މިހާރު ކުރިއަށްދާ ފީފާވޯލްޑްކަޕްގައި އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓުކުރުން މަނާކޮށްފައިވާތީ އެކަމާ ދެކޮޅަށް ޖަރުމަނުގެ ކުޅުންތެރިން ދަނޑުމަތީގައި އިހުތިޖާޖު ކޮށްފިއެވެ.

ފީފާއިން ވަނީ ވޯލްޑް ކަޕްގައި ކުޅޭ ކުޅުންތެރިން އެއް ޖިއްސުން ގުޅުން ހިންގުމަށް ހިތްވަރުދޭ ވިއްސާރަ ދުނީގެ ކުލަތައް ހިމެނޭ ބޭންޑު އެޅުން މަނާކޮށްފައެވެ. ފީފާއިން ބުނެފައިވަނީ އެފަދަ ކަމެއް ޕްރޮމޯޓުކޮށްފިނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.


ފީފާއިން އިންޒާރު ދިން ނަމަވެސް ޔޫރަޕްގެ ހަތް ގައުމަކުން ފުރަތަމަ ވަނީ އެއްޖިންސުން ގުޅުން ހިންގުމަށް ތާއިދު ކުރާ ބޭންޑް ބޭނުން ކުރާނެކަމަށް ބުނެފައެވެ. ނަމަވެސް، ކާޑު ދައްކާނެކަމުގެ ބިރަށް އެ ނިންމުން އެ ޓީމުތަކުން ފަހުން ބަދަލުކުރިއެވެ.

ފީފާގެ އެ ނިންމުން ކުށްވެރި ކުރުމުގެ ގޮތުން، ޖަޕާނާއި ދެކޮޅަށް މިރޭ ކުޅޭ މެޗު ފެށުމުގެ ކުރިން ނެގި ޓީމް ފޮޓޯގައި ޖަރުމަނުގެ ކުޅުންތެރިން ތިބީ އަނގަމަތީ އަތް އަޅައިގެނެވެ. އަދި އެކަމުން ދޭހަ ކޮށްދެނީ އެއްޖިންސުން ގުޅުން ހިންގުމަށް އެ މީހުން ކުރާ ދައުވާއަށް ދެކޮޅު ހެދުން ކުށްވެރިކުރުންކަމަށް އެ ގައުމުގެ ރަސްމީ ޓްވިޓާ ހޭންޑަލްތަކުން ވެސް ވަނީ ބުނެފައެވެ.

ޖަރުމަނު ޓީމުން ބުނެފައިވަނީ، އެއީ ސިޔާސީ މެސެޖެއް ނޫން ކަމަށާއި އިންސާނީ ހައްގުތަކަކީ މަޝްވަރާ ނުކުރެވޭނެ ހައްގެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު


-1

ޙާމަ333

25-Nov-2022

ޖަޕާން އަތުން ބޮޑުލަދަކުން ބަލިވުން ފިލާވަޅަކަށް ނުފުދޭތަ...ހަޑިހުތުރުކަން ބޮޑު މިއަމަލަކީ އިންސާނީ ހައްގެއްނޫން...އެއީ ފިތުރަތާ ދެކޮޅަށް ކުރާ ހަޑިމުޑުދާރު ނަޖިސް އަމަލެއް...އަންހެނުންނަށް ހުރި ލަދެއް...


0

ެއަހުމަދު

25-Nov-2022

މިހާރު ތިބޭނެ ރާކެނިމަސް ކެވިފައި ދެން ކަލޭމެންދާންވީއެއްނު ދަނޑުމަތީގަ ފިރިހެން ކުޅި ކުޅެން