ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު، ސްރީ ލަންކާއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެެއްވުމަށްފަހު ރާއްޖެ ވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ، ރައީސްގެ ދެކަނބަލުން ލަންކާއަށް ކުރެއްވި އަމިއްލަދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު 8:12 ގައި ރާއްޖެ ވަޑައިގެންފައިވާ ކަމަށެވެ.

އީދު ބަންދާ ދިމާކޮށް ރައީސް ސޯލިހުގެ ދެކަނބަލުން ލަންކާއަށް ވަޑައިގެންނެވީ މި މަހުގެ 20 ވަނަ ދުވަހުއެވެ.

ރައީސް ސޯލިހުގެ ދެކަނބަލުން ލަންކާއަށް ކުރެއްވި މިދަތުރުފުޅުގައި އެގައުމުގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސައާ ބައްދަލުކުރައްވައި ގިނަ ކަންތައްތަކަކާ ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެެވެ. އެގޮތުން ކޮވިޑް-19 ގެ ދަތި ހާލަތުގައި ދިމާވާ ގޮންޖެހުންތަކާއި ބަލިން އަރައިގަތުމަށް ސިއްހީ ހިދުމަތް ފޯރުކޮށްދެެވޭނެ ގޮތްތަކާ މެދު މަޝްވަރާކުރައްވާފައިވާއިރު ވެކްސިން ޖެހުމުގެ މުހިންމުކަމުގެ މައްޗަށްވެސް ދެ ބޭފުޅުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ. މީގެއިތުރުން ބަލި ކޮންޓްރޯލްކުރާނެ ގޮތްތަކާމެދުވެސް ދެ ބޭފުޅުން މިބައްދަލުވުމުގައި މަޝްވަރާކުރައްވާފައި ވެއެވެ.

މިބައްދަލުވުމުގައި ސްރީލަންކާއާއި ރާއްޖެއާއި ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން ދެމެހެއްޓުމާއި ބެހޭގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރަށްވާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން