މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ ނިމިދިޔަ ނޮވެމްބަރުމަހުކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފަތުރުވެރިކަމާބެހޭ ތަފާސް ހިސާބުތައް ދައްކާގޮތުން ނޮވެންބަރުމަހު ރާއްޖެއަށް 144725 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއާއެކު ނޮވެމްބަރުމަސް ވެފައިވަނީ އަހަރުގެ މިހާތަނަށް އެއް މަހެއްގެތެރޭގައި އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި މަހަށެވެ.

ނޮވެންބަރުމަހު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އަދަދަކީ ކޯވިޑުގެ ކުރިން 2019ވަނަ އަހަރުގެ ނޮވެމްބަރުމަހު ރާއްޖެއަށް އައިސްފައިވާ 137،921 ފަތުރުވެރިންނާއި އަޅާ ބަލާއިރު، 4.9 އިންސައްތަ އިތުރު އަދަދެކެވެ. އަދި މިއީ އޮކްޓޫބަރުމަހާއި އަޅާ ބަލާއިރު 1.8 އިންސައްތައިގެ ކުރިއެރުމެކެވެ.

ރާއްޖެއަށް މިހަރުގެ މިހާތަނަށް 1.2 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 4772 ފަތުރުވެރިން އަންނަނީ ޒިޔާރަތްކުރަމުންނެވެ.

މިއަހަރު މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެ 22.5 އިންސައްތައަކީ އިންޑިއާ ފަތުރުވެރިންނެވެ. 2 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ރަޝިޔާއިންނެވެ. އެއީ ރާއްޖެއައިސްފައިވާ ޖުމްލަ ފަތުރުވެރިންގެ 17.7 އިންސައްތަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން