ވެކްސިން ޖެހުމާ ދެކޮޅު ހަދާ ފަރާތްތަކާ، ހޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި، ޖެނިފާ އެނިސްޓަން ގުޅުން ކަނޑާލައިފިކަމަށް ހާމަކޮށްފިއެވެ.

ޖެނިފާ މިކަން ހާމަކޮށްފައިވަނީ މިފަހަކުން އެމެރިކާގެ ނޫހަކަށް ދިން އިންޓަރވިއުއެއްގައެވެ. މިގޮތުން ވެކްސިން ޖެހުމާއި ދެކޮޅު ހެދި ގިނަބަޔަކާ މިހާރުވެސް ގުޅުން ކަނޑާލައިފާވާކަމަށް ޖެނިފާ ބުނެފައިވެއެވެ.

"ވެކްސިން ޖެހުމާއި ދެކޮޅު ހަދާ، އަދި ހަގީގަތް ގަބޫލުކުރަން ބޭނުން ނުވާ އެތައް ބަޔަކު އެބައުޅޭ. މިއީ ލަދުގަންނަން ޖެހޭ ވަރުކަމެއް. ވެކްސިން ޖެހުމާ ދެކޮޅު ހަދާ މީހުންނާއި، ވެކްސިން ޖެހިކަން ހާމަނުކުރި އެތައް ބަޔަކާ ގުޅުން ކަނޑާލައިފައިވާނެ." ޖެނިފާ ބުންޏެވެ.

ޖެނިފާ ބުނާގޮތުންނަމަ، ހިޔާލު ތަފާތުވިޔަސް، އެންމެންގެ ރައްކާތެރިކަމަށްޓަކައި ވެކްސިން ޖެހިޔަސް ނުޖެހިޔަސް އެކަން ހާމަކުރުމަކީ ކޮންމެމީހެއްގެވެސް ޒިންމާއެކެވެ. އަދި ވެކްސިން ޖެހުމާ ދެކޮޅު ހަދަމުން ދަނީ ވެކްސިން ޖެހުމަށް ބިރުގަންނަ ފަރާތްތަކުގެ އިތުރުން ވެކްސިން ނުޖެހުމަށް ބާރުއަޅައި ޕްރޮޕަގަންޑާއެއްގެ ތެރެއިންކަމަށް ޖެނިފާ ފާހަކޮށްފައިވެއެވެ.

މަޝްހޫރު ޓީވީ ސީރީޒް "ފްރެންޑްސް" އިން ބޮޑުތަރުހީބެއް ލިބިގެންދިޔަ ޖެނިފާ އެނިސްޓަން ދަނީ ކޮވިޑުގެ ބަލިމަޑުކަން ފެށުނީއްސުރެ ރައްކާތެރިކަން އިހުތިޔާރުކޮށް، މާސްކް އެޅުމަށާއި ގައިދުރުކަން އިޚުތިޔާރުކުރުމަށް ބާރުއަޅަމުންނެވެ. އަދި ކޮވިޑް ވެކްސިން ދޭން ފެށުމާއިއެކު، މީސްމީޑިއާ މެދުވެރިކޮށް ވެކްސިން ޖެހުމަށް ޖެނިފާ ދަނީ ގޮވާލަމުންނެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން