ރޭގެ މެޗުގައި ބްރެޒިލްގެ ނޭމާ
ރޭގެ މެޗުގައި ބްރެޒިލްގެ ނޭމާ
ދެކުނު އެމެރިކާގެ ގައުމުތަކުގެ މެދުގައި ކުޅޭ އެންމެ ޝަރަފްވެރި ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ބްރެޒިލް ކަށަވަރު ކޮށްފިއެވެ.

ބްރެޒިލްގެ އެސްޓަޑިއޯ އޮލިމްޕިކޯ ސްޓޭޑިއަމްގައި މިއަދު ރާއްޖޭގަޑިން ފަތިހު 4:00 ގައި ކުޅެވުނު ސެމީ ފައިނަލްގެ މެޗު 1-0 ލަނޑުން ޕެރޫ ބަލިކޮށް މުބާރާތުގެ ފެވަރިޓުންގެ ގޮތުގައި ބެލެވޭ އެންމެފަހު މުބާރާތުގެ ޗެމްޕިއަން ބުރެޒިލް ވަނީ ފައިނަލުން ޖާގަހޯދައިފައެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ބްރެޒިލް އަށް ކާމިޔާބު ކޮށްދީފައިވަނީ 35 ވަނަ މިނިޓްގައި ލޫކަސް ޕަކޭޓާ އެވެ.



ބްރެޒިލުން 2019 އަހަރު އެ ގައުމުގައި ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ 12 އަހަރުގެ މެދުކެނޑުމަކަށް ފަހު ޕެރޫ ބަލިކުރުމަށް ފަހުއެވެ. އަދި ބްރެޒިލްގައި މިހާތަަނަށް މުބާރާތް ހޯސްޓްކުރި ފަސް ފަހަރު ވެސް ޗެމްޕިއަންކަން ހޯދީ އެ ޓީމުންނެވެ.

މި ފަހަރުގެ ފައިނަލުގައި އަންނަ ހޮނިހިރު ދުވަހުގެރޭ ބްރެޒިލް ކުޅޭނީ މިރޭ ދެ ވަނަ ސެމީގައި އާޖެންޓީނާ އާއި ކޮލަމްބިއާ ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން