ބަންގްލަދޭޝްގެ "ޔޫއެސް ބަންގްލާ" އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ.

ބަންގްލަދޭޝްގެ އަމިއްލަ އެއަރލައިނެއްކަމަށްވާ "ޔޫއެސް ބަންގްލާ"ގެ ދަތުރުތައް ރާއްޖެއަށް ކުރާނީ ބަންގްލަދޭޝްގެ ޑާކާއިންނެވެ.



"ޔޫއެސް ބަންގްލާ"އިން ރާއްޖެއަށް ހަފްތާގެ 3 ދުވަހު ދަތުރުކުރުމަށް ހަމަޖެހިފައިވާއިރު އެ އެއަރލައިނުން ރާއްޖެއަށް ދަތުރު ފެށުމަށް ނިންމީ ބަންގްލަދޭޝްގެ ފަތުރުވެރިން ރާއްޖެ އަންނަން ބޭނުންވާތީއެވެ. އަދި މީގެ ސަބަބުން ބަންގްލަދޭޝްގެ ފަތުރުވެރިންނަށް ހެޔޮއަގުގައި ފަސޭހަކަމާއިއެކު ރާއްޖެ އައުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށް އެ އެއަރލައިނުން ވަނީ ބުނެފައެވެ.

ޔޫއެސް ބަންގްލާގެ މިދަތުރުތަކުގައި ބޭނުންކުރާނީ 189 މީހުންގެ ޖާގައިގެ ބޯޓުތަކެވެ. އެއީ ބޮއިންގ 800-737 މަރުކާގެ ބޯޓުތަކެވެ. "ޔޫއެސް ބަންގްލާ" އެއަރލައިނުން މިހާރުވެސް އަންނަނީ ދުނިޔޭގެ ގިނަ މަންޒިލްތަކަށް ދަތުރުކުރަމުންނެވެ. އޭގެތެރޭގައި ދުބާއީ، މަސްކަޓް، ދޯހާ ފަދަ މަންޒިލްތައް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން