ކޯވިޑާއި ގުޅިގެން ބަންދުކޮށްފައި ބޭއްވުމަށްފަހު ނިއުޒިލޭންޑުގެ ބޯޑަރު އެއްކޮށް ހުޅުވާލައިފިއެވެ.

ކޯވިޑާއި ގުޅިގެން ނިއުޒިލެންޑުގެ ބޯޑަރު ބަންދުކުރީ 2020 ވަނަ އަހަރުގެ މާޗުމަހުއެވެ.

ނިއުޒިލެންޑުގެ ބޯޑަރު އެއްކޮށް ހުޅުވާލާފައިވާއިރު، މިދިޔަ ފެބްރުއަރީމަހު އެ ޤައުމުން ވަނީ ހާއްސަ އުސޫލުތަކެއްގެ ތެރެއިން އެ ޤައުމަށް ޒިޔާރަތްކުރުމަށް ހުއްދަތަކެއް ދީފައެވެ.

ނިއުޒިލެންޑުގެ އިމިގްރޭޝަނުން ބުނީ އާއްމު ވިސާއާއި ސްޓޫޑެންޓް ވިސާގައި ދަތުރުކުރާ ފަރާތްތަކަށް އެ ޤައުމަށް މިހާރު ޒިޔާރަތްކުރެވޭނެކަމަށެވެ. ނިއުޒިލެންޑަށް އެތެރެވާ މީހުން ކަރަންޓީންވާން ނުޖެހުނުނަމަވެސް، ވެކްސިން ޖަހާފައި ހުރުން މަޖުބޫރުވާނެއެވެ.

ނިއުޒިލެންޑުގެ ވައިގެ ބޯޑަރުގެ އިތުރުން، އެ ޤައުމުގެ މެރިޓައިމް ބޯޑަރުވެސް މިހާރު ވަނީ ހުޅުވާލާފައެވެ. މިއާއެކު ކުރޫޒް ލައިނަރތަކާއި ޔޮޓްތަކަށް އެ ޤައުމަށް ޒިޔާރަތްކުރެވޭނެއެވެ.

ނިއުޒިލެންޑަކީ ކޯވިޑާއި ދެކޮޅަށް އެންމެ ހަރުކަށިކޮށް ފިޔަވަޅު އެޅި އެއް ޤައުމެވެ. އަދި ބޯޑަރު އެންމެފަހުން ހުޅުވާ އެއް ޤައުމުވެސްމެއެވެ. ނަމަވެސް މި ފިޔަވަޅުތަކުގެ ސަބަބުން އެ ޤައުމުގެ އިޤްތިޞާދަށް ވަނީ ވަރަށް ބޮޑު ގެއްލުމެއް ކުރިމަތިވެފައެވެ. އެގޮތުން އެ ޤައުމުގެ ޤައުމީ އުފެއްދުންތެރިކަމުގައި ފަތުރުވެރިކަމުގެ ހިއްސާ އޮތް މިންވަރު ވަނީ 5.5 އިންސައްތައިން 2.9 އިންސައްތައަށް ދަށްވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން