދާ ނުލިބި ދައުލަތަށް ބޮޑު ގެއްލުމެއް ލިބިފައިވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު