އުގައިލް ފައުންޑޭޝަނުން ހިންގާ ކްރިއޭޓިވް އިންގްލިޝް ޕްރޮގްރާމުގެ ދަރިވަރު، މަރިޔަމް ޝީން ޝާމް.
އުގައިލް ފައުންޑޭޝަނުން ހިންގާ ކްރިއޭޓިވް އިންގްލިޝް ޕްރޮގްރާމުގެ ދަރިވަރު، މަރިޔަމް ޝީން ޝާމް.
އުގައިލް ފައުންޑޭޝަނުގެ ދަ ސަރކަލުން ހިންގާ ޕްރޮގްރާމް ތަކުން ހިންގާ އޮންލައިން ކްލާސްތަކަކީ ރާއްޖޭގެ ކޮންމެ ހިސާބެއްގައި ދިރިއުޅުނު ނަމަވެސް ބައިވެރިވެވޭނެ ގޮތަށް އޮންލައިންކޮށް ހިންގާ ކްލާސްތަކެކެވެ. މިއީ ރާއްޖޭގައި މިހާ ފުޅާ ދާއިރާއެއްގައި އޮންލައިންކޮށް މިފަދަ ކްލާސްތަކެއް ހިންގާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން ހުޅުދެލީ ސްކޫލްގައި ކިޔަވަމުންދާ، އަށް އަހަރުގެ މަރިޔަމް ޝީން ޝާމް ބުނީ ރަށުގައި ހުރެގެންވެސް އުގައިލް ފައުންޑޭޝަނުގެ ދަ ސަރކަލުން ހިންގާ އޮންލައިން ކްލާސްތަކުގައި ބައިވެރިވާން އެއްވެސް އުނދަގުލެއް ނެތްކަމަށެވެ. އެގޮތުން ރަށުގައި ހުރެވެސް އިނގިރޭސި ބަސް ދަސްކޮށް އިމްޕްރޫވްކޮށްލުމަށް، އުގައިލް ފައުންޑޭޝަނުން ހިންގާ ކްރިއޭޓިވް އިންގްލިޝް ޕްރޮގްރާމުގައި ޝީން ދަނީ ބައިވެރިވަމުންނެވެ.

ގްރޭޑް ހަތަރެއްގައި ކިޔަވަމުންދާ ޝީން އަކީ ސްކޫލްގެ އެކި ހަރަކާތްތަކާއި މުބާރާތްތަކުންވެސް ފާހަގަކޮށްލެވޭ ދަރިވަރެކެވެ. އެގޮތުން އެކި ޤުރުއާން މުބާރާތާއި މަދަހަ މުބާރާތްތަކުން ޝީން ވަނީ ބޮޑެތި ކާމިޔާބީތަކެއްވެސް ހާސިލުކޮށްފައެވެ.

ސްކޫލްގެ އެކި ކަންކަމުގައި އުޅެމުންވެސް ވަގުތު ހޯދައިގެން ކްރިއޭޓިވް އިންގްލިޝް ޕްރޮގްރާމުގައި ބައިވެރިވަމުންދާ ޝީން ބުނީ ކްލާސްތައް އޮންލައިންކޮށް ކުރިއަށްދާތީ ރަށުގައި ހުރެގެންވެސް ކްލާހުގައި ބައިވެރިވެލަން އުނދަގޫ ނުވާކަމަށެވެ. އަދި ކްލާސްތައް ކުރިއަށްދާ ގޮތުން އޮޅުންފިލައި، ދަސްކުރުމަށް ވަރަށް ފަސޭހަކަން ވެސް ޝީން ފާހަގަ ކުރިއެވެ.

މީގެއިތުރުން ޝީންއަކީ ޅެން ހެދުމަށް ޝައުގުވެރިކަން ހުންނަ ކުއްޖަކަށް ވާތީ، އެދާއިރާއިން ކުރިއަށް ދިއުމަށް ވެސް މިކްލާސް ތަކުން އެހީތެރިވެދޭކަމަށް ޝީން ބުންޏެވެ. އިނގިރޭސި ލިޔެކިއުންތެރިކަން ކުރިއެރުވުމަށް އެހީތެރިވެދޭ މި ކްލާސްތަކަކީ ވަރަށް ގަޔާވާގޮތަށް ކުރިއަށް ގެންދާ ވަރަށް މަޖާ މާހައުލެއްގައި ކުރިއަށް ގެންދާ ކްލާސްތަކެއް ކަމުގައިވެސް ޝީން ފާހަގަކުރިއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން