08 ވަނަ ބައި
................
ކުޑައިރުކޮޅަކަށްފަހު ނޭވާ ހަމަޖެހުމުން ތިރްލޯކް ތަޅުދަނޑި ނަގާފައި ހުޅުވާލިއެވެ. ދެން މަޑުމަޑުން ދޮރުފަތް ކޮށޕާލުމުން ހިމޭން އަޑަކާއެކު ހުޅިއްޖެއެވެ. ތިރްލޯކް ހިތްހަމަޖެހުމުގެ ނޭވާއެއްލިއެވެ. ދެން އޭނާ އަވަސް އަވަހަށް އެތެރެއަށް ވަދެފައި މަޑުން ދޮރުފަތް ލައްޕާލިއެވެ. އޭނާ އިރުކޮޅަކު އެނދުގާ އިނެވެ. ދެން ޖީބުން ފައިސާ ބޮޑިވަރު ނަގާ ބާލީހު ދަށަށް ލައިފިއެވެ. އެވުގުތު އެހެން އެއްޗެއް އަތުގައި ޖެހުމުން އޭނާ ސިހިއްޖެއެވެ. މިއީ ބޮޑު ސިޓީއުރައެކެވެ. ތިރްލޯކް ސިޓީއުރަ ނަގައިފިއެވެ. ދެން.............
ތިރްލޯކްގެ ހަށިގަނޑުގައި ލޭ ހުއްޓުނު ކަހަލައެވެ. އެހެނީ މިސިޓީއުރައިގާވެސް ހުރީ ނޫޓްތަކެކެވެ.
ހިނދުކޮޅަކު ގާވެފައި އޭނާ އިނެވެ. ދެން ތެދުވެފައި އަލިފާން ފޮއްޓެއް ހޯދާލިއެވެ. ދަނޑިއެއް އަޅާފައި އަލިކޮށްލިއެވެ. އެއާއެކު ސިޓީއުރައިގާ ހުރި ނޫޓްބޮނޑިތައް ފެނިއްޖެއެވެ. ހީވާގޮތުން ވިހިހާސް ރުފިޔާވަރު ހުންނާނެއެވެ. އެއާއެކު ސިޓީއެއްވެސް އޮތެވެ. ތިރީގައި އޮތީ ޕްރަބާގެ ނަމެވެ. އަލިފާން ދަނޑީގެ އަލީގައި ތިރްލޯކް ސިޓީ ކިޔަން ފަށައިފިއެވެ.
"އަހަރެން ހެދުނު ބޭންކަށްގޮސް ތިރްލޯކުގެ އިންތިޒާރު ކުރީމެވެ. ރިރްލޯކް ނައީ ކޮންމެވެސް ސަބަބެއް މެދުވެރި ވެގެންކަން އަހަންނަށް އެނގެއެވެ. އިޙްސާންތެރި ކަމުގެ އެހީގައި އަހަރެންގެ ބޭނުން ތިރްލޯކުގެ ފަރާތުން ކޮށްފާނެއޭ ހީކުރީކަން ނޭނގެއެވެ. އެކަމަކު އެއީ ކުށްހީއެކެވެ. ކުށެކެވެ. ޙަޔާތުގެ ކޮންމެ ފައްތަރެއްގައި މިކަން ތިރްލޯކަށްް ހަނދާން ވާނެއެވެ. އަހަރެން ބޭނުމަކު ބުނިކަން ހަނދާން ވާނެކަން ގައިމެވެ. އެހެން ނަމަވެސް ތިރްލޯކުގެ ދެކޮޅު ހެދުމާމެދު އަހަރެންގެ ހިތް ނުވަތަ ސިކުނޑި އެއްވެސް ވައްތަރެއްގެ ބަދަލު ހިފުމެއްގެ އިޙްސާސެއް ނުއުފައްދައެވެ. އަހަރެން މިއަދުވެސް ކުރިއެކޭ އެއްފަދައިން ކުޑަކޮއްކޮ ދެކެ ލޯބިވަމެވެ. އަދި ރޫޕާއަކީ އަހަރެންގެ އެއްބަނޑު އެއްބަފާ ދައްތައެއް ފަދައެވެ. ރޫޕާގެ މަރު ދުށުމަކީ އަހަންނަށް ކުޅަދާނަކަމެއް ނޫނެވެ. އެހެން ކަމާއެކު މިފައިސާ ބޭންކުން ނެގީއެވެ. އަހަންނާމެދު ކަލޭގެ ހިތުގައިވާ ޝައްކު ނައްތާލުމަށްޓަކައި މާދަމައިން ފެށިގެން އަހަރެން ތިރްލޯކާ މުޚާޠަބު ކުރާނީ ބޭބެގެ ނަމުންނެވެ.
ހަމައެވަގުތު އަލިފާންދަނޑި ނިވިއްޖެއެވެ. އެއާއެކު ތިރްލޯކްގެ އިނގިލި ހޫނުވެގެން ދިޔައެވެ. އޭނާ އަވަހަށް ދަނޑި އެއްލާލިއެވެ. ބޭއިޚްތިޔާރުގައި އޭނާގެ ހިތް ފުރިގެން އަތުވެއްޖެއެވެ. ދެން އޭނާ އެނދުގައި އިށީނދެފައި މޫނުގައި ދެއަތް އަޅައިގެން ގިސްލަގިސްލާފައި ރޯން ފަށައިފިއެވެ. އަހަންނަށް ފުރަތަމަ ގެއަށް އާދެވުނުނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ. އަދި މިސިޓީ ކިޔާލެވުނުނަމަ މިހުރިހާ ސަކަރާތެއް ގަންނާކަށް ނުޖެހުނީހެވެ.
އޭނާ އެގޮތަށް ރޯން އިނީ ކިހާ އިރެއްވަންދެން ކަމެއް ނޭނގެއެވެ. ދެން ކުއްލިއަކަށް އަމިއްލަ ސިފައާމެދު ހަނދާން ވެއްޖެއެވެ. އަދި އަވަސް އަވަހަށް ހެދުން ބަދަލުކުރަން އުޅެގަތެވެ. އެހެން ނަމަވެސް ލޮލަކުން ކަރުނައެއް ނުހިކުނެވެ.
+ + + + +
އެތައް ދަމެއްވަންދެން އޭނާ ރުއެވެ. ފުރޮޅިފުރޮޅިފައި ގިސްލިއެވެ. ދެން އޭނާގެ ލޮލަށް ނިދި ސަވާރުވީ ކޮންވަގުތަކު ކަމެއް ނޭނގުނެވެ. ނިދުނީ ކިހާއިރަކުކަމެއް އަދި ނިދަން އޮވެވުނީ ކިހާއިރަކުކަމެއް އޭނާއަކަށްވެސް ނޭގުނެވެ. އެހެނީ ހޭލުވެނީ ކޮންމެވެސް މީހަކު ތަޅުވައި ގަތުމުންނެވެ. ތިރްލޯކް ލޯ އުގުޅަމުން ތެދުވެ އިށީނދެއްޖެއެވެ. ގޮވި މީހަކީ ޕްރަބާއެވެ.
"ރޭގައި އައީ ކިހާއިރަކު ހެއްޔެވެ؟" ޕްރަބާ ބުންޏެވެ. "އެކެއްޖަހަން ދެން އަހަރެން ހޭލާއޮތީމެވެ."
"އެއީ.............. އަހަރެން........."
"ތިރްލޯކް ހުންނަނީ ފިކުރު ބޮޑުވެފައިކަން އަހަންނަށް އެނގެއެވެ. އެކަމަކު ގެއަށް އައުމުން އެހާސްކަން ފިލާ ހިނގައިދާނެކަން ނޭނގެއެވެ."
"އާއެކެވެ."
"އަވަހަށް ތެދުވެ ދޮރުހުޅުވާށެވެ. ބޭރުގައި މީހަކު އައިސް އެބަހުއްޓެވެ."
"އަހަންނާ ބައްދަލުކުރަން ހެއްޔެވެ."
ތިރްލޯކްގެ މޭގައި މީހަކު ބޮނޑިއެއް އެޅި ކަހަލައެވެ. ޕްރަބާ ބުންޏެވެ.
"އާއެކެވެ. ތިޔަ އޮފީހުގައި އުޅޭ މީހެކެވެ. އައީވެސް ކާރެއްގައެވެ."
ތިރްލޯކްގެ ހަށިގަނޑުގައި ބިރުވެރިކަމުގެ ރާޅު އުފެދެން ފަށައިފިއެވެ. އަނެއްކާ ފާރަވެރިޔާގެ މަރުގެ ސިއްރު ބޭޒާރުވީ ނޫންބާވައެވެ. ތިރްލޯކް ތެދުވެއްޖެއެވެ. އޭނާގެ އެކިއެކި ގުނަވަން ވަކިވަކިން ރޫރޫ އަޅައެވެ. ޕްރަބާ އެތެރެއަށް ވަންނަމުން ބުންޏެވެ.
"އަހަރެން ސައި ހަދާފާ ފޮނުވާނަމެވެ."
ޕްރަބާ އެތެރޭން ދޮރުލައްޕާލުމުން ތިރްލޯކް ކުރިއަށް ޖެހިލާފައި ބޭރުދޮރު ހުޅުވާލިއެވެ. އަދި ކިޝޯރު ކާރު ކައިރީގައި ލެނގިލައިގެން ހުރިތަން ދެކެފައި އޭނާގެ ބޮލުން ފެށިގެން ފައިގެ ނިވާބޮނޑިއާއި ހަމައަށް ތުރުތުރު އަޅައިގަތެވެ.
ކިޝޯރު ކުރިއަށް ޖެހިލަމުން ބުންޏެވެ.
"ކަލޭގެ އެޑްރެސް ލިބުނީ ވަރަށް އުނދަގުލުންނެވެ. ފިކުރު ކޮށްކޮށް ރޭގައި ނުވެސް ނިދަން ދޯއެވެ. ލޯވެސް ތިހިރީ ރަތްވެފައެވެ."
"ލައްބައެވެ. ދުރުވާށެވެ. އެތެރެއަށް ވަންނަވާށެވެ."
ކިޝޯރު އެތެރެއަށް އަތުވެއްޖެއެވެ. އަދި ގޮނޑިއެއްގައި އިށީންނަމުން ބުންޏެވެ.
"އަހަރެންގެ ވަގުތު ވަގަށް ކުޑައެވެ. ދާންވީ ސީދާ ސޭޓް ސާހަބްގެ ގެއަށެވެ. ޖަނާޒާގެ ކަންތައްގަނޑު މިހާރު ފެށެނީއެވެ."
ދެން އޭނާ ބްރީފްކޭސް ހުޅުވާލިއެވެ. އަދި ރުފިޔާބޮނޑިތައް ނަގާ މޭޒަމަތީގައި ބަހައްޓަމުން ބުންޏެވެ.
"މިއީ ވިހިހާސް ރުފިޔާއެވެ. ކަލޭގެ އަންހެނުންގެ އޮޕަރޭޝަނަށް ހަމަ މިއަދު މިފައިސާ ޖަމާކުރާށެވެ."
ތިރްލޯކަށް ހީވީ އޭނާގެ ބޯމައްޗަށް ކިޝޯރު ބޮމެއް ވައްޓާލިހެންނެވެ. އޭނާގެ މުޅި ވުޖޫދު ވިރިގެން ހިގައްޖެއެވެ. އޭނާ އެއްފަހަރު ނޫޓް ބޮނޑިތަކަށް އަނެއް ފަހަރު ކިޝޯރުގެ މޫނަށް ބަލާލައެވެ. މުޅި މޫނުމަތީގެ ކުލަވަރު ބަދަލުވަމުން ދާން ފަށައިފިއެވެ. ދެން އޭނާ ބުންޏެވެ.
"މިއީ.......... މިފައިސާ............!"
ކިޝޯރު ހިކި ހިނިތުންވުމަކާއެކު ބުންޏެވެ.
"ކަންބޮޑު ނުވާށެވެ. މިއީ ވަގުފައިސާ އެއް ނޫނެވެ."
"އަޅުގަނޑު ބުނަން މިއުޅެނީ ތިޔަ ވާހަކައެއް ނޫނެވެ."
ކިޝޯރު ފިނި ނޭވާއެއްލާފައި ބުންޏެވެ.
"އެނގިއްޖެއެވެ. ކަލޭ ތިޔަ ވިސްނަނީ އެއްވެސް ޝަރްޠަކާނުލައި މިވަރުގެ ބޮޑު އެހީއެއް އަހަރެން ކަލެޔަށް ދެވޭތީއެވެ. އެއީ ކީއްވެގެންތޯ ކަލޭގެ ހިތުގައި ސުވާލު އުފެދުނީއެވެ. ރަޙްމަތްތެރިޔާއެވެ. ފުރަތަމަކަމަކީ ދުނިޔޭގެ ވަރަށްގިނަ ތަންތަން އަހަރެން ދެކެފީމެވެ. މީހާގެ އުޅުމަށް ބަލާފައި އެމީހާއަކީ، ހިތްނުބައި މީހެއްކަމާއި އަދި ހިތްހެޔޮ މީހެއްކަން ދެނެގަތުމުގައި އުނދަގޫކަމެއް އުފުލާކަށް ނުޖެހެއެވެ. އަނެއްކަމަކީ އޮފީހުގެ އެއްވެސް މީހެއްގެ ފަރާތުން ކަލޭގެ ޝަކްވާއެއް ނީވެއެވެ. މެނޭޖަރު ސާހަބުވެސް ކަލެޔަށް ތާރީފުކުރެއެވެ. އޭނާއަކީ ސޭޓް ސާހަބަށްވެސް ތާރީފުގެގޮތުން ބަހެއް ނުބުނާ މީހެކެވެ. ތިންވަނަ ކަމަކީ.........."
ކިޝޯރު އިރުކޮޅަކު މަޑުކޮށްލާފައި ދިގު ނޭވާއެއް ލައިފިއެވެ.
"ތިންވަނަ ކަމަކީ އަމިއްލަ ޙާލަށް ކެތްނުކުރެވިގެން، އުޅޭމީހާ އަނެކާގެ ޙާލާމެދު ފިކުރު ކުރެއެވެ."
ކިޝޯރު ޚިޔާލީ އަޑަކުން ބުންޏެވެ.
އަހަންނަކީވެސް މާތް އާޢިލާއަކުން އައިސް ހުރި މީހެއްނޫނެވެ. އާދައިގެ އާޢިލާއެއްގެ މެމްބަރަކީމެއެވެ. އެހެން ނަމަވެސް އަހަންނަކީ އަދާހަމައަށްވެސް މަތީ ދަރަޖަ ލިބުމަށް އެދި ހުވަފެން ދެކެމުން އައި މީހަކީމެވެ. އަމިއްލަ ދުނިޔެ އާރާސްތުކުރަން އަހަރެން ވަރަށް މަސައްކަތް ކުރީމެވެ. އަހަރެންގެ އަނބިމީހާ ގެއްލި ދިޔައީވެސް އެކަމުގައެވެ. އާއެކެވެ. އަހަރެންގެ އަވަށްޓެރި ޔަތީމު ކުއްޖަކު ދެކެ އަހަރެން ލޯބިވީމެވެ. އަހަރެމެންގެ ކާވަންޏާ ގުޅޭގޮތުންވެސް އެއްވެސް ކަހަލަ ހުރަހެއް ނޭޅެއެވެ. އެހެން ނަމަވެސް އަހަރެންގެ ސަރްލާގެ އެންމެފަހު އިމްތިޙާނުން
ފޭލްވީއެވެ. އޭރު އަހަރެން އުޅެނީ ބީ.އޭގެ ފައިނަލްގައެވެ. ސަރްލާ އެކަނިވީއެވެ. އެހެންކަމުން އަހަރެން އޭނާއާއި އިނީއެވެ.
އެއަށްފަހު އަހަރެން ރޭދުވާ އެއްކޮށް އެމް.އޭ ހަދަން ކިޔެވީއެވެ. ސަރްލާވެސް އަހަންނާއެކު މަސައްކަތް ކުރިއެވެ. އޭނާ ސްކޫލްގައި ޓީޗަރެއްގެ ވަޒީފާ އަދާކޮށް ގޭގެއަށް ޓިއުޝަން ދޭން ދިޔައެވެ. ގޭގައި ފެހުމާ އެހެނިހެން މަސައްކަތް ކުރިއެވެ. އެންމެފަހުން އަހަރެން އެމް.އޭ.ގެ
ޑިގްރީ ހިފައިގެން އައިދުވަހު އެނގުނީ ސަރްލާގެ ބަލި ހައްދު ފަހަނަޅާ ގޮސްފައިވާ ކަމެވެ.
ކިޝޯރުގެ ލޯތެމިއްޖެއެވެ. އެހެން ނަމަވެސް އޭނާ އަވަހަށް ލޯފޮހެލާފައި ބުންޏެވެ.
"އޭރު އެދުވަހު އަހަރެންހުރީ މިހާރު ކަލޭ ތިޔަހުރި މަގުގައެވެ. ސަރްލާގެ އޮޕަރޭޝަނަށް ބޭނުންވެފައި އޮތީ ހަމައެކަނި ދިހާހާސް ރުފިޔާއެވެ. އެކަމަކު އަހަރެންގެ މުޅި މުދާ ވިއްކައިގެންވެސް އެންމެ ހާހެއްވެސް ނުލިބުނެވެ. އަހަރެންގެ ސަރްލާ ވަރަށް އިޚްލާޞްތެރި ކަމާއެކު އަހަރެން ކެތްތެރިވުމަށް ނަސޭހަތްދިނެވެ. އަދި އެއް އަހަރުގެ ފިރިހެން ކުއްޖަކު ދޫކޮށްފައި އަބަދުގެ އަބަދަށް ލޯމަރާލީއެވެ. އަހަރެން ސަރްލާދެކެ އިންތިހާއަށް ލޯބިވެއެވެ. އެހެންކަމުން އެވަގުތު އަހަރެންގެ ހަށިގަނޑުވެސް އޭނާއާއެކު ދިއުމަށް ހިތަށް އެރިއެވެ. އެހެން ނަމަވެސް އޭނާގެ އާދޭހުގެ މަތިން އަހަރެންގެ ފިޔަވަޅު ކުރިޔަށް ނާޅާ މަޑުކުރިއެވެ."
ކިޝޯރު ތިރްލޯކާ ދިމާއަށް ބަލާލިއެވެ. ދެން އަނެއްކާވެސް ބުންޏެވެ.
ތިރްލޯކުގެ ހިތާމައިގެ ވާހަކަ އަޑުއަހާފައި އަހަރެންގެ މާޟީގެ ޗާޓް ލޯމަތިން ފެނިގެން ހިނގައްޖެއެވެ. ކުއްލިގޮތަކަށް އެހީނުވެވުނީ އެވަގުތު އަހަރެންގެ އަތުގައި އެހާ ފައިސާ ނެތީމައެވެ. އަހަންނަކީ މަހަކު ދެހާސް ރުފިޔާ މުސާރަ ލިބޭ މުއައްޒަފެއްކަން މިހާރު ވަރަށްގިނަ މީހުން ދަންނާނެއެވެ. ޚަރަދު ކުރަންހުރީ ހަމަ އެންމެ ކުއްޖެކެވެ. އެހެންކަމުން އަހަރެން ތިމާގެ މީހަކާ ވާހަކަ ދައްކާލުމުން އޭނާ އެއްވެސް ބަހަނާއެއްނެތި އަހަންނަށް ދިހަހާސް ރުފިޔާ ދީފިއެވެ.
ކިޝޯރު ބްރީފްކޭސް ލައްޕާލާފައި ބުންޏެވެ.
"މިފައިސާ ޖަމާކޮށްފައި އަވަހަށް އޮޕަރޭޝަނަށް ތައްޔާރު ކުރާށެވެ. މިފައިސާ އަނބުރާ ދައްކާނެ ގޮތެއް ފަހުން ހަމަޖައްސާލާނީއެވެ."
ކުއްލިއަކަށް ދޮރުހުޅުވާލާފައި ޕްރަބާ ސައި ހިފައިގެން އަތުވެއްޖެއެވެ..... ކިޝޯރު ސިހިފައި ޕްރަބާއަށް ބަލާލިއެވެ. އަދި ބުންޏެވެ...........
"ތިޔައީ ކޮންސައެއް ހެއްޔެވެ."
"ތިޔަ ދުރުވީ އަލަކަށް ނޫނެއް ނޫންތޯއެވެ؟" ޕްރަބާ ބުންޏެވެ. "ސަރްލާއަކީ އަޅުގަނޑުގެ އެއްބަނޑު އެއްބަފާ ކުއްޖެއް ކަހަލަ ރަޙްމަތްތެރިއެކެވެ. ތިޔަ ދެމަފިރިން މިގެއަށް ދުރުވެފައި ކޮންމެވެސް އެއްޗެއް އެތެރެހަށްޓަށް ނުލައްވާ ދުވަހަކުވެސް ދުރުވިންތޯއެވެ؟"
ކިޝޯރު ސައިތަށި އަތުލައިގެން ބޯން ފަށައިފިއެވެ. އަދި ތިރްލޯކް ގާތުގައި ބުންޏެވެ.
"ޕްރަބާއަކީ އަހަރެންގެ ސަރްލާގެ ކްލާސްމޭޓެކެވެ. އަހަރެން ޕްރަބާގެ މަންމަވެސް ދަންނަމެވެ."
ތިރްލޯކް ހިންދިރުވާލާފައި ބުންޏެވެ.
"ކިޝޯރު އެވެ. މިވަގުތު ތިޔައީ އަޅުގަނޑުގެ ދޭވަތާއެއްފަދަ ބޭކަލެކެވެ. މިޒަމާނުގައި އަނެކެއްގެ ޙާލާމެދު ވިސްނާ ފިކުރު ކުރަނީ ކާކުތޯއެވެ. އެކަމަކު... އަޅުގަނޑުގެ ބޭނުން ފުއްދާ ދިނުމަށްޓަކައި ތިޔަވެދެއްވި އެހީއަށް ޝުކުރުވެރިވަމެވެ. އެހެން ނަމަވެސް ޕްރަބާ ކޮއްކޮ އޮތީ މިކަންތައް ޙައްލު ކޮށްދީފައެވެ."
"ކީކޭ ހެއްޔެވެ." ތިރްލޯކް މިހެން ބުނުމާއެކު ޕްރަބާ ސިހިފައި ބުންޏެވެ.
ތިރްލޯކް މޭޒުމަތީގައި ރުފިޔާތައް ބަހައްޓަމުން ބުންޏެވެ.
"މިއީ ރޫޕާގެ އޮޕަރޭޝަން ކުރުމަށްޓަކައި ކިޝޯރު ބާބޫގެނެސް ދެއްވި ފައިސާއެވެ. އަނބުރާ ދައްކާ ގޮތަށެވެ."
ދެން އޭނާ ބާލީހު ދަށުގައި ހުރި ފައިސާތައް ނަގާ ކިޝޯރަށް ދައްކާލަމުން ބުންޏެވެ.
"ޕްރަބާ ކޮއްކޮ އިއްޔެ މިކަން ނިންމައިފިއެވެ. އެކަން އެގުނީ ރޭގައި އަޅުގަނޑު ގެއަށް އައުމުންނެވެ. އަޅުގަނޑު ދެކޭ ގޮތުގައި ތިޔައީ އިޚްލާޞްތެރިންނެވެ. މާތް މީހުންނެވެ. މިހާރު ދެން ނިންމަންވީ އޮޕަރޭޝަން ކުރުވަންވީ ކޮން ފައިސާއަކުން ކަމެވެ. އެހެނީ ތިޔައީވެސް ނުދަންނަ ބީރައްޓެހިންނެއް ނޫނެވެ."
ކިޝޯރު ސުވާލުކުރުމުން ޕްރަބާގެ ފައިސާ ބޭންކުގައި ޖަމާވެފައި ހުރިގޮތް ޕްރަބާ ކިޔާދީފިއެވެ. އެއާއެކު އޭނާ ފިނި ނޭވާއެއްލާފައި ފައިސާތައް ބްރީފް ކޭހަށް ލަމުން ބުންޏެވެ.
"އެހެންވިއްޔާ އަހަންނަށް ފެންނަނީ ޕްރަބާގެ ފައިސާ ބޭނުންކުރުމަށެވެ. އަހަރެން ދަރަންޏަށް ނެގި ފައިސާކޮޅު ދައްކާފާނަމެވެ. މިއީ ތިމާގެ މީހެއްގެ އަތުން އަހަރެން ދަރަންޏަށް ފައިސާ ނެގި ފުރަތަމަ ފަހަރެވެ."
"އަޅުގަނޑަށްވެސް ފެންނަނީ ތިޔަގޮތެވެ." ޕްރަބާ ބުންޏެވެ.
ކުޑައިރުކޮޅަކަށްފަހު ކިޝޯރު ހިނގައްޖެއެވެ. ޕްރަބާ އެތެރެއަށް ވަދެއްޖެއެވެ. އަދި ތިރްލޯކް.......... އޭނާ މޫނުގައި ދެއަތް އަޅާފައި ރޯން ފަށައިފިއެވެ. މަޤްތޫލް ފާރަވެރިޔާގެ މޫނު އޭނާގެ ކުރިމަތީގައި އެނބުރިގަތެވެ.
* "އެހީގެ އަގު" ވާހަކައިގެ މިބައިގައި ގެނެސްދެވިފައިވާނީ ވާހަކައިގެ ޞަފުހާ ނަމްބަރު 29 އިން 32 އަށެވެ.

ކިޔުންތެރިންގެ ހިޔާލު