އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ޓްވިންކަލް ކަންނާ އަދި އަކްޝޭ ކުމާރު.
އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ޓްވިންކަލް ކަންނާ އަދި އަކްޝޭ ކުމާރު.
ކޮވިޑާއި ގުޅިގެން އޮކްސިޖަނަަށް ޖެހިފައިވާ އިންޑިއާގެ ހޮސްޕިޓަލްތަކަށް އެހީތެރިވުމުގެ ގޮތުން އެތައްގައުމަކުން އިސްނަގާފައިވާއިރު، އިންޑިއާގެ މަޝްހޫރު އެތައް ފަންނާނުން ވެސް ދަނީ ކޮވިޑާއި ގުޅިގެން އެކި ގޮތްގޮތަށް އެހީތެރިވުމަށް މަސައްކަތްކުރަމުންނެވެ.

މިގޮތުން އިންޑިއާގެ މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ ޓްވިންކަލް ކަންނާ އަދި އަކްޝޭ ކުމާރު ވަނީ 100 އޮކްސިޖަން ކޮންސެންޓްރޭޓަރ އިންޑިއާގެ ހޮސްޕިޓަލްތަކަށް ހަދިޔާކޮށްފައެވެ. މިހަބަރު އާންމުކޮށް ކޮށްފައިވާ ޓްވީޓުގައި ޓްވިންކަލް ކަންނާ ބުނެފައިވަނީ ޑައިވިކް ފައުންޑޭޝަނާއި ގުޅިގެން ޖުމްލަ 220 އޮކްސިޖަން ކޮންސެންޓްރޭޓަރ އިންޑިއާގެ ހޮސްޕިޓަލްތަކަށް ހަދިޔާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"އުފާވެރި ހަބަރެއް. ޑރ. ޑްރަޝްނިކާ ޕަޓޭލް އަދި ޑރ. ގޮވިންދް ބަންކާނީ ވަނީ ޑައިވިކް ފައުންޑޭޝަން މެދުވެރިކޮށް 120 އޮކްސިޖަން ކޮންސެންޓްރޭޓަރ ޑޮނޭޓް ކުރުމަށް ނިންމާފައި. މީގެއިތުރުން އަހަންނާއި އަކްޝޭ ކުމާރު ވެސް ވަނީ 100 ވެންޓިލޭޓަރ ޑޮނޭޓް ކުރުމަށް ނިންމާފައި. މިއާއެކު އަހަރުމެންނަށް ޖުމްލަ 220 އޮކްސިޖަން ކޮންސެންޓްރޭޓަރ ހަދިޔާ ކުރެވޭނެ." ޓްވިންކަލް ކަންނާގެ ޓްވީޓުގައި ބުނެފައިވެއެވެ.

މީގެއިތުރުންވެސް ޓްވިންކަލް ކަންނާ ދަނީ ޓްވިޓަރ މެދުވެރިކޮށް އެކި ޖަމިއްޔާ ޖަމާއަތްތަކާއި ގުޅިގެން އިންޑިއާއަށް ބޭނުންވާ އޮކްސިޖަން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން