އަހުމަދު ޝާހް   22 ސެޕްޓެމްބަރު 2022 - 19:6
މީސްމީޑިއާގައި ބަރަހަނާ ފޮޓޯއާއި ވީޑިއޯ އާންމުކުރި މުހައްމަދު ނަބީލް (ޔާޔާ ނަބީލް) އެއް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

އޭނާ އާއި ދެކޮޅަށް ދައުލަތުން އުފުލާފައިވަނީ އޮރިޔާން ކާޑު އުފެއްދުމުގެ ކުށުގެ ދައުވާއާއި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ނަބީލުވަނީ އަމިއްލައަށް ބަރަހަނާވެ ނަގާފައިވާ ވީޑިއޯ މީސް މީޑިއާގައި ޢާއްމުކޮށްފައެވެ. ނަމަވެސް އެމައްސަލާގައި ފުލުހުން އޭނާ ހައްޔަރުކުރުމުން އޭނާ ވަނީ ވީޑިއޯތައް ޢާއްމުކުރިކަމަށް އިންކާރުކޮށްފައެވެ.

އެ މައްސަލައިގެ ދައުވާއަށް ނަބީލް އިންކާރު ކުރި ނަމަވެސް ދައުލަތުން ހުށަހަޅާފައިވާ ހެއްކާއި ގަރީނާއަށް ބަލާއިރު، އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ކުށް ސާބިތުވާކަމަށް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ. މި މައްސަލައިގާ ހިމެނޭ އޮރިޔާންކާޑު އުފެއްދުމުގެ ކުށުގެ ދައުވާގައި އޭނާއަށް އައިސްފައިވަނީ އެއް އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. އަދި، އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާގައި އޭނާގެ މައްޗަށް އައިސްފައިވަނީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.

ނަބީލާ ދެކޮޅަށް ހުށަހަޅާފައިވާ ހެކިތަކުގެ ތެރޭގައި ސައިބަރ ކްރައިމް ރިޕޯޓާއި، ބަރަހަނާ މަންޒަރުތައް ދައްކުވައިދޭ ފޫޓޭޖްގެ ސްނެޕް ޝޮޓްތައް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން