ވ. ތިނަދޫ، ހިޔާ އަދުހަމް އަހުމަދު ރަޝީދު
ވ. ތިނަދޫ، ހިޔާ އަދުހަމް އަހުމަދު ރަޝީދު
ރައީސް ނަޝީދު އަވަހާރަ ކޮށްލުމަށް ދިން ޓެރަރިސްޓް ޙަމަލާ އާއި ގުޅިގެން މިއަދު ހައްޔަރުކުރި އަދުހަމަކީ ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާދިން ބޮން ގޮއްވާލި މީހާ ކަމަށް ފުލުހުން ބުނެފިއެވެ.

މިމަހުގެ ހަވަނަ ދުވަހުގެރޭ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ޙަމަލާއާއި ގުޅިގެން ފުލުހުން މިއަދު ހައްޔަރުކުރި ވ. ތިނަދޫ، ހިޔާ އަދުހަމް އަހުމަދު ރަޝީދުގެ ޙަރަކާތްތައް ފުލުހުން މިއަދު ޢާއްމު ކޮށްފައިވާއިރު، ފުލުހުން މިއަދު ވަނީ އޭނާ ބޮންގޮއްވާލި މަންޒަރު ދައްކުވައިދޭ ވީޑިއޯއާއި އެއަށްފަހު މާލެ ތެރޭގައި އޭނާއާއި މިކަމުގައި ބައިވެރިވާ މީހުންގެ އަމަލުތައް ހުރިގޮތް ދައްކާލާފައެވެ.

ހަމަލާ ދިން ވަގުތު އަތަމާ ޕެލެސްގެ އެތެރެއިން ހުރި ސީސީޓީވީ ފުޓޭޖެއް ފުލުހުން މިއަދުގެ ޕްރެސްގައި ވަނީ ދައްކާފައެވެ. އެ މަންޒަރުތަކުން ފެންނަ ގޮތުގައި ހަމަލާ ދިނުމުގެ ކުރިން އަތަމާ ޕެލެސް ހޮޓަލާ ގުޅިފައިވާ ގޯޅިގަނޑުގައި އަދުހަމް ފޯނުން ވާހަކަދައްކަން ހުންނަނީ ފާރުގައި އެއް ފައި ޖައްސާލައިގެން ކޮޅަށެވެ. އެ ވީޑިއޯއިން އަދުހަމްގެ އަތުގައި ރިމޯޓެއް ޒާތުގެ އެއްޗެއް އޮތްކަން ފެނެއެވެ. އަދި ބޮން ގޮއްވާލުމަށްފަހު ބޭރަށް ނުކުމެ ދުއްވައިގަންނަ ތަން ފެނެ އެވެ.



ރިޔާޒު ވިދާޅުވީ ފާރުގައި ހުރި ފުޓް ޕްރިންޓް ފުލުހުން އެނަލައިޒް ކުރުމުން އަދުހަމްގެ ފައިގެ ފްޓް ޕްރިންޓާ ދިމާވެފައިވާ ކަމަށެވެ. އިތުރަށް ރިޔާޒް ވިދާޅުވީ ހަމަލާއާއި ގުޅިގެން އިއްޔެގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ދެ މީހުންނާ ވެސް އަދުހަމް މުއާމަލާތް ކޮށްފައި ހުރިކަން މިހާރު އެނގިފައިވާ ކަމަށެވެ. ބޮން ގޮއްވާލުމަށްފަހު އަދުހަމް ގޮސް އެންމެ ފުރަތަމަ އެރީ ޗާންދަނީ މަގުގައި ހުންނަ ޖަލާލުއްދީން މިސްކިތަށް ކަމަށާއި ފަހުން ބައްދަލުކުރީ މި މައްސަލާގައި ހައްޔަރުކޮށްފައިވާ މުޖާޒްއާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.



ފުލުހުންގެ ޕްރެސްގައި ސީޕީ ހަމީދު ވިދާޅުވީ މިމައްސަލާގައި ޝާމިލުވާ އަދުހަމް ހައްޔަރު ކުރުމަށް އިއުލާން ކުރި ހިސާބުން އޭނާ ވަނީ ތުބުޅިވެސް ތުނިކޮށް، ބޯވެސް ވަރަށް ބޮޑަށް ތުނިކޮށްފައިކަމަށެވެ. އަދި މިކަން ކުރިކަމުގެ ހެކިވެސް ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޙަމަލާ ދިނުމަށް މިމީހުން ގެންގުޅުނު ސިމްތަކާއި، އެނޫންވެސް ގިނަ މައުލޫމާތުތަކެއް ފުލުހުން ވަނީ ހޯދާފައެވެ. އަދި އެމީހުންގެ ފޯންކޯލްތައް އަޑު އަހައި ގުޅާފައިވާ މީހުންނާއި، މިކަމުގައި ޝާމިލުވާ އިތުރު މީހުން ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން