އާލިއާ ބަޓް އަދި ރަންބީރު ކަޕޫރް ރާއްޖެއައުމަށް މުމްބާއީގެ އެއަރޕޯޓުގައި.
އާލިއާ ބަޓް އަދި ރަންބީރު ކަޕޫރް ރާއްޖެއައުމަށް މުމްބާއީގެ އެއަރޕޯޓުގައި.
ކޮވިޑް ބަލިން ސަލާމަތްވުމާއިއެކު އިންޑިއާގެ މަޝްހޫރު ފިލްމީތަރިން ކަމަށްވާ އާލިއާ ބަޓް އަދި ރަންބީރު ކަޕޫރް ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެއަށް އައިސްފިއެވެ.

އިންޑިއާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުންނަމަ އާލިއާ ބަޓް އަދި އޭނާގެ ލޯބިވެރިޔާ ރަންބީރު ކަޕޫރް، ރާއްޖެ އައިސްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ނަމަވެސް މިދެތަރިންގެ ޗުއްޓީގެ ފޮޓޯއެއް އަދި އާންމުކޮށްފައެއް ނުވެއެވެ.

އާލިއާ ބަޓާއި ރަންބީރު ވެސް ރާއްޖެ އައުމުގެ ކުރިން ކޮވިޑަށް ޕޮޒިޓިވްވެ އެކަހެރިވެ ތިބިކަމަށް މައުލޫމާތު ލިބިފައިވެއެވެ. މިގޮތުން އާލިއާ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ މިމަހުގެ 2 ވަނަ ދުވަހުއެެވެ. އަދި މިމަހުގެ 14 ވަނަ ދުވަހު ހެދި ޓެސްޓް ތަކުން އޭނާ ބައްޔަށް ނެގަޓިވްވެ ބަލިން ރަނގަޅުވެފައިވާކަން ވަނީ ކަށަވަރުވެފައެވެ. އާލިއާ ކޮވިޑަށް ޕޮޒިޓިވްވުމުގެ ކުރިން ރަންބީރު ކޮވިޑަށް ޕޮޒިޓިވްވެ އެކަހެރިވެފައިވާކަން މީޑިއާތަކުން ފާހަގަކޮށްފައި ވެއެވެ.

ކޮވިޑާއި ގުޅިގެން އިންޑިޔާގެ މުމްބާއީގެ އިތުރުން ގިނަ ސަރަހައްދުތަކެއް ފުރަބަންދަށް ދިއުމާއިއެކު އާލިއާ ބަޓާއި ރަންބީރު ކަޕޫރްގެ އިތުރުން ދީޝާ ޕަޓާނީއާއި ޓައިގަރ ޝްރޮފްވެސް ވަނީ ރާއްޖެއައިސް ޗުއްޓީ ހޭދަކުރަން އިހުތިޔާރުކޮށްފައެވެ. މައުލޫމާތު ލިބޭގޮތުގައި އިންޑިޔާގައި ކޮވިޑް ކޭސްތައް އިތުރުވުމާއިއެކު، ގިނަ ފިލްމީތަރިން މުމްބާއީ ދޫކޮށް، ރައްކާތެރި މާހައުލުތަކުގައި ޗުއްޓީ ހޭދަކޮށްލަން އަންނަނީ އިހުތިޔާރުކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން