އިންޑިއާގެ ކޮވިޑުގެ ބިރުވެރިކަމާއެކުވެސް ހުއްޓުމެއްނެތި މަސައްކަތްކުރަމުންދާ ސިއްހީ އެހީތެރިންނަށް އެހީ ފޯރުކޮަށްދިނުމުގައި އިންޑިއާގެ މަޝްހޫރު ފިލްމީތަރި ސަލްމާން ޚާން ނަމޫނާ ދައްކައިފިއެވެ.

މިގޮތުން ސަލްމާން ޚާން ވަނީ އިންޑިއާގައި އިސްސަފުގައި މަސައްކަތްކުރާ ސިއްހީ އެހީތެރިންނަށް 25،000 ފުޑްޕެކޭޖް ހަދިޔާކުރުމަށް ވައުދުވެފައެވެ. އަދި މިހާތަނަށް 5000 އަށްވުރެ ގިނަ ފުޑް ޕެކޭޖް ސަލްމާން ވަނީ ހަދިޔާކޮށްފައެވެ.

ސަލްމާން ހަދިޔާ ކުރާ ފުޑް ޕެކޭޖްގައި ހުންނަ ތަކެއްޗަކީ އޭނާ އަމިއްލައަށް ރަހަބަލައި ޓެސްޓުކޮށްފައި ހަދިޔާ ކުރާ ތަކެއްޗެވެ.

ސަލްމާންގެ އިތުރުން ގިނަ ފިލްމީ ތަރިންތަކެއް ވަނީ މިބަލިމަޑުކަމުގައި އެހީތެރިވުމަށް އިސްނަގާފަައެވެ. ނަމަވެސް، ބައެއް އާންމުން ފާހަގަ ކުރާގޮތުގައި، ފިލްމީ ތަރިން އިސްވެ ހަރަކާތްތެރިވަނީ މީސްމީޑިޔާގައި މޮޅެތި ސްޓޭޓަސް ޖެހުމާއި ރާއްޖެ ފަދަ ފަތުރުވެރި މަންޒިލުތަކުގައި ޗުއްޓީހޭދަކުރުމުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން