ށ. އަތޮޅުގެ ޗާޓު- އަތޮޅުގެ ގިނަ ރަށްތަކަކަށް ވަނީ އަރާފޭބުން މަނާކޮށްފައި
ށ. އަތޮޅުގެ ޗާޓު- އަތޮޅުގެ ގިނަ ރަށްތަކަކަށް ވަނީ އަރާފޭބުން މަނާކޮށްފައި
އުތުރުގެ 6 ރަށެއް މޮނިޓަރިންގެ ޙާލަތަށް ގެނެސްފައިވާ ކަމަށް އެޗްޕީއޭ އިން ހާމަކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ށ. ނަރުދޫ، ނ.ހޮޅުދޫ، ށ.ފުނަދޫ، ށ.މިލަންދޫ އަދި ށ.ފީވަކާއި ހަމަ އެއަތޮޅު މާއުނގޫދޫ އެވެ.

ކޯވިޑް-19 އަށް ޕޮޒިޓިވް މީހަކު މިއަދު ވަނީ ށ. ނަރުދޫ އިން ފެނިފައެވެ. އެރަށުން މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ "އަމާޒު" ކިޔާ ބޯޓެއްގައި މަސައްކަތްކުރާ އެރަށު ފިރިހެނެކެވެ.

އެ ބޯޓު އެންމެ ފަހުން މާލެ އިން ފުރާފައި ވަނީ މާލެއިން މީހަކު ބައްޔަށް ޕޮޒިޓިވްވެ މާލެ ލޮކްޑައުން ކުރި ދުވަހު ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މީގެ ކުރިން ހއ. އަދި ހދ. އަށް ދަތުރުކުރާ "ކާވިޔާ" ބޯޓުން ދަތުރުކުރި މީހަކު ވެސް ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

އެޗްޕީއޭ އިން ބުނެފައިވަނީ މިހާތަނަށް ރާއްޖޭން ޕޮޒިޓިވް ވެފައި ވަނީ 137 މީހުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން