އުގައިލް ފައުންޑޭޝަނުގެ ދަ ސަރކަލް އިން ހިންގަމުންދާ ލީޑަރސް އޮފް ޓުމޮރޯ އަދި ކްރިއޭޓިވް އިންގްލިޝް ޕްރޮގަރާމުގެ ދަރިވަރު ޝުމޫޙް ޝަރީފް.
އުގައިލް ފައުންޑޭޝަނުގެ ދަ ސަރކަލް އިން ހިންގަމުންދާ ލީޑަރސް އޮފް ޓުމޮރޯ އަދި ކްރިއޭޓިވް އިންގްލިޝް ޕްރޮގަރާމުގެ ދަރިވަރު ޝުމޫޙް ޝަރީފް.
ޅައުމުރުގައި، ސައިންސާއި، ޓެކްނޮލޮޖީ އަދި އިނގިރޭސިބަހާއި ދިވެހި ބަސް މުއްސަނދި ކުރުމަށާއި ސްކިލް ބިލްޑް ކުރުމަށް އެކި ޕްރޮގްރާމްތައް އުގައިލް ފައުންޑޭޝަނުން ދަނީ ހިންގަމުންނެވެ. އަދި މިފަދަ ޕްރޮގްރާމްތަކުގެ އެހީގައި އެކި ދާއިރާތަކުން އަމިއްލަ ސެލްފް ޑިވެލޮޕް ކުރުމަށް ބޮޑެތި އެހީތަކެއް ލިބިގެންދާކަމަށް މިފަދަ ޕްރޮގްރާމްތަކުގެ ދަރިވަރުން ފާހަގަ ކުރެއެވެ.

އެގޮތުން، އުގައިލް ފައުންޑޭޝަނުގެ ދަ ސަރކަލް އިން ހިންގަމުންދާ ލީޑަރސް އޮފް ޓުމޮރޯ އަދި ކްރިއޭޓިވް އިންގްލިޝް ޕްރޮގަރާމުގެ ދަރިވަރެއް ކަމަށްވާ ޝުމޫޙް ޝަރީފްވެސް ރަސް އޮންލައިނާ ވާހަކަ ދައްކަމުން، އުގައިލް ފައުންޑޭޝްނުގެ ޕްރޮގްރާމް ތަކުގެ އެހީގައި، އަމިއްލަ ނަފްސާ މެދު ދެކޭގޮތް ބަދަލުކޮށް، އިޖުމާއީ ގޮތުންނާއި، އަޚުލާގީ ގޮތުންވެސް މުހިންމު ކަންކަން ދަސްވާކަމަށް ފާހަގަކުރިއެވެ. މީގެއިތުރުން ވަގުތައް ހުރުމަތްތެރިކޮށް ހިތުމަށާއި، ޝެޑިއުލްކޮށް، ކިޔެވުމާއި އެހެންކަންކަން ތަރުތީބުކޮށްލުމަށް ބާރު އަޅާ ކަމަށާއި، އަދި މުޢާމަލާތްކޮށް ހެދުމުގައިވެސް މުހިންމުކަންކަން ދަސްވާކަމަށް ޝުމޫޙް ފާހަގަކުރިއެވެ.

ތާޖުއްދީން ސްކޫލް ގްރޭޑް ނުވައެއްގައި ކިޔަވަމުން އަންނަ ޝުމޫޙް ޝަރީފް އަކީ ކިޔެވުމުގެ އިތުރުން ކުޅިވަރުކުޅުމަށްވެސް ފޯރިހުންނަ ކުއްޖެކެވެ. އެގޮތުން ޝުމޫޙް އަކީ ނެޓް ބޯޅަ އަދި ޖިމްނާސްޓިކްގެ އިތުރުން، ސްކޫލްގެ ސައިންސް ކްލަބުގައިވެސް ފާހަގަކޮށްލެވޭ ދަރިވަރެކެވެ.

ޑޮކްޓަރަކަށް ވުމުގެ އުއްމީދުގައި ހުރި ޝުމޫހް ބުނީ، ސްކޫލާއި އިތުރު ހަރަކާތްތަކުގެ އިތުރުން އުގައިލް ފައުންޑޭޝަނުގެ ދެ ޕްރޮގްރާމެއްގައި ބައިވެރިވެ ކިތަންމެ ބިޒީ ވިޔަސް، މިހުރިހާ ކަންކަމަކީ މުހިންމު ކަންކަމަށް ވުމުން، މިހުރިހާ ކަމެއް ޝެޑިއުލްކޮށްލައިގެން ކުރިއަށްދާން މާބޮޑު އުނދަގުލެއް ނުވާކަމަށެވެ. އެގޮތުން ބައެއް ކްލާސް ކުދިންނަށްވެސް އުގައިލް ފައުންޑޭޝަނުގެ ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ބާރުއަޅާކަމަށް ޝުމޫހް ފާހަގަ ކުރިއެވެ.


ކިޔުންތެރިންގެ ހިޔާލު


-5

ރޔޫސުފު.ކެންދޫ

24-Feb-2023

ޤަވްމަށް ބޭނުންވަނީ ތިޔަކަހަލަ ހިއްވަރުހުރި ހިއްވަރު އުފައްދާދޭ ކުދިން.މާޝާﷲ



ޓްރެންޑިން