އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -
އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -
އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އިމާރާތް އެޅުމަށް ހުޅުމާލެއިން ބިމެއް ދީފިއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ، އޮޑިޓް އޮފީހުގެ އާ އިމާރާތް ހުޅުމާލޭގައި އެޅުމަށްޓަކައި އެ އޮފީހަށް ބިމެއް ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއި ކޮށްފައިވާކަމަށެވެ. އެޗްޑީސީގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަޙްމަދު އާތިފެވެ. އަދި އޮޑިޓް އޮފީހުގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ އޮފް ކޯޕަރޭޓް ސަރވިސް ނަޝްވާ ފިރާގެވެ.

އެޗްޑީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން 17,426,43 އަކަފޫޓުގެ ބިން އޮޑިޓް އޮފީހަށް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ.



މާލޭގެ ތޮއްޖެހުން ކުޑަކޮށް ސަރުކާރުގެ ބޮޑެތި އޮފީސްތައް ހުޅުމާލެއަށް ބަދަލު ކުރުމަށް މިހާރު ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން ހައްޖު ކޯޕަރޭޝަންގެ އިމާރާތް އެޅުމަށް އެ ކުންފުންޏަށް ވެސް އެޗްޑީސީން މި މަސްތެރޭވަނީ ބިމެއް ހަމަޖައްސައިދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން