ލާދީނީ ރިޕޯޓެއް އާންމުކުރި މައްސަލައިގައި ގިނަ ބައެއްގެ ޕްރެޝަރާއެކު އުވާލާފައިވާ މޯލްޑިވިއަން ޑިމޮކްރަސީ ނެޓް (އެމްޑީއެން) ގެ ފައިސާ ތަކެއް ދިވެހި ސަރުކާރުން ވަގަށް ނަގާފައިވާ ކަމަށް ބުނެ އެމައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީއަށް ހުށައަޅައިފިއެވެ.
އިސްލާމްދީނާ ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލަހިވަސައްލަމަ އަށް ފުރައްސާރަކޮށް ލާދީނީ ރިޕޯޓެއް އާންމުކުރި މައްސަލައިގައި ރާއްޖޭގެ ގިނަ ބައެއްގެ ކަންބޮޑުވުންތަކާއި ޕްރެޝަރާއި ގުޅިގެން ސަރުކާރުން މިހާރު އުވާލާފައިވާ އެމްޑީއެން އާއި ގުޅިފައިވާ ބޭރުގެ ޖަމިއްޔާތަކަކުން ނެރުނު ޖޮއިންޓް ސްޓޭޓްމަންޓެއްގައި ބުނެފައިވަނީ، ހިލޭ އެހީގެ ގޮތުގައި އެޖަމިއްޔާއަށް ލިބިފައިހުރި 50000 އެެމެރިކާ ޑޮލަރު ދިވެހި ސަރުކާރުން ވަގަށް ނަގާފައިވާ ކަމަށެވެ. އެ ޖަމިއްޔާ ތަކުން ވަނީ ސަރުކާރުގެ އެ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
ފޯރަމް އޭޝިޔާ، ސިވިކަސް، އިންޓަނޭޝަނަލް ފެޑަރޭޝަން ފޮރ ހިއުމަން ރައިޓްސް (އެފް.އައި.ޑީ.އެޗް) އަދި ކޮމަންވެލްތު ހިއުމަން ރައިޓްސް އިނީޝިއޭޓިވް ގުޅިގެން ނެރުނު މި ބަޔާނުގައި އެމްޑީއެންގެ އެކައުންޓްގައި ހުރި ފައިސާ ސަރުކާރުން ވަގަށް ނެގި މައްސަަލަ ރައްޔިތުންގެ މަޖިލީހުން ތަހުގީގުކޮށް އެކަމާ މެދު އަވަހަށް ފިޔަވަަޅު އެޅުމަށް ވަނީ ގޮވާލާފައެވެ. މީގެ އިތުރުން އެމްޑީއެންގެ އެކައުންޓްތަށް ފްރީޒްކޮށް މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތް ދިނުމާއި ޑޯނަރުންނަށް ފައިސާ ފޮނުވުމަށް ހުރަސް އެޅި މައްސަލަ ބެލުމަށް ވެސް އެ ބަޔާނުގައި ގޮވާލާފައި ވެއެވެ. އަދި ބޭންކް އެކައުންޓުތަކުގަައި ހުރި އެޖަމިއްޔާގެ ފައިސާ އަތުލަައިގަތުމާއި، އެކަމާ ބެހޭ އެއްވެސް މައުލޫމާތެއް އެޖަމިއްޔާއަށް ދީފަައިނުވާތީ އެކަން ކުށްވެރިކުރާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ. އެބަޔާނުގައި ވަނީ ޖަމިއްޔާ ތަކުގެ ބެލެނިވެރި ފަރާތް ޔޫތް މިނިސްޓްރީން އެކަމުގައި އަމަލުކުރިގޮތް ސާފުކޮށްދިނުމަށް އެދިފައެވެ.
"މިމައްސަލަައިގައި ސަރުކާރު ޖަވާބުދާރީ ނުކުރެވިއްޖެނަމަ އެކަމަކީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާ ތަކަށް ނުހަނު ބޮޑު ނުރައްކަލެއް ކުރިމަތިވާނެކަމެކެވެ." ގުޅިފައިވާ ބަޔާނުގައި ބުންޏެވެ.
އެމްޑީއެން އަކީ 2006 ވަނަ އަހަރު އުފެއްދި ޖަމިއްޔާއެކެވެ. އެހެން ނަމަވެސް އިސްލާމްދީނަށް ފުރަައްސާރަ ކޮށް އެޖަމިއްޔާ އިން ނެރުނު ރިޕޯޓްގެ މަައްސަލަ ބެލުމަށްފަހު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު ސަރުކާރުން ވަނީ އެޖަމިއްޔާ އުވާލާފައެވެ.
ޖަމިއްޔާތަކާ ބެހޭ ގަވާޢިދުގެ ދަށުން އެޖަމިއްޔާގެ ދަރަންޏާ ފައިސާއާއިމެދު އަމަލު ކުރާނެ ގޮތެއް 45 ދުވަހުގެ ތެރޭގައި ޔޫތު މިނިސްޓްރީއަށް އެންގުމަށް އެޖަމިއްޔާއަށް ދިން މުހުލަތުގައި އެޖަމިއްޔާއިން އެއްވެސް ޖަވާބެއް ދީފައި ނުވާތީ އެގަވާޢިދުގެ ދަށުން އެފައިސާ ވަނީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާއަތަކަށް ހަދިޔާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު