އިންޑިއާގެ މަޝްހޫރު ފިލްމީތަރި ސަލްމާން ޚާނާއި އޭނާގެ ކޮށްކޮ އަރްޕިތާ ޚާން ފުލުހަށް ހާޒިރުވުމަށް އަންގައިފިއެވެ.

ސަލްމާނާއި އޭނާގެ ކޮށްކޮ ފުލުހަށް ހާޒިރުވުމަށް އަންގާފައިވަނީ އިންޑިއާގެ ވިޔަފާރިވެރިއަކު އެދެމީހުންނާއި ދެކޮޅަށް ހުށަހަޅާފައިވާ މަކަރާއި ހީލަތް ހެދުމުގެ މައްސަލަ އަކާއި ގުޅިގެންނެވެ.

މިމައްސަލަ ހުށަހަޅާފައިވާ އަރުން ގުޕްތާ ބުނެފައިވަނީ އޭނާގެ ވިޔަފާރީގެ ހިއްސާއަކުން ސަލްމާން ޚާންގެ ފައުންޑޭޝަން "ބިއިންގ ހިއުމަން"ގެ ދަށުން ހުޅުވާފައިވާ ގަހަނާ ވިއްކާ ފިހާރައެއް ޕްރޮމޯޓް ކުރަން އަންނާނެ ކަމަށް ސަލްމާން ޚާން ބުނި ނަމަވެސް، އޭނާގެ ހަބަރެއް ނުވި ކަމަށް ބުނެއެވެ. އަދި ޕްރޮމޯޓް ނުކުރި ތާނގައި ފިހާރަ ހުޅުވުމުގެ ހަފްލާއަށްވެސް ސަލްމާން އައިސްފައިނުވާކަމަށް އޭނާ ބުނެފައި ވެއެވެ.

މިފިހާރަހުޅުވުމާއި ޕްރޮމޯޓްކޮށް އިސްތިުހާރު ކުރުމުގެ ހަރަކާތްތަކަށް 20 މިލިއަން ރުޕީސް ޚަރަދުކޮށްފައިވާ ކަމަށްބުނެ، އަރުން ގުޕްތާ ވަނީ ސަލްމާން ޚާނާއި އޭނާގެ ކޮށްކޮ އަރްޕިތާ ޚާންގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ދަޢުވާ އުފުލައިދިނުމަށް އެދިފައެވެ.

މިމައްސަލައިގައި ސަލްމާނާއި އޭނާގެ ކޮށްކޮގެ އިތުރުން ބިއިންގ ހިއުމަން ފައުންޑޭޝަންގެ ސީއީއޯ އަދި ބައެއް އިސްވެރިންނާއި ދެކޮޅަށް އަރުން ގުޕްތާ ވަނީ މައްސަލަ ޖައްސާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން