ގޭގައި ކަރަންޓީނު ކުރަން ޖެހިދާނެ ކަމަށް ހުރިހާ ރައްޔިތުން ތައްޔާރު ވުމަށް މިނިސްޓަ އޮފް ހެލްތު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަމީން ވިދާޅުވީ، ކަރަންޓީން ކުރުމުގައި ބަދަލުތަކެއް ގެންނަން ޖެހިދާނެ ކަމަށާއި، އެކަމަށް ތައްޔާރުވެ ތިބެންޖެހޭ ކަމަށެވެ.

"މިހާރު މިދަނީ މަޝްވަރާކުރަމުން ކަރަންޓީން ކުރުމާއި ފަރުވާ ދޭން ޖެހޭ ގޮތަށް ބަދަލުތަކެއް ގެންނަން ޖެހޭތޯ. އަދި ޕޮޒިޓިވްވާ މީހުން ވަކި ތަނެއްގައި ވަކި ރަށެއްގައި ބަހައްޓަން ދަނީ މަސައްކަތްކުރަމުން." މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މިނިސްޓަރ އަމީން ވިދާޅުވީ، އަތޮޅު ތެރެއަށް ދަތުރުކުރި މީހުން ގޭގައި މަޑުކުރަން އަންގާފައިވާ ކަމަށާއި، އެއީ ބަލި ފެތުރުމުގެ ފުރުސަތު އޮތުމުން ކަމަށެވެ. އަދި ކުރިއަށް އޮތީ ވިއްސާރަ މޫސުން ކަމަށާއި، ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ. ވިއްސާރަ މޫސުމުގައި ޑެންގޫ ބަލި އިތުރުވެއްޖެނަމަ ސިއްހީ ނުރައްކަލުގެ ތެރެއިން، ސިއްޙީ ޚިދުމަތްތެރިން އިތުރު ބުރައެއް އުފުލަންޖެހޭނެ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

މާލެއިން މީހަކު ޕޮޒިޓިވްވުމުގެ ކުރިން ގިނަ އެންގުންތަކެއް އެންގިކަމަށާއި، ގިނަ ބަޔަކު ފިޔަވަޅުތަކަށް އިހުތިރާމުކުރިޔަސް މަދު ބައެއްގެ ސަބަބުން ނޭދެވޭ ނަތީޖާއެއް ނުކުމެދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ޒަރޫރީ ބޭނުމެއްގައި ބޭރަށް ދިއުން ފިޔަވައި އިތުރު އެހެން ބަޔަކާ ކޮންޓެކްޓް ނުވުމަށް މިނިސްޓަރ ވަނީ އިލްތިމާސް ކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


13

ސައްތާރު

26-Apr-2020

ބަލަ ކޮންޓްރޯލް ނުވީމާ އެހެންގައުމު ތަކުގަ ތިފަދަ ފިޔަވަޅު އަޅަނީ



ޓްރެންޑިން