ފުވައްމުލަކު ގެއެއްގެ ބަދިގޭގައި ހިނގި އަލިފާނުގެ ހާދިސާ
ފުވައްމުލަކު ގެއެއްގެ ބަދިގޭގައި ހިނގި އަލިފާނުގެ ހާދިސާ
ފުވައްމުލަކު ގެއެއްގެ ބަދިގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ ފުވައްމުލަކު މިސްކިތްމަގު އަވަށުގެ ލަކީ ސްޓާ ގޭގެ ބަދިގޭގައި މިއަދު މެންދުރު 14:32 ހާއިރު އަލިފާނުގެ ހާދިސާއެއް ހިނގައިފައިވާ ކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ ތެޔޮ ތާހެއް ތެލުލައި ނިންމާފައި ސުތުލި ގޯންޏެއްގެ މަތީގައި ބެހެއްޓުމުން ގޯނީގައި އަލިފާން ރޯވެ ކައިރީގައި ހުރި ހަނޑޫ ބާލިދީއެއްގައި އަލިފާން ހިފައިގެން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.



އެމްއެންޑީއެފުން ބުނީ، ޙާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބުމާއެކު، އެމްއެންޑިއެފްގެ ރެސްކިއު ޓީމުން ހަރަކާތްތެރިވެ، ރޯވި އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ.

މި ހާދިސާގައި މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއްވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން