ކޮވިޑު ޖެހުމުން ގިނަގިނައިން ބްރީތިން އެކްސަރސައިޒް ކުރުމަށް އިންޑިޔާގެ މަޝްހޫރު ފިލްމީތަރި ވަރުން ދަވަން ލަފާދީފިއެވެ.

ވަރުން މިހެން ބުނެފައިވަނީ ކޮވިޑަށް ޕޮޒިޓިވް ވިއިރު އޭނާއަށް އެންމެ އެހީތެރިވެދިން ކަމެއްގެ ގޮތުގައި ބްރީތިން އެކްސަރސައިޒް ކުރުން ފާހަގަކޮށެވެ.

ވަރުން ދަވަން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ މިދިޔަ އަހަރު ހިންދީ ފިލްމު ޖުގްޖުގް ޖިޔޯގެ ޝޫޓިންގެ ތެރެއިންނެވެ. އެފަހަރު ވަރުން ދަވަންއާއެކު ފިލްމުން ދެން ފެނިގެންދާ ނީތޫ ކަޕޫރުގެ އިތުރުން ފިލްމު ޑިރެކްޓަރ ރާޖް މެހެތާވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ.

މިގޮތުން އޭރު ކުރެވުނު ތަޖުރިބާ ތަކާއެކު ފިލްމީ ތަރި މަލައިކާ އަރޯރާ ހިއްސާކޮށްފައިވާ ބްރީތިން އެކްސަރސައިޒެއް އިންސްޓަގްރާމުގައި ހިއްސާކުރަމުން، ބްރީތިން އެކްސަރސައިޒް ކުރުމުން ލުއިތަކެއް ލިބިގެންދާނެކަމަށް ވަރުން ދަވަން ވަނީ ފާހަގަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން