އަހުމަދު މަސްނޫމް   22 ސެޕްޓެމްބަރު 2022 - 13:11
މިފްކޯއިން ހިންގަމުންދިޔަ 14 އައިސްޕްލާންޓެއް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފިއެވެ.

އައިސްޕްލާންޓްތައް ފެނަކައާ ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ފެނަކަ ހެޑް އޮފީހުގައެވެ.


މި ރަސްމިއްޔާތުގައި ފިޝަރިޒް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަނާއި، މިފްކޯގެ މެނޭޖިން ޑިރެކްޓަރ އިސްމާއިލް ފައުޒީއާއި، ފެނަކައިގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި އައިސް ޕްލާންޓްތައް ފެނަކައާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ އާއި ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދެވެ.

ފެނަކައާއި ހަވާލުކުރި އައިސްޕްލާންޓްތަކުން ހިދުމަތް ހޯދުމަށް ފަސޭހަކުރުމުގެ ގޮތުން ތައާރަފްކުރާ ފެނަކަ މޯބައިލް އެޕްލިކޭޝަނެއްވެސް މި ރަސްމިއްޔާތުގައި ލޯންޗްކުރިއެވެ. އަދި ފެނަކައާއި ހަވާލު ކުރި އައިސްޕްލާންޓްތަކުގެ ތަޅުދަނޑި ހަވާލުކުރުންވެސް މި ރަސްމިއްޔާތުގައި ކުރިއަށްދިޔައެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ އެކުންފުންޏާއި ހަވާލުކުރި އައިސް ޕްލާންޓްތައް ނުހުއްޓި އައިސް ފޯރުކޮށްދެމުން ގެންދާނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު