މިއަދުގެ އިރު މިޖަޒީރާ ގައުމަށް ނާރަނީސް މީޑިއާތަކުގެ ފަލަ ސުރުހީތަކުން ޖާގަ ހޯދި އެއްވާހައަކީ އަވަށްޓެރި ސްރީލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަ ފިއްލަވައިގެން ރާއްޖެއަށް ވަޑައިގެން ވާހަކައެވެ. އަދި ރާއްޖެއިން ގޮޓާބަޔާއަށް މަރުހަބާ ކިޔައި އެސައިލަމް ވެސް ދިން ވާހަކައެވެ. މި ޚަބަރުތައް ބައިނަލްއަޤްވާމީ މީޑިއާތަކުން ވެސް ގެނެސްދިނީ މިފަދަ އިބާރާތްތަކުންނެވެ. މިދެންނެވި ފަދަ މޭރުމަކުން މާނަކުރެވޭ ގޮތަށެވެ. މިޚަބަރުތަކާއެކު ދިވެހީން ޓްވިޓާގައި ކެކި އުތުރި އަރަން ފެށިއެވެ. ސަރުކާރަށް ފާޑުކިޔައި ބަވައި ހަޖޫޖަހަން ފެށިއެވެ. މިކަން ހިނގާފައިވާ ގޮތް ނޭނގޭ އެކަކުވެސް ނެތް ކަހަލައެވެ.
ރާއްޖެއަށް ސްރީލަންކާގެ ރައީސް ވަޑައިގެންނެވިއެވެ. ވަޑައިގެންނެވީ އެގައުމުގައި އޭނާއާއި ދެކޮޅަށް މުޒާހަރާކޮށް ސަލާމަތްވާނެ އެއްވެސް ގޮތެއް ނެތިގެންނެވެ. ރަސްމީ ވައިގެ ބަނދަރުން ފުރާވަޑައިގެންނެވިޔަ ނުދިނުމުން އޭނާއަށް ލިބިވަޑައިގެންފައިވާ ގާނޫނީ ބާރުގެ ބޭނުން ކުރަށްވައިގެންނެވެ. ގައުމުގެ އެއާފޯސްގެ ހިމާޔަތުގައި އެއާ ފޯސްގެ ޖެޓެއްގައެވެ. ރާއްޖެއަށް އެ ޖެޓް ޖައްސަން ހުއްދަ ދިނެވެ. އަދި ގޮޓާބަޔާ ރާއްޖެއަށް އެތެރެވެސް ވިއެވެ. މިއީ ކޮންމެ މީހަކަށް ވެސް ޔަގީންވާ ކަންކަމެވެ.
ގޮޓާބަޔަ ރާއްޖެއަށް ވަޑައިގެންނެވިިރު ހުންނެވީ ލަންކާގެ ރައީސް ކަމުގެ މަގާމުގައެވެ. އޭނާ ދަތުރުކުރެއްވި ޖެޓް ރާއްޖެއަށް ޖައްސާން ހުރަސް އެޅޭނެ އެއްވެސް ގާނޫނީ ހަމައެއް އޮތް ކަމަކަށް މިހާތަނަށް އެއްވެސް ފަރާތަކަށް ބުނެދެވިފައެއް ނެތެވެ. އަދި ލަންކާގެ ރައީސަށް ދިވެހި ރާއްޖެއަށް އަރާވަޑައި ނުގެންނެވޭނެ ނުވަތަ އަރާވަޑައިގަންނަވަން ހުރަސް އެޅޭނެ އެއްވެސް ގާނޫނީ ހުއްޖަތެއްވެސް އެއްވެސް ފަރާތަކަށް ދެއްކިފައެއް ނެތެވެ. ހަމައެކަނި އޮތް ހުއްޖަތަކީ ލަންކާގެ ރައްޔިތުން އޭނާއާ ދެކޮޅަށް ނުކުމެ މުޒާހަރާކޮށް އޭނާ މަގާމުން އިސްތިއުފާ ދެއްވަން ގޮވަމުންދާ ގޮވުމެވެ. ގޮޓާބަޔާގެ ސަރުކާރުން ގައުމު ބަނގުރޫޓް ކޮށްލާފައިވާ ކަމަށް ބުނެ ރައްޔިތުން ކުރަމުންދާ ތުހުމަތު ތަކެވެ. އެއްގޮތަކަށް ވެސް މިދަންނަވަނީ ގޮޓާބަޔާ ގައުމު ބަނގުރޫޓު ނުކޮށްލާ ވާހަކައެއް ނޫނެވެ. އަދި އޭނާގެ ސަރުކާރުން ގޯސްކޮށް ކަންކަން ނުކުރާ ވާހަކައެއް ވެސް ނޫނެވެ. އެއީ އެއްވެސް މީހަކު ޝައްކު ނުކުރާ ވަރަށް ފެންނާން އޮތް ހަގީގަތްތަކެވެ. އާއިލީ ވެރިކަމެއްގެ އިހުމާލުން ބޮޑު އިގުތިޞާދެއް އެއޮތީ ފުނޑުފުނޑުކޮށްލާފައެވެ. ގައުމު އެވަނީ ދަރުވާލާފައެވެ. ރައްޔިތުން އެވަނީ ބަނޑަށް ޖެހިފައެވެ. މިއީ އެއްވެސް މީހަކު ދެބަސްނުވާނެ ހަގީގަތެކެވެ.
ދެން އޮތީ މިދެންނެވި ބޮޑު ސުވާލެވެ. ދިވެހި ސަރުކާރަށް ކުރަމުންދާ ތުހުމަތު ތަކެވެ. ގޮޓާބަޔާ ރާއްޖެ ވަޑައިގަތުމުން ދިވެހި ސަރުކާރުން ރަސްމީކޮށް މަރުހަބާ ވިދާޅުވިތޯއެވެ؟ އޭނާ ރިސީވް ކުރާން ރަސްމީ ހައިސިއްޔަތުން ސަރުކާރުގެ ނުވަތަ ދައުލަތުގެ އެއްވެސް ވެރިއަކު ވަޑައިގެންނެވި ތޯއެވެ؟ ލަންކާގެ ރައީސަށް ރާއްޖެއިން އެސައިލަމް ނުވަތަ ހިމާޔަތް ދިންތޯއެވެ؟ މިއިން އެއްވެސް ކަމެއް ހިނގާފައެއް ނުވެއެވެ. އަދި އެފަދަ އެއްވެސް ކަމެއް ނުހިނގާކަން ސަރުކާރުގެ އިސް އޮފިޝަލަކު ވަނީ "ރަސް އޮންލައިން" އަށް ކަށަވަރުކޮށްދެއްވާފައެވެ.
ތެދުފުޅެކެވެ. ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ރާޖަޕަކްސާއަށް މަރުހަބާ ވިދާޅުވި ކަމަށް ވެއެވެ. އޭނާ ރިސީވް ކުރަން ނަޝީދު ވަޑައިގެން ކަމަށް ވެއެވެ. އެކަމަކު ރައީސް ނަޝީދުވެސް އެތަނަށް ވަޑައިގެންނެވީ އެމަނިކުފާނު އަދާކުރަށްވާ މަގާމުގެ ހައިސިއްޔަތަކުން ނޫންކަން ރައްޔިތުން މަޖިލީހުގެ އިދާރާއިން އެވަނީ ކަށަވަރުކޮށްދީފައެވެ. ބެލެވޭ ގޮތުގައި ރައީސް ރާޖަޕަކްސައަށް މަރުހަބާ ދެންނެވުމަށް ރައީސް ނަޝީދު ވަޑައިގެންނެވި ދެސަބަބެއް އެބައޮތެވެ. އަޅުގަނޑު ގަބޫލުކުރާ އެންމެ މުހިންމު އެއް ސަބަބަކީ ނަޝީދާ ލަންކާ ސަރުކާރުން ހަވާލުކޮށްފައިވާ ޒިންމާއެވެ. ރައީސް ނަޝީދަކީ ލަންކާއަށް ބޭރުގެ އެހީ ހޯދުމަށް ކުރާ މަސައްކަތުގައި އެހީތެރިވެދެއްވައި އެކަން ވިލަރެސް ކުރަށްވާ ވެރިއާއެވެ. އަނެއް ހައިސިއްޔަތަކީ ރައީސް ނަޝީދުގެ ސިޔާސީ އިސްލާހީ މަސައްކަތްޕުޅުގައި ގޮޓަބަޔާގެ އާއިލީ ބޭފުޅުންގެ ފަރާތުން ނުވަތަ ލަންކާގެ އިސް ސިޔާސީ ބޭފުޅުންގެ ފަރާތުން ލިބިވަޑައިގެންފައިވާ އެހީތެރިކަމާއި މަދަދެވެ. އާންމު ގޮތެއްގައި ވެސް ރައީސް ނަޝީދަކީ މިފަދަ ކަންކަމުގައި މާދުރަށް ވިސްނާވަޑައިގެން ގޮތް ނިންމަވާ ބޭފުޅެއް ނޫންކަން ގިނަ ބަޔަކު ގަބޫލުކުރެއެވެ. އެހެންވީމާ ރައީސް ނަޝީދުގެ އެނިންމެވުމަކީ އަދި ދިވެހި ސަރުކާރުގެ ނިންމުން ކަމަށް ދެކިގެން ނުވާނެއެވެ.
ލަންކާގެ ރައީސް ރާއްޖެއަށް ވަޑައިގެންނެވީ ފިއްލަވައިގެން ކަމެއް އަދި އޭނާއަކީ ކުށްވެރިއެއް ކަމެއް ލަންކާގެ ކަމާބެހޭ ރަސްމީ އެއްވެސް ފަރާތަކުން ނިންމާފައެއް ނުވެއެވެ. އެއްވެސް ކޯޓަކުން ވެސް އެފަދަ ކަމެއް ސާބިތުވެ އަމުރެއް ނެރެފައެއް ވެސް ނެތެވެ. އަދި އޭނާ ރާއްޖެއަށް ވަޑައިގެންނެވި އިރު ހުންނެވީ ވެސް ލަންކާގެ ރައީސްގެ މަގާމުގައެވެ. އެޒިންމާތައް ނަންގަވައިގެންނެވެ. އެހެންވީމާ އޭނާ ރާއްޖެއަށް ވަޑައިގެން ރާއްޖެއަށް އަރާވަޑައިގެންނެވުމަށް ހުރަސް އެޅިދާނެ ކަމާއިމެދު ސުވާލު އުފައްދާނެ ޖާގައެއް ވެސް ނެތެވެ. އެއްވެސް ބޭފުޅަކު މިކަމާ ދެކޮޅު ހައްދަވާނަމަ އެކަމަށް އަދިވެސް ރައްދެއް އެބައޮތެވެ.
ރަޝިޔާއިން ޔޫކްރެއިނަށް ހަމަލާދީ އެގައުމުގައި ހިންގަމުންދާ ޖަރީމާތަކާއި ގުޅިގެން ރަޝިޔާ ސަރުކާރުގެ އިސް އޮފިޝަލުންނާއި ރަޝިޔާގެ މަހުޖަނުންގެ ޔޮޓްތައް ބަނދަރު ކުރުން ގިނަ ގައުމުތަކަކުން މަނާކުރިއެވެ. ނަމަވެސް އެހަނގުރާމަ ފެށީއްސުރެ އަދާހަމަޔަށް ވެސް ދިވެހި ރާއްޖެއިން އަންނަނީ އެފަރާތްތަކަށް މަރުހަބާ ކިޔަމުންނެވެ. ބައިނަލްއަޤްވާމީ ބޮޑެތި މީޑިއާތަކުން ދޭތެރެދޭތެރެއިން އެވާހަކަދައްކައި ލިޔެހަދައެވެ. އެކަމަކު އެއްވެސް މަގުބޫލު ސަބަބެއް ވެސް ނެތި ރަޝިޔާއިން ގައުމަކަށް ހަމަލާދީ ތަޅާ ސުންނާފަތިކުރަމުންދާއިރު އެގައުމުގެ މަހުޖަނުންގެ ޔޮޓްތަކަށާއި ހުރިހާ ގިންތިއަކާއި ފަންތިއެއްގެ ރައްޔިތުންނަށް ވެސް ރާއްޖެއިން މިއަންނަނީ މަރުހަބާ ކިޔަމުންނެވެ. މިދެންނެވި މީހުން ވީއައިޕީއާއި ވީވީއައިޕީ ވެސް ބޭނުންކުރެއެވެ. މިއީ ހަކުރު ދެންޏާ ބޮޑުބޭބެއަށްވާ އުސޫލުން ވާ ކަމެއް ކަމަށް ވާނަމަ ދެން ދަންނަވާނެ އެއްޗެއް ނެތެވެ.
ލަންކާގެ ރައްޔިތުންނާއި ދިވެހި ރައްޔިތުންނާ ދެމެދު އޮންނަ ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުމެއްގެ ސަބަބުން ނުވަތަ ދިވެހީންގެ ގިނަ ބަޔަކު އެގައުމުގައި ދިރިއުޅޭތީ އެގައުމުގެ ރައީސް ފިއްލަވައިގެން ރާއްޖެއަށް ވަޑައިގެންނެވި ކަމަށް މީޑިއާތަކުން ބުނާ ބުނުމަކަށް ނުވަތަ ބަޔަކު ކުރާ ރިޕޯޓަކަށް ބުރަވެ އޭނާ ރާއްޖެއަށް އެރިޔަނުދީ ހިހެއްޓޭނެ ކަމަށް ގަބޫލުކުރުމަކީ ވަރަށް ނާތަހުޒީބީ ކޮށި ވިސްނުމެކެވެ، އަދި މިތާނގައި ސަރުކާރުން ޖަވާބުދާރީ ވާންޖެހޭ ކަމެއް އޮތް ކަމަކަށް ވެސް ގަބޫލެއް ނުކުރެވެއެވެ. ސަރުކާރުން ބުނަންޏާ ބުނަން އޮތީ ލަންކާގެ ރައީސް އެހެން ގައުމަކަށް ކުރަށްވާ ދަތުރުފުޅެއްގައި ރާއްޖޭގައި މަޑުކޮށްލެއްވި ވާހަކައެވެ. ހަމަގައިމުވެސް ސަރުކާރަކުން ރަސްމީކޮށް އޭނާއަކަށް މަރުހަބާ ކީމެކޭ ނުބުނެވޭނެއެވެ. އެސައިލަމް ދިނީމެކޭ ވެސް ނުބުނެވޭނެއެވެ. އެސައިލަމް ނުވަތަ ހިމާޔަތް ދިނުމަކީ އެޒާތަށް ހިނގާ ކަމެއްވެސް ނޫނެވެ.
މިކަމާ ގުޅިގެން މުޅިން ވެސް މިހާތަނަށް ފެނިފައިވަނީ އަދި އިވިފައި ހުރީ މިވާހަކަތައް ނޭނގި ތިބެ އެނގޭ ކަމަށް ހަދައިގެން ދައްކާ ވާހަކަތަކާއި ލިޔާ ލިއުންތަކެވެ. ސަރުކާރާ ދެކޮޅު ސިޔާސީ ބޭފުޅުން ދައްކަވާ ވާހަކަތަކެވެ. ސިޔާސީ ޕާޓީތަކުން ނެރޭ ސިޔާސީ ބަޔާންތަކެވެ. މިދެންނެވި ފަރާތްތަކުން އަވަސްވެގަތީ މިވާހަކަތައް ހޫނުކޮށްގެން ރައްޔިތުން ކެއްކުމަށެވެ. އެއީ ލަންކާއަކީ ޒަމާނުއްސުރެ ދިވެހި ރައްޔިތުންނާއި ގާތް އެކުވެރި ގުޅުމެއް އޮންނަ ރައްޔިތުން ތަކެއް ދިރިއުޅޭ އަދި ދިވެހި ގިނަ އާއިލާތަކެއް ދިރިއުޅޭ ގައުމަކަށް ވާތީ އެވާހަކަތަކުން ދިވެހީންގެ ލޭ ކެކިއަރާނެކަން އެނގޭތީއެވެ. ކަންވީ ވެސް އެހެންނެވެ. މިއަދުގެ އިރު ފަޅައި ނުގަންނަނީސް ރައްޔިތުންގެ ގިނަ ބަޔަކު މީސް މީޑިއާގައާއި ކޮފީ މޭޒުދޮށުގައި އޮތީ ލަންކާއަށް އޮތް ހަމްދަރުދީ ފާޅުކުރުމާއި ދިވެހި ސަރުކާރަށް ބެވުމެވެ. އެކަން ކިތަންމެ ރަނގަޅަކަށް ވެސް ހާސިލު ވެއްޖެއެވެ.

ކިޔުންތެރިންގެ ހިޔާލު