އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުން ވަކިކުރި މުސްއަބު އަބްދުاللهއަށް މިދިޔަ އާދިއްތަ ދުވަހުގެ މެންދުރު 12:00ގެ ކުރިން 1.1 މިލިއަން ރުފިޔާ ދޭން ސިވިލް ސަރވިސް ކޮމިޝަނުގެ މައްޗަށް ސިވިލް ކޯޓުން ކުރި އަމުރު ތަންފީޒުނުކުރުމުން އަނެއްކާވެސް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.

އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުން ވަކިކުރި މުސްއަބު އަބްދުالله މަޤާމުން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ހައި ކޯޓުން ވަނީ ނިންމާފައެވެ. ނަމަވެސް އޭނާ ހުރި ވަޒީފާއަށް އެހެން މީހަކު އައްޔަންކޮށްފައިވާތީ އެ ވަޒީފާ އިއާދަކުރެވެން ނެތުމުން، އޭނާއަށް ބަދަލުގެ ގޮތުގައި 1187766 ރުފިޔާ ދިނުމަށް އޮތީ ސިވިލް ސަރވިސް ކޮމިޝަނުގެ މައްޗަށް ހުކުމްކޮށްފައެވެ.

ނަމަވެސް އެ ފައިސާ ނުލިބިގެން ކޯޓަށް ދިއުމުން ސިވިލް ކޯޓުން ވަނީ 3 ދުވަސް ތެރޭގައި މުސްއަބަށް ފައިސާ ދޭން ސީއެސްސީގެ މައްޗަށް މިިދިޔަމަހުގެ 24 ވަނަ ދުވަހު އަމުރުކޮށްފައެވެ.

ސިވިލް ކޯޓުގެ އަމުރުގައި ވަނީ ހައި ކޯޓުގެ ހުކުމް ތަންފީޒު ކުރަން ލަސްކުރަން މަތީ ކޯޓަކުން އަމުރު ނުކުރާހާ ހިނދަކު އެ ހުކުމަށް ތަބާވާން ޖެހޭނެ ކަމަށެވެ. އެހެންކަމުން އަންނަ އާދިއްތަ ދުވަހުގެ މެންދުރު 12 ޖެހުމުގެ ކުރިން މުސްއަބަށް ލިބެންޖެހޭ 1.1 މިލިއަން ރުފިޔާ ސިވިލް ކޯޓާ ހަވާލުކުރުމަށް ސީއެސްސީގެ މައްޗަށް ވަނީ އަމުރު ކޮށްފައެވެ.

ނަމަވެސް މި ފައިސާ މިހާތަނަށް އައިއިރުވެސް ދީފައި ނުވާތީ މުސްއަބްގެ ފަރާތުން އެ މައްސަލަ ވަނީ މިދިޔަ ހޯމަ ދުވަހު ހުށަހަޅާފައެވެ. އަދި އޭނާގެ ފަރާތުން ހުށަހަޅާފައިވަނީ މިއަދާ ހަމައަށްވެސް ފައިސާ ދައްކާފައި ނުވާތީ ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ އަމުރެއް ނެރެދިނުމަށެވެ.

އެނގިފައިވާ ގޮތުގައި ސިވިލް ސަރވިސްގެ މައްޗަށް ސިވިލް ކޯޓުގެ ކޮށްފައިވާ އަމުރުގެ މައްސަލަ ދައުލަތުން މިހާރު ވަނީ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. ނަމަވެސް އެ މައްސަލަ އެ ކޯޓުން ބަލައިގަނެފައެއް ނުވެއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އިސްލާމިކް މިނިސްޓްރީގެ ޕީއެސްގެ މަގާމަށް އައްޔަންކުރެއްވި މުސްއަބު އެ މަޤާމުން ވަކިކުރީ މިދިޔަ އަހަރުގެ ސެޕްޓޭމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން