ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި ޑެންމާކް ބަލިކޮށް ފުރަތަމަ ފަހަރަށް އިނގިރޭސިން އެމީހުންގެ "އިޓްސް ކަމިންގ ހޯމް" ހުވަފެނުގައި ކުލަޖެއްސުމާ ފިޔަވަޅެއް ކައިރިއަށް ޖެހިލައިފިއެވެ.
ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު އިނގިރޭސިން ކާމިޔާބު ކުރީ 2-1 ގެ ނަތީޖާއިންނެވެ.
މިމެޗުގެ ފުރަތަމަ ގޯލު ޖަހައި ޑެންމާކުން ލީޑުނެގީ މެޗުގެ 30 ވަނަ މިނިޓްގައި ޑަމްސްގާޑް ޖެހި ހިލޭ ޖެހުމުންނެވެ. އިނގިރޭސިންގެ ފުރަތަމަ ގޯލަކީ ޑެންމާކްގެ ކެޕްޓަން ސިމޯން ކިއޭ ފައިގައި ޖެހިފައި ބައިކޮޅަށް ވަތް ގޯލެކެވެ. ފުރިހަމަ ވަގުތު ނިމުނުއިރު ދެޓީމް އެއްވަރު ވެފައިވާތީ ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގައި އިނގިރޭސިންނަށް ލީޑުނަގައިދިނީ މެޗުގެ 101 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއަކުން ކެޕްޓަން ހެރީ ކޭން އެވެ.
ފައިނަލުގައި ހޯމަ ދުވަހު އިނގިރޭސިން ކުޅޭނީ އިޓަލީއާ ދެކޮޅަށެވެ. މިއީ 1966 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފައިނަލުގައި ކުޅުނު ފަހުން މިވީ 55 އަހަރު ތެރޭ ބޮޑު މުބާރާތެއްގެ ފައިނަލުގައި އިނގިރޭސިން ކުޅޭ ފުރަތަމަ ފަަހަރެވެ.

ކިޔުންތެރިންގެ ހިޔާލު