ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި، ރާނީ މުކަރްޖީ އަގުބޮޑު އެޕާޓްމެންޓެއް ގަނެފިއެވެ.
އޭނާ ގަނެފައިވަނީ ބަދިގެއާއި ސިޓިންގްރޫމާ ފާހާނާ ވެސް ހިމެނޭގޮތައް މުޅިޖުމްލަ 7 ކޮޓަރީގެ އެޕާޓްމެންޓެކެވެ. މިއެޕަރޓްމެންޓްގެ ބޮޑުމިނުގައި 3545 އަކަފޫޓު ހުންނަ ކަމަށްވެއެވެ.
މީގެ އިތުރުން ރާނީ މި އެޕާޓްމެންޓް ގަތުމަށް 70 މިލިއަނެއްހާ އިންޑިއަން ރުޕީސް ހޭދަކުރިކަމަށް އިންޑިއާގެ ނޫސްތަކުން ހާމަކޮށްފައިވެއެވެ.
1998 ވަނަ އަހަރު ފިލްމީ ދާއިރާއިން ފުރަތަމަ ފެނިގެން ދިޔަ ރާނީ މުކަރްޖީ ވަނީ ކާމިޔާބު އެތައް ފިލްމަކުން ފެނިގެން ގޮސްފައެވެ. މީގެ ތެރޭގައި ހިންދީ ފިލްމު ކުޗް ކުޗް ހޯތާ ހެއި، ކަހިން ޕިޔާރް ނާ ހޯޖާއޭ، މުޖްސެ ދޯސްތީ ކަރޯންގީ، ޗަލްތޭ ޗަލްތޭ ފަދަ ކާމިޔާބު ފިކްމުތަކުން ރާނީގެ ރޯލު ފާހަގަކޮށްލެވެއެވެ.
ރާނީ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ހިންދީ ފިލްމު މަރްދާނީ 2 އިންނެވެ. އަދި ދެން އޭނާ ފެނިގެން ދާނީ ހިންދީ ފިލްމު ބަންޓީ އޯރް ބަބްލީ 2 އިންކަމަށް އިންޑިއާގެ ނޫސްތަކުން ހާމަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު