ރާއްޖޭގެ ގިނަ ޒުވާނުންގެ އެކުވެރިޔާ، ސުޕާރީ ޕެކެޓް ދިވެހި ޒުވާނުންނަށް އަބަދަށް އަލްވަދާޢު ކިޔަނީއެވެ. ޕެކެޓުގައި ބަންދުކޮށްފައި ހުންނަ ސުޕާރީގެ ތެރެއިން ވެސް ރަސްލީ ސުޕާރީއަކީ ދިވެހި ޒުވާނުންގެ އެންމެ ގާތް އެކުވެރިއާއެވެ. ޒުވާނުންގެ ޖީބާއި އަތްދަބަހުގައި ރަސްކަން ކުރާ އެންމެ މުހިންމު އެކައްޗަކީ ރަސްލީ ސުޕާރީއެވެ. ނަމަވެސް މިހާރު ވިކިހުސްވަމުންދާ ރަސްލީގެ ސްޓޮކް ހުސްވުމުން ރަސްލީ ސުޕާރީއާއި އަދިވެސް ޕްލާސްޓިކް ކޮތަޅުގައި ބަންދުކޮށްފައި ހުންނަ ހުރިހާ ބާވަތެއްގެ ސުޕާރީ ދިވެހި ޒުވާނުންނާ އަލްވަދާޢު ކިޔާނެއެވެ.
މި ހިނގާ ޖޫން މަހުން ފެށިގެން ކޮތަޅުގައި ބަންދުކޮށްފައި ހުންނަ ކުދި ސުޕާރީ ކޮތަޅު އެތެރެކުރުން ސަރުކާރުން ވަނީ މަނާކޮށްފައެެވެ. އެހެންކަމުން މި ޖޫން މަހުގެ ކުރިން އެތެރެކޮށްފައިހުރި ރަސްލީ ކުދި ޕެކެޓް ސުޕާރީގެ ޑިމާންޑް މިހާރު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. މިއާއެކު ރަސްލީ ސުޕާރީ ޕެކެޓެއްގެ އަގު މިހާރު ވަނީ ދެ ރުފިޔާއަށް އުފުލިފައެވެ. ސުޕާރީ ކުދި ޕަކެޓާއި އަލްވަދާޢު ކިއުމަކީ ހަމަގައިމު ވެސް ދިވެހި ޒުވާނުންނަށް މާ ފަސޭހަ ކަމަކަށް ނުވާނެއެވެ. އެހެން ނަމަވެސް ދިވެހި ޒުވާނުންގެ ޖީބުތަކާއި އަތްދަބަހުގެ އެންމެ ގާތް އެކުވެރިޔާއަށް އެމަގާމު މުޅި އުމުރަށް ގެއްލުނީއެވެ.
މިއައި ބަދަލާއެކު ރާއްޖޭގައި ދެން ސުޕާރީ ވިއްކޭނީ ބިއްލޫރި ފުޅީގައި އެތެރެކޮށްގެން ކަމަށްވާތީ ކުރިން ވަކިން ސުޕާރީ ގަނެގެން ޖީބާއި ދަބަހުގައި ސުޕާރީ ޕެކެޓް ގެންގުޅުނު ޒުވާނުންނަށް ކޮންމެވެސް މިންވަރެއްގެ ތަކުލީފަކަށް ވާނެއެވެ. ގަނޑުކޮށް ސުޕާރީ ފުޅިގަނެގެން ގެންގުޅުން އެހާ ފަސޭހަ ކަމަކަށް ނުވާނެއެވެ.
ރަސްލީ ސުޕާރީއާއި އެހެނިހެން ބާވްތަތަކުގެ ވެސް އޮރިޖިނަލް ރާއްޖެ އެތެރެކޮށް އެންމެ އަގުހެޔޮކޮށް ވިއްކަމުން ގެންދާ ލޮޓަސް ފިހާރައިން ބުނީ ދެން ރާއްޖެ އެތެރެކޮށް ވިއްކާ ސުޕާރީ ހުންނާނީ ބިއްލޫރި ފުޅީގައި ކަމަށެވެ. އެހެންވީމާ ރަސްލީ ސުޕާރީވެސް ދެން ލިބެން ހުންނާނީ ބިއްލޫރި ފުޅީގައެވެ. ކުދި ޕެކެޓްގައި ބަންދުކޮށްފައި ހުންނަ ރަސްލީ ސުޕާރީގެ އެންމެ ފަހުގެ ސްޓޮކް މިހާރު ވިކި ހުސްވަމުންދާއިރު ޕެކެޓް ސުޕާރީގެ ޑިމާންޑް ވަރަށް ބޮޑުވެފައިވާ ކަމަށް ލޮޓަސް ފިހާރައިން ބުނެފައި ވެއެވެ.
ދިވެހިންގެ މެދުގައި މަގުބޫލް ސުޕާރީ، ފުޅިފުޅީގައި ބަންދުކޮށްގެން ރާއްޖޭގައި މިހާރު ވަނީ ވިއްކަން ފަށާފައެވެ. ޕްލާސްޓިކް ކޮތަޅުގައި ހުންނަ ސުޕާރީގެ ބަދަލުގައި މިހާރު ގިނަ ފިހާރަތަކުން ވިއްކަމުންދަނީ ބިއްލޫރި ފުޅީގައި ހުންނަ ސުޕާރީއެވެ. ރާއްޖެއަށް އެންމެ ގިނައިން އޮރިޖިނަލް ސުޕާރީ އެތެރެކޮށް ވިއްކާ ލޮޓަސް ފިހާރައިންވެސް މީގެ ކުޑަދުވަސްކޮޅެއް ކުރިން ފެށިގެން ވަނީ ބިއްލޫރި ފުޅީގައި ސުޕާރީ އެތެރެކޮށް ވިއްކަން ފަށާފައެވެ. ކޮންމެ ގޮތަކަށް ބަންދުކޮށްގެން ރާއްޖެއަށް ސުޕާރީ އެތެރެ ކުރިއަސް ރަސްލީ ސުޕާރީގެ އޮރިޖިނަލް ރާއްޖެއަށް އެތެރެކޮށް ވިއްކަނީ ވެސް އަދި އެންމެ އަގުހެޔޮކޮށް ސުޕާރީ ލިބޭނީވެސް ލޮޓަސް ފިހާރައިންނެވެ.

ކިޔުންތެރިންގެ ހިޔާލު