ރިސޯޓުތަކުގެ މުވައްޒަފުން ތިބީ ވަރަށް ޙާލުގައި ކަމަށް ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ ޙައްޤުގައި ވަކާލާތުކުރާ "ޓީމް" ގެ ރައީސް މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.
ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ ގިނަ ރިސޯޓް ތަކެއް ބަންދުކޮށް ގިނަ ޢަދަދެއްގެ ދިވެހިންގެ ވަޒީފާ ވަނީ ގެއްލިފައެވެ. އަދި ގިނަ ބަޔަކު ވަނީ މުސާރަ ނުލިބޭގޮތަށް ރަށަށް ފޮނުވާލާފައެވެ. މިކަމާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ގިނަ ދިވެހިންގެ ކަންބޮޑުވުން ވަނީ އިންތިހާއަށް އިތުރު ވެފައެވެ.
"ޓީމް" ގެ ރައީސް މައުރޫފް ކުރަށްވާފައިވާ ޓްވީޓެއްގައި ވަނީ، ރިސޯޓްތަކުން މާލެ އައިސް ރަށަށް ނުދެވި އަދި ރިސޯޓުތަކުގައި މާލެ ނާދެވި ތިބި ދިވެހިން ތިބީ ވަރަށް އުނދަގޫ ޙާލަތެއްގައި ކަމަށެވެ.
"އަތުގައި ހުރި ފައިސާކޮޅު ކުލި ދައްކާ، ރިސޯޓު ޝޮޕަށްދީ ހުސްވެއްޖެ." މައުރޫފް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން މަޢުރޫފް ވަނީ ދަތި ޙާލުގައި އުޅެމުންދާ ރައްޔިތުންނަށް ގޮތެއް ހޯދައިދޭން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
ސަރުކާރުން ހާމަކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު ކޯވިޑް-19 އާ ގުޅިގެން މިހާތަނަށް ވަޒީފާއަށް ބަދަލު އައިސްގެން ޖޮބް ޕޯޓަލްގައި ރަޖިސްޓްރީ ކޮށްފައިވަނީ 1300 މީހުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި، ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް ވިދާޅުވެފައިވަނީ، ކޯވިޑް-19 އާ ގުޅިގެން ވަޒީފާއިން ވަކިކުރި ކޮންމެ މީހަކަށް 5000 ރުފިޔާގެ ލޭއޮފް ބެނެފިޓެއް ދޭން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު