ޕްރިންސް ހެރީ އަދި މޭގަން މާކްލް، ފުރަތަމަ ދަަރިކަލުން، އާޗީ އާއެކު.
ޕްރިންސް ހެރީ އަދި މޭގަން މާކްލް، ފުރަތަމަ ދަަރިކަލުން، އާޗީ އާއެކު.
އެމެރިކާގެ ޝާޙީ އާއިލާއަށް ނިސްބަތްވާ ޕްރިންސް ހެރީ އަދި މޭގަން މާކްލްއަށް ދެވަނަ ދަރިޔަކު ލިބިވަޑައިގެންފިއެވެ.

މިފަހަރު ޕްރިންސް ހެރީ އަދި މޭގަންއަށް ލިބިވަޑައިގަތީ އަންހެން ދަރިކަނބަލެކެވެ. ހެރީ އަދި މޭގަންގެ ފަރާތުން ހާއްސަ ތަރުޖަމާނަކު މިކަން އިއުލާންކޮށްދެއްވަމުން ދަރިކަނބަލުންނަށް ކިޔާފައިވާ ނަންވެސް ވަނީ ހާމަކޮށްފައެވެ. ދަރިކަނބަލުންނަށް ނަންދެވިފައިވަނީ ޕްރިންސް ހެރީގެ މަންމަ އަދި މާމަގެ ހަނދާނުގައި، މަންމަގެ ނަމާއި މާމަގެ ނަންވެސް ހިމެނޭގޮތަށް، ލިލީބެޓް (ލިލީ) ޑަޔާނާ މައުންޓްބެޓެން-ވިންޑްސޯވ އެވެ.

ލިލީބެޓް އަކީ އިނގިރޭސިވިލާތުގެ ރާނީ، އަދި ޕްރިންސް ހެރީގެ މާމައަށް ލޯބިން ކިޔާ ވަނަމެކެވެ. އަދި ޕްރިންސް ހެރީގެ މަންމަ ޕްރިންސަސް ޑަޔާނާގެ ނަން، ދަރިކަނބަލުންގެ ނަމުގައި ހިމެނިފައިވަނީ މަންމަގެ ޝަރަފުގައި ކަމަށް ހެރީ އަދި މޭގަންގެ ފަރާތުން ވާހަކަ ދެއްކި ތަރުޖަމާނު ވިދާޅުވެފައިވެއެވެ.

މިދިޔަ ހުކުރު ދުވަހު ވިހެއި މޭގަން މާކްލް އަދި ދަރިކަނބަލުންގެ ހާލުކޮޅު ރަނގަޅުކަމަށްވެސް ތަރުޖަމާނު ވިދާޅުވެފައިވެއެވެ. ނަމަވެސް އަދި ދަރިކަނބަލުންގެ އެއްވެސް ފޮޓޯއެއް އާންމުކޮށްފައެއް ނުވެއެވެ.

ޕްރިންސް ހެރީ އަދި މޭގަން މާކްލްއަށް އެންމެ ފުރަތަމަ ލިބިވަޑައިގަތީ ފިރިހެން ދަރިކަލެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން