13 ވަނަ ބައި
................
ދެން ޕްރަބާ ކަރުނަ ފޮހެލިއެވެ. އެއަށްފަހު ތިރްލޯކް އަތުގައި ރާކީ ބަނދެދިނެވެ. ދެން އަނގައަށް ފޮނި ކާއެއްޗެއް ލަވައިފިއެވެ. ތިރްލޯކްވެސް ޕްރަބާގެ އަނގައަށް ލެވިއެވެ. އޭނާ ދެރަވެލާފަ ބުންޏެވެ.
"އަހަރެން މިޖަލުގެ ހަތަރުފާރު ތެރޭގައި ހުރެ ތިޔަ ރާކީގެ ބަދަލުގައި ދޭނީ ކޮން އެއްޗެއް ހެއްޔެވެ."
"ބޭބެ އަނގައިން ބުނެލުމުން އަހަންނަށް ހުރިހާ އެއްޗެއް ލިބުނީއެވެ. ...... މިތާނގައި ހުރެގެން ލިބޭނެ އެކައްޗެއްވެސް ނޯންނާނެކަން އަހަންނަށް އެނގެއެވެ."
"އެހެން ނަމަވެސް ކޮންމެވެސް އެއްޗަކަށް އެދޭށެވެ. ކޮއްކޮއެއްގެ ގޮތުންނެވެ."
"އެދިއްޖައިމެވެ."
"ކޮން އެއްޗެއް ހެއްޔެވެ؟"
"ވަޢުދަކަށެވެ........"
"ވަޢުދަކަށޭ ހެއްޔެވެ؟"
"ވަޢުދު ކުރުވާނެކަމެއް އަދި ނެތެވެ. ބޭބެ އެއްޗަކަށް އެދޭށޭ ބުނީމާ އަހަރެންވެސް އެއްޗަކަށް އެދުނީއެވެ. އެކަމަކު ދަނޑިވަޅެއް ލިބުމާއެކު އެދޭނަމެވެ. އެއީ ބޭބެ ޖަލުން ސަލާމަތްވާ ދުވަހަކުންނެވެ. ކޮންމެވެސް އެއްޗަކަށް އެދޭނަމެވެ."
މިހެން ބުނަމުން ޕްރަބާގެ އަޑު ބެދިއްޖެއެވެ. އޭނާ ލޯފޮހެލުމުން ތިރްލޯކް ސުވާލު ކުރިއެވެ.
"ފަހަރިއާ ކޮއްކޮ ގަދަވެ އުޅޭ ހެއްޔެވެ؟"
"އެމީހުން ތިބީ ވަރަށް އުފަލުގައެވެ...... ކިޝޯރު ބާބޫ މީގެ ދެދުވަސްކުރީގައި ބޭބެގެ ނަމުގައި މުސާރައާއެކު ސިޓީއެއް ގެންގޮސް ދެއްވިއެވެ. ސިޓީގައި ބޭބެ ލިޔެފައިވާގޮތަށް ބަރާބަރަށް މިހާރު ފަހަރި ޢަމަލުކުރަމުން ގެންދެއެވެ."
ތިރްލޯކްގެ ލޯ އަނެއްކާވެސް ތެމިއްޖެއެވެ.
އޭނާ ކިޝޯރު ގާތުގައި ބުންޏެވެ.
"ކިޝޯރު ބާބޫއެވެ. ތިޔަގޮތަށް އަޅުގަނޑާމެދު ކަންތައް ކުރައްވަމުން ގެންދަވާނީ ކިހާ ދުވަހެއް ވަންދެންތޯއެވެ."
"އަހަރެން މާބޮޑު އެހީތަކެއް ނުވަމެވެ........... ތިރްލޯކުގެ އަނބިމީހާގެ ދަރަނި އަދާކުރަމުން ޒަޚަމްތަކުގައި ބޭސް އަޅަނީއެވެ. އަހަރެންގެ އަތުގައި ހުރިފައިސާއިން ބައެއް ވަކީލަށް ދިނުމަށްފަހު، ބާކީ ހުރި އެއްޗަކުން މުސާރަ ދެނީއެވެ. އެހެނީ ރޫޕާއަށް ޙަޤީޤަތް އޮޅުން ނުފިލާހާ ހިނދަކު މުސާރަ ގަވައިދުން ގެންދަން ޖެހޭނެއެވެ."
"އެކަމަކު މިގޮތަށް ސިއްރުކޮށްގެން އުޅެވޭނީ ކިހާ ދުވަހަކުތޯއެވެ."
"އޭނާއަށް މިހިތާމަ ޙައްލުކޮށް ކެތްތެރިކަމާއެކު ފައިތިލަ ސާބިތުކުރުމުގެ ހިތްވަރު ލިބެންދެން މިކަން ސިއްރެއްގެ ގޮތުގައި ބާއްވަން މަޖްބޫރެވެ."
"ކިޝޯރުގެ އަތުން ފައިސާކޮޅު ހުސްވެއްޖެއްޔާއޯއެވެ؟"
"އަހަރެންގެ އަތުގައިވެސް ވަރަށްގިނަ ޢަދަދަކަށް ފައިސާ އެބަހުއްޓެވެ." ކުއްލިއަކަށް ޕްރަބާ ބުންޏެވެ.
"ތިޔަފަދަ މާތް ބަޔަކު އަހަރެން ނުދެކެމެވެ." ތިރްލޯކް އަޅައަޅައި ގަންނަމުން ބުންޏެވެ.
ދެން ކިޝޯރު ސިޓީއެއް ނަގާ ތިރްލޯކަށް ދެމުން ބުންޏެވެ.
"މިއީ ކަލޭގެ ސިޓީގެ ޖަވާބެވެ.........."
ތިރްލޯކް ސިޓީގައި ހިފައިފިއެވެ. .... އެއާއެކު އޭނާގެ އަތް ތުރުތުރު އަޅައިގަތެވެ.
+ + + + +
ތިރްލޯކް ފާރުގާ ލެނގިލައިގެން އިނދެ ސިޓީ ކިޔަމުންދިޔައިރު ހޯސްލާފައި ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. ކުއްލިއަކަށް ފުންމައިގެން އައިސް ކޮންމެވެސް މީހަކު ސިޓީ އޭނާގެ އަތުން ޖަހައިގެންފިއެވެ. ހަމައެއާއެކު ކަރުފަޅައިގެންދާ ވަރަށް ތިރްލޯކަށް ހަޅޭއްލަވައި ގަނެވުނެވެ.
ކުރިމަތީގައި ޖަގަންނާތު ސިޓީ ހިފައިގެން ހުއްޓެވެ. އޭނާގެ ލޮލުން ރުޅިވެރިކަމުގެ ކަނި ބުރައެވެ. ތިރްލޯކް އާދޭސް ކޮށްފައި ބުނެއެވެ.
"ކަލާނގެއަށްޓަކައި އަހަރެންގެ ސިޓީ ދޭށެވެ. އަހަރެން އަދި ކިޔާ ނުނިމެއެވެ."
"ސިޓީގެ ދަރިޔާއެވެ. ........" ޖަގަންނާތު ހަޅޭލައިގަތެވެ..... "ޗަންދާ ދޭން އަންނާށޭ އަހަރެން ބުނީމެއް ނޫން ހެއްޔެވެ. ހަނދާން ނެތުނީ ހެއްޔެވެ."
"ނޫނެކެވެ. ހަދާނެއް ނުނެތެއެވެ. އަހަރެން ސިޓީ ިކޔާލަން މަޑުކޮށްލީއެވެ. އަހަރެންގެ ސިޓީ ދޭށެވެ. ހަތަރުބައިކުޅަ އެއްބައި ކަމިޝަނެއް ނޫނެވެ. ލިބޭ އާމްދަނީގެ ދެބައިކުޅަ އެއްބައި ދޭނަމެވެ."
"އެހެން ނޫނަސް ތިޔަހެން ހަދަން އޮތީ ޖެހިފައެވެ. ކަލޭ ޖަގަންނާތުގެ އަމުރަށް ފުރަގަސް ދީފީމުއެވެ. މި ސިޓީއަށްޓަކައި މެއެވެ. އެހެންވީމާ ސިޓީ ކަލެޔަކަށް ނުލިބޭނެއެވެ."
"ނޫނެކެވެ. ޖަގަންނާތެވެ. ތިޔައީ އަހަރެންގެ އަންހެނުންގެ ސިޓީއެކެވެ." ތިރްލޯކް ދެއަތް ޖޯޑުކޮށްފައި އާދޭސް ކުރިއެވެ.
"އަސްތާއެވެ. އެހެންވިއްޔާ މިސިޓީ ލިޔެފައި އޮންނާނީ ރީތި އަތަކުން ކަންނޭނގެއެވެ."
ޖަގަންނާތު ސިޓީގައި ތުންފަތް ޖައްސާލިއެވެ. ތިރްލޯކް ލޭގެ ކޯވަރެއް ދިރުވާލިއެވެ. ދެން އަނެއްކާވެސް އާދޭސް ކުރިއެވެ.
"ތިޔަހެން ނަހަދާ އަހަރެންގެ ސިޓީ ދޭށެވެ."
"މިއޮތީއެވެ..." ޖަގަންނާތު ސިޓީން ބައެއް ވީދާލާފައި ވަޔާ ޙަވާލުކޮށްލިއެވެ.
"ޖަގަންނާތް.....!" ތިރްލޯކްގެ އަޑު ރޫރޫއަޅައި ގަތެވެ.
ޖަގަންނާތު ސިޓީ ކުދިކުދި ކުރަމުން ހެމުން ހިނގައިގަތެވެ. ތިރްލޯކްގެ ލޯ ރަތް އަނގުރު ގަނޑެއްހެން ވަމުން ދިޔައެވެ. ހުޅުފަޅަމުން ދިޔައެވެ. ބާރަށް ދަތްކުނޑި ވިކައިގަތެވެ. އޭނާގެ ކެކިއަރަމުންދާ ލޭގައި މުޅިން އާބާރެއް އުފެދުނު ކަހަލައެވެ. ވައިގެ ތެރެއަށް އަރައަރައިގެންދާ ސިޓީގެ އެތިކޮޅުތަކަކީ އޭނާގެ އަންހެނުންނާ ދަރިފުޅުގެ މަސް ކޮޅުކޮޅު ކަމުގައި ހީވާން ފަށައިފިއެވެ.
ޖަގަންނާތު އެންމެފަހު އެތިކޮޅު ވަޔަށް ދޫކޮށްލަމުން ބުންޏެވެ.
"ސިޓީ ފުރިހަމަ ވެއްޖެއެވެ....... ދެން ޗަންދާ ދައްކަން އަންނާށެވެ........"
"ޗަންދާއޭ ހެއްޔެވެ." ތިރްލޯކް ރުޅިވެރި އަޑަކުން ބުންޏެވެ. "ދެން ކަލެޔަށް ޗަންދާ ލިބޭނީ ޖަލުގެ ހޮސްޕިޓަލްގައެވެ."
"ތިޔަބުނީ ކީކީ ހެއްޔެވެ.........؟" ޖަގަންނާތު މިނިކާވަގެއް ފަދައިން ހަޅޭލަވައިގަތެވެ.
ޖަގަންނާތުގެ އަތް ތިރްލޯކްގެ ކަންފަތް މައްޗަށް ދޫކޮށްލުމުގެ ކުރިން ތިރްލޯކް ފުންމައިގެންގޮސް އޭނާގެ ނޭފަތް މަތީގައި ބޮލުން ޖަހައިފިއެވެ. އެއާއެކު ޖަގަންނާތު ތަރިބުރައިގެންގޮސް ފަހަތަށް ޖެހިއްޖެއެވެ. ހަމައެވަގުތު އޭނާ ހަމަޖެހިލާނެ ދަނޑިވަޅެއް ނުދީ ތިރްލޯކު ގައިގެ ހުރި ބާރަކާއެކު އޭނާގެ ވާތް ފަރާތު ކަންކަށި މަތީގައި ޖަހައިފިއެވެ. ޖަގަންނާތު ހޫރިގަތެވެ. ތިރްލޯކު އަނެއްކާވެސް އެތިފަހަރެއް އަޅައިފިއެވެ. ޖަގަންނާތަށް ހީވީ ދުނިޔެ އަބުރިގަތް ހެނެވެ.
އެއަށްފަހު ތިރްލޯކް ވަކި ހަމައެއް ނުބަލާ އޭނާގެ ގައިގައި ތަޅައިގަތެވެ. ޖަގަންނާތަށް ޙަމަލާ ދެވޭތަން ފެނުމުން ދެންތިބި ގައިދީން އުފަލުން ފުމެފުމެފައި އަތްތިލަބަޑި ޖަހަން ފަށައިފިއެވެ.
"އަދިވެސް ތަޅާށެވެ."
"އަދިވެސް ތަޅާށެވެ."
"ތިޔަ ނުލަފާ މީހާގެ ނޭވާ ހޮޅިއަށް އެޅެންދެން ތަޅާށެވެ."
ޖަގަންނާތު އަރިއަޅާލައިގެން ވެއްޓިއްޖެއެވެ. އަދި ތިރްލޯކް މޮޔައެއް ފަދައިން ބޮޑު ހިލައެއް ނަގައިފިއެވެ. އޭނާގެ މޫނު މައްޗަށްވަނީ މޮޔަކަމުގެ އަނދިރި އެޅިފައެވެ. ތިރްލޯކް ހިލަނެގުމާއެކު އެތާނގައިތިބި މީހުންތައް ހަޅޭލައިގަތެވެ.
"މަރާލާށެވެ."
"ޙަރާންކޯރު ކަލޭގެ މަރާލާށެވެ."
"ދެމީހުން މެރުމުގެ އަދަބު އެއްފަހަރާ އެކުގައި ހިނގާނެއެވެ."
ކުއްލިއަކަށް ތިރްލޯކް ހުއްޓިއްޖެއެވެ. ޖަގަންނާތު ނޭފަތުން ލޭއައިސް އައިސް ހުއްޓެވެ. އޭނާ މިހާރު އޮތީ ހޭނެތިފައެވެ. ތިރްލޯކަށް ހީވީ ޖަގަންނާތުގެ ބަދަލުގައި އެތާނގައި އޮތީ އޭނާގެ އަތުން މަރުވި ފާރަވެރިޔާ ކަމުގައެވެ. އޭނާ މަރާލި މީހާއެވެ.
މިއީވެސް އެކަހަލަ މީހެކެވެ. މީނާގެވެސް އަންބަކާ ދަރިން ތިބޭނެ ކަންނޭގެއެވެ. މީނާ މަރާލައިފިއްޔާ މީނާގެ އަންހެނުންވެސް ހުވަފަތް ވެދާނެއެވެ. ދަރިންކޮޅު ޔަތީމު ވެދާނެއެވެ.
ދެން ތިރްލޯކް ކުއްލިއަކަށް ހިލަބުރި އެއްފަރާތަކަށް އެއްލާލައިފިއެވެ. އެހެން ގައިދީއަކު މޮޔައެއް ފަދައިން ހަޅޭއްލައިގަތެވެ.
"ތިރްލޯކްއެވެ. ތިޔަކުރީ ކީއްހެއްޔެވެ؟ ތިޔަ ކަލޭގެ ސަލާމަތް ވެއްޖިއްޔާ ކަލޭގެ ދުވަސް ދުއްވާލާނެއެވެ."
"ނޫނެކެވެ. އޭނާ މަރައެއް ނުލެވޭނެއެވެ."
ދެވަނަ ހިނދުކޮޅުގެ ތެރޭގައި ތިރްލޯކް އޭނާއަށްވުރެ ހަށިގަނޑު ވަރުގަދަ ޖަގަންނާތު ނަގާ ކޮނޑަށް ލައިފިއެވެ. އަދި ހިތްވަރުލާފައި ޖަލުގެ ހޮސްޕިޓަލާ ދިމާއަށް ހިނގައިގަތެވެ. އޭނާގެ ފަހަތުގައި ތިބެގެން ގައިދީންތައް ހަޅޭއްލަވަމުން ގެންދިޔައެވެ. އެހެން ނަމަވެސް ތިރްލޯކްގެ ކަންފަތަށް އެއަޑު ނީވޭ ކަހަލައެވެ.
ތިރްލޯކް ކިޔޫގައި ޖެހިގެން އޭނާގެ ރޮއްޓާއި ރިހަފޮދު ހިފައިގެންގޮސް އިށީނދެއްޖެއެވެ. ހަމައެވަގުތު ޖަގަންނާތުވެސް ތަށި ހިފައިގެން އައިސް އިށީދެއްޖެއެވެ. އޭނާ ފެނިފައި ތިރްލޯކް ފުންމައިގެން ތެދުވިއެވެ. ތިރްލޯކުގެ ލޮލުން އުފާވެރިކަމުގެ ވިދުވަރު ފެނިގެން ދިޔައެވެ. އޭނާ ބުންޏެވެ.
"ޖަގަންނާތެވެ. ކަލޭ ހޮސްޕިޓަލުން ދޫކޮށްލީ ހެއްޔެވެ."
"އާނއެކެވެ." ޖަގަންނާތު ހަމަޖެހިލަމުން ބުންޏެވެ.
"އަހަރެން ހުސްޕިޓަލަށް ގެންދިޔައީ ކަލެޔޭ ޑަކްޓަރ ސާހަބް ބުނުއްވިއެވެ. އަދި ކަލޭގެ ލޭ ދީގެން އަހަރެންގެ ފުރާނަ ސަލާމަތް ކުރި ވާހަކަވެސް ބުނުއްވިއެވެ."
"ފުރާނަ ސަލާމަތް ކޮށްދެއްވާނީ ކަލާނގެއެވެ........ އިންސާނުންނަށް ކުރެވޭނީ މަސައްކަތެވެ."
"ފުރަތަމަ ކަލޭ ގަސްތުކުރީ އަހަރެން މަރާލާށެވެ. ފަހުން އެޚިޔާލު ދޫކޮށް އަހަރެން މަރުން ސަލާމަތް ކުރުމުގެ ޚިޔާލު އައީ ކިހިނެއް ހެއްޔެވެ؟"
ތިރްލޯކް ފިނި ނޭވާއެއް ލިއެވެ. އަދި ޚިޔާލެއްގެ ތެރޭގައި އިނދެގެން ކަހަލަ ގޮތަކަށް ބުންޏެވެ.
"އަހަރެން ޖަލަށްލެވިފައި މިވަނީ މީހަކު މަރާލުމުގެ ކުށުގައެވެ. މިކަން ކަލެއަށްވެސް އެނގޭނެ ކަންނޭނގެއެވެ. ........ އެކަމަކު އެއީ އަހަރެން ގަސްތުގައި މަރާލި މީހެއްނޫނެވެ. އަހަރެންގެ އަންހެނުން މަރުގެ ވަކިތަކުން ސަލާމަތްކުރުމަށްޓަކައި ވިހިހާސްރުފިޔާ ވަގަށްނެގުމުގެ ރޭވުމެއް އަހަރެން ރޭވީއެވެ. އެކަމުގެ ތެރޭގައި ފާރަވެރިޔާ އަހަރެންގެ މަގަށް ހުރަސް އެޅީއެވެ. އަދި އޭނާ އަހަރެންގެ އަތުން މަރުވީއެވެ. ފަހުން އޭނާގެ ހުވަފަތް އަނބިމީހާއާއި ޔަތީމު ކުދިންކޮޅު ގިސްލަ ގިސްލާފައި ރުއިމަންޒަރު ދުށީމެވެ. އެމަންޒަރު ހިތަށް އަރުވާލާފައި މިއަދުވެސް އަހަރެންގެ ހިތް ރޫރޫ އަޅައިގަނެއެވެ. ކަލޭ ލެއިން ތަތްތެޅިފައި އޮތް މަންޒަރު އަހަންނަށް ފެނުމާއެކު ހަނދާންވެގެން ދިޔައީ ހަމަ އެމަންޒަރެވެ. އެއާއެކު އަހަންނަށް ހޭވަރިކަންވީއެވެ............ އަހަރެންގެ އަތުން އެކަކު މަރުވެއްޖެއެވެ. ދެވަނަ މީހާ މަރުވި ނަމަވެސް ޤާނޫނު އަހަންނަށް މާފުކޮށްފާނެ ކަންނޭނގެއެވެ. އެހެން ނަމަވެސް އަހަރެންގެ ރޫޙު އަހަންނަށް މާފެއް ނުކުރާނެއެވެ. އަދި ކަލޭގެ އަންހެނުންނާ ދަރިންގެ ކުރިމައްޗަށް އެރިއްޖެ ހިނދެއްގައި އަހަންނަށް އިސް އުފުލާ ބަލާލާކަށްވެސް ނުކެރޭނެއެވެ.
ޖަގަންނާތު ފަރުވާތެރި ކަމާއެކު ތިރްލޯކަށް ބަލާލިއެވެ. އޭނާގެ ތުންފަތް މައްޗަށް ހިކި ހިނިތުންވުމެއް ވެރިވެއްޖެއެވެ. އޭނާ މަޑުމަޑުން ބުންޏެވެ.
އަހަރެންގެ އަންބެއް ދަރިއެއް ނުހުންނާނެއެވެ.
ތިރްލޯކް ޖަގަންނާތާ ދިމާއަށް ބަލާލާފައި ބުންޏެވެ.
"އެހެން ނަމަވެސް ކަލެޔަކީ ފުރާނައެއް ނޫން ހެއްޔެވެ...... އެފުރާނަ ހިގަނއްޖިއްޔާ އަލުން އަނބުރާ ނުލިބޭނެއެވެ. އެއީ މީހަކަށް ދެވޭނެ އެއްޗެއް ނޫނެވެ. ހަމައެހެންމެ އެ ފުރާނަ ދަމައިގަތުމުގެ ޙައްޤު އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ."
* "އެހީގެ އަގު" ވާހަކައިގެ މިބައިގައި ގެނެސްދެވިފައިވާނީ ވާހަކައިގެ ޞަފުހާ ނަމްބަރު 49 އިން 52 އަށެވެ.

ކިޔުންތެރިންގެ ހިޔާލު