ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް މިއަދު ގައުމާ މުހާތަބު ކުރަށްވާނެ ކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ގައުމާއި މުހާތަބު ކުރައްވާނީ މިއަދު މެންދުރު 2:00 ގައި ކަމަށެވެ. މަބްރޫކް ވިދާޅުވީ، ރައީސްގެ ވާހަކަފުޅުގައި އަލިއަޅުވާލައްވާނީ ކޯވިޑް-19 އާއި ގުޅިގެން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއި ގުޅޭގޮތުން ކަމަށެވ. ރައީސްގެ ވާހަކަފުޅު ރައީސް އޮފީހުގެ ވެބްސައިޓުން ލައިވް ބްރޯޑްކާސްޓު ކުރާނެ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ޗެނަލްތަކަކުން ވަގުތުން ދުރަށް ދައްކާނެއެވެ.
ރައީސް ގައުމާއި މުހާތަބު ކުރައްވަން ހަމަޖައްސަވާފައި ވާއިރު އިންޑިއާ ސަރުކާރުން ރާއްޖެއަށް ހިލޭ އެހީގެ ދަށުން ދޭ އެއް ލައްކަ ޑޯޒުުގެ ކޯވިޑް ވެކްސިން ހިފައިގެން އަންނަ އެއާ އިންޑިއާގެ ފްލައިޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސުމަށް ހަމަޖެހިފައިވަނީ މެންދުރު2:00 ގައެވެ.

President @ibusolih will address the nation at 2pm today to provide you with the latest progress in the government's COVID-19 response plan.
— Mabrook Azeez (@MvSpokesperson) January 20, 2021
You can watch this broadcast on @presidencymv and on all local networks.
ރައީސް ގައުމާއި މުހާތަބު ކުރައްވަން ހަމަޖައްސަވާފައި ވާއިރު އިންޑިއާ ސަރުކާރުން ރާއްޖެއަށް ހިލޭ އެހީގެ ދަށުން ދޭ އެއް ލައްކަ ޑޯޒުުގެ ކޯވިޑް ވެކްސިން ހިފައިގެން އަންނަ އެއާ އިންޑިއާގެ ފްލައިޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސުމަށް ހަމަޖެހިފައިވަނީ މެންދުރު2:00 ގައެވެ.
ކިޔުންތެރިންގެ ހިޔާލު