މީޒާން ޖެފްރީ އަދި ނަވްވިޔާ ނަވޭލީ ނަންދާ.
މީޒާން ޖެފްރީ އަދި ނަވްވިޔާ ނަވޭލީ ނަންދާ.
ޖާވިދު ޖެފްރީގެ ދަރި، އަދި ބޮލީވުޑްގައި މިހާރު ކުރިއަރަމުންދާ ފިލްމީތަރި މީޒާން ޖެފްރީއަށް އެންމެ ކަމުދަނީ ފިލްމީތަރި އަމީތާބުގެ ކާފަ ދަރިފުޅު، ނަވްވިޔާ ނަވޭލީ ނަންދާ ކަމަށް ހާމަކޮށްފިއެވެ.

ފިލްމީ ދުނިޔެއަށް މީޒާން ތައާރަފްވި ހިސާބުންވެސް މީޒާން އަދި ނަވްވިޔާގެ ލޯބީގެ ގުޅުމުގެ ވާހަކަތަކެއް ވަނީ ފެތުރެން ފަށާފައެވެ. ނަމަވެސް މިކަން ދޮގުކޮށް މިފަހަކުން އިންޑިއާގެ ނޫހަކަށް ދިން އިންޓަރވިއުއެއްގައި މީޒާން ވަނީ ނަވްވިޔާއަކީ އޭނާގެ ކޮއްކޮ އަލާވިޔާގެ ގާތް އެކުވެރިއެއް ކަމާއި، އަދި މީޒާނަށް ނަވްވިޔާ ވަރަށް ކަމުދާކަމަށް ހާމަކޮށްފައެވެ.

އަދި އެއްވެސް ކަމެއް ސިއްރުކުރަން ބޭނުން ނުވާކަމަށާއި، ނަވްވިޔާ އަކީ މީޒާންގެ ކޮއްކޮގެ ރައްޓެހިންގެ ތެރެއިން މީޒާނާއި ގާތް ގުޅުމެއް ބާއްވާ ރައްޓެއްސެއްކަމާއި، އިތުރު އެހެން ގުޅުމެއް އަދި ނޯންނަ ކަމަށް މީޒާން ވަނީ ބުނެފައިވެއެވެ.

މީޒާންގެ އިންޓަރވިއުގައި މީޒާން ވަނީ އޭނާ އާއި ނަވްވިޔާ އާއި ދެމެދުގެ ލޯބީގެ ގުޅުމޭ ކިޔައިގެން ފެތުރުނު ވާހަކަތައް ދޮގުކޮށް އަދި ހުރީ ހުސްކޮށްކަމަށްވެސް ފާހަގަކޮަށްފައެވެ.

ފިލްމު ޑިރެކްޓަރ ސަންޖޭލީލާ ބަންސާލީގެ "ބަޖިރާއޯ މަސްތާނީ" އަދި "ޕަދްމާވަތީ" ފިލްމުގެ އެސިސްޓަންޓް ޑިރެކްޓަރެއްގެ ގޮތުގައި ހަރަކާތްތެރިވި މީޒާން، އެކްޓަރއެއްގެ ހައިސިއްޔަތުން ފުރަތަމަ ފިލްމަކުން ފެނިގެންދިއައީ 2019 ވަނަ އަހަރު ރިލީޒް ކުރި "މަލާލް" ެިންނެވެ. އަދި އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މިއަހަރު ރިލީޒް ކުރި ހިންދީ ފިލްމު "ހަންގާމާ 2" އިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން