އަވަށްޓެރި ސްރީލަންކާގައި އިއުލާނުކޮށްފައިވާ ލޮކްޑައުން މާދަމާ އުވާލުމަށް ނިންމި ނިންމުން ބާތިލްކޮށް ލޮކްޑައުންގެ މުއްދަތު އިތުރުކުރަން އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.
އަސްކަރީ ބޭސްއެއް ހިމެނޭގޮތަށް ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު އިތުރުވުމާއެކު ސްރީލަންކާގެ ލޮކްޑައުންގެ މުއްދަތު އިތުރު ހަފްތާއަކަށް އިތުރުކުރުމަށް އެގައުމުގެ ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ.
މާރޗްމަހުގެ 20 ވަނަ ދުވަހު އެގައުމުގައި އިއުލާނުކުރި ލޮކްޑައުންއަށް މާދަމާ ނިމުމެއް އަންނާނެކަމަށް ސަރުކާރުން އިއުލާނުކުރިތާ 24 ގަޑިއއިރުގެ ތެރޭގައި، އެގައުމުގެ ލޮކްޑައުންގެ ހާލަތު އަންނަ މަހުގެ 2 ވަނަ ދުވަހާއި ހަމައަށް އިތުރުކޮށްފައިވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު އިތުރުވުމާއި ގުޅިގެންނެވެ.
އެގޮތުން، ވިއޯން ވެބްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯއިން އެކަނިވެސް 81 މީހަކު ވައިރަހަށް ވަނީ ޕޮޒިޓިވްވެފައެވެ. އަދި ސްރީލަންކާގެ އަސްކަރިއްޔާގެ ކަނޑުގެ ސިފައިންގެ ބޭސްއަކުން 65 އޮފިސަރަކު ވެސް ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.
ސްރީލަންކާއިން މިހާތަނަށް 477 މީހަކު ވައިރަހަށް ޕޮޒިޓިވްވެފައި ވާއިރު، 7 މީހަކު ވަނީ ބަލީގައި މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު