ނ. މަނަދޫ ބަނދަރުގެ ނެރު ފުންކުރުމާއި ބޭރުތޮށި ލުމުގެ މަޝްރޫއުގެ 41 އިންސައްތަ ނިމިފައިވާ ކަަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މަނަދޫ އައު ނެރަށް ވަދެވެން އޮންނަ ސަރަހައްދު ފުންކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން މިހާރު އެ މަޝްރޫއުގެ 41 އިންސައްތަ މަސައްކަތް ފުރިހަމަކޮށްފައިވާ ކަމަށް އެމްޓީސީސީ އިން ބުނެ އެވެ.



މި މަޝްރޫއުގެ ދަށުން، 29،038 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 195 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 188 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، ކޮންކްރީޓް ބްރިޖެއް ހެދުމާއި، ރޭމްޕެއް ހެދުމާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީ އިން ބުންޏެވެ.

މިއީ 32.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ


ކިޔުންތެރިންގެ ހިޔާލު


1

އަނަސް

01-Jul-2022

ބަލަގަ ތިޔަ މަސައްކަތް ނިންމަން އެއްބަސްވެފަ އޮތީ 5 އަހަރުންތަ ހަޔާތުގެ ކަންފުޅެއްވެސް ނެތް.



ޓްރެންޑިން