ހއ. ހޯރަފުށީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މުޙައްމަދު ޝަރީފާއި ގުޅޭގޮތުން، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބެލި މައްސަލަ އޭނާގެ މައްޗަށް ސާބިތުނުވާކަމަށް އެ ކޮމިޝަނުން ނިންމައިފިއެވެ.

ޖޭއެސްސީން ބުނީ، އޭނާގެ ސުލޫކީ މައްސަލައެއް ބެލުމަށްޓަކައި މިދިޔަ އަހަރުގެ ޖެނުއަރީ 13 ވަނަ ދުވަހު އޭނާއަށް ނޯޓިސް ދީފައިވާކަމަށެވެ. އަދި އެ މައްސަލަ ކޮމިޝަނުން ތަހުގީގު ކޮށްފައިވާ ކަމަށާއި ކުރި ތަހުގީގުން އޭނާގެ މައްޗަށް އެ މައްސަލަ ސާބިތު ނުވާކަމަށް ނިންމާފައިވާ ކަމަށެވެ.

އެ ކޮމިޝަނުން ބުނީ ޝަރީފްގެ މައްޗަށް ކުރި ތުހުމަތު ސާބިތު ނުވާކަމަށް ނިންމީ މި އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހު ކަމަށެވެ. ނަމަވެސް އޭގެފަހުން ދުވަސްތަކެއް ވޭތުވެދިޔަފަހުން މިކަން މިއަދު އާންމުކުރި ސަބަބެއް ޖޭއެސްސީން ހާމައެއް ނުކުރެއެވެ.

ޖޭއެސްސީން ޝަރީފާއި ގުޅޭ ގޮތުން ތަހުގީގުކުރީ އޭނާ ތަނާޒުލުވާންޖެހޭ މައްސަލައަކުން ތަނާޒުލުނުވެ މައްސަލަ ހިންގައި ނިންމިކަމަށް ބުނާ މައްސަލައެއްކަމަށް މައުލޫމާތު ލިބެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން