ބްރެޒީލުން ރާއްޖެ އައި ދެ މީހެއްގެ އަތުން ޖުމްލަ 3.12 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން މިރޭ ބުނެފައިވަނީ، ވައިގެ މަގުން ރާއްޖެއައި ބްރެޒިލް ރައްޔިތަކާއި ލެޓްވިއާގެ ރައްޔިތެއްގެ އަތުން މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފައިވާ ކަމަށެވެ.
އެގޮތުން މިދިޔަ ނޮވެންބަރު 3 ވަނަ ދުވަހު ރާއްޖެ އައި އުމުރުން 23 އަހަރުގެ ލެޓްވިއާ ފިރިހެނެއްގެ ޢަމަލުތައް ހުރިގޮތުން އޭނާއާއި މެދު ޝައްކުކުރެވިގެން، އޭނާގެ ލަގެޖް ކަސްޓަމްސް އިން ބަލައި ފާސްކުރިއިރު، އޭނާގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާ ކަމަށެވެ. އަދި ފުރަތަމަ މަރުޙަލާގައި މިތަކެތި ކަސްޓަމްސް އިން ޓެސްޓްކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިންއަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި މި ތަކެތީގެ ބުރަދަނުގައި 2.4 ކިލޯ ހުރިކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.
އަދި 2020 ނޮވެންބަރު 28 ވަނަ ދުވަހު ރާއްޖެ އައި 21 އަހަރުގެ ބްރެޒިލް ފިރިހެނެއްގެ ޢަމަލުތައް ހުރިގޮތުން އޭނާއާއި މެދު ޝައްކު ކުރެވިގެން ބަލައި ފާސްކުރުމުން އޭނާގެ ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި ރައްކާކޮށްފައިހުރި 66 ކެޕްސޫލް ފެނިފައިވާ ކަމަށެވެ. އަދި ފުރަތަމަ މަރުޙަލާގައި މިތަކެތި ކަސްޓަމްސް އިން ޓެސްޓުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިންއަށް ވަނީ ޕޮޒިޓިވް ވެފައެވެ. މިމީހާގެ އަތުން އަތުލައިގަނެވެނު މަސްތުވާތަކެތީގެ ބަރުދަނުގައި 654 ގްރާމް ހުރިކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.
މިމައްސަލަތަކުގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގު ދިހަ މިލިއަން ނުވަލައްކަ އެކާވީސްހާސް ހަތަރުސަތޭކަ ރުފިޔާއަށް އަރާ ކަމަށާއި، އަދި މި މަސްތުވާތަކެއްޗާއި، އެތަކެތި އެތެރެކުރުމަށް މަސައްކަތް ކުރި މީހުން ފުލުހުންނާ ޙަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

ބްރެޒިލްއިން ރާއްޖެ އައި ދެ މީހެއްގެ އަތުން ޖުމްލަ 3.12 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި. pic.twitter.com/4djaqbP3zE
— Maldives Customs (@CustomsMv) January 13, 2021
އަދި 2020 ނޮވެންބަރު 28 ވަނަ ދުވަހު ރާއްޖެ އައި 21 އަހަރުގެ ބްރެޒިލް ފިރިހެނެއްގެ ޢަމަލުތައް ހުރިގޮތުން އޭނާއާއި މެދު ޝައްކު ކުރެވިގެން ބަލައި ފާސްކުރުމުން އޭނާގެ ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި ރައްކާކޮށްފައިހުރި 66 ކެޕްސޫލް ފެނިފައިވާ ކަމަށެވެ. އަދި ފުރަތަމަ މަރުޙަލާގައި މިތަކެތި ކަސްޓަމްސް އިން ޓެސްޓުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިންއަށް ވަނީ ޕޮޒިޓިވް ވެފައެވެ. މިމީހާގެ އަތުން އަތުލައިގަނެވެނު މަސްތުވާތަކެތީގެ ބަރުދަނުގައި 654 ގްރާމް ހުރިކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.
މިމައްސަލަތަކުގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގު ދިހަ މިލިއަން ނުވަލައްކަ އެކާވީސްހާސް ހަތަރުސަތޭކަ ރުފިޔާއަށް އަރާ ކަމަށާއި، އަދި މި މަސްތުވާތަކެއްޗާއި، އެތަކެތި އެތެރެކުރުމަށް މަސައްކަތް ކުރި މީހުން ފުލުހުންނާ ޙަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު