ދަރިވަރުން 2045 އަށް ކުރާ އުއްމީދުތަކާއި ދަރިވަރުންގެ މެދުގައި 2045 ވަނަ އަހަރު އަޅުގަނޑުމެންގެ ދުނިޔެ އޮންނާނެ ތަސައްވަރު ދައްކުވައިދޭ ފޮތް، 'ދަ އިޔާރ 2045' ފޮތް މިއަދު އިފްތިތާޙްކޮށްފިއެވެ.
މި ފޮތުގެ ހުރިހާ މަސައްކަތަކީ ވެސް އުގައިލް ފައުންޑޭޝަނާއި އެޗް.ޑީ.ސީ ގުޅިގެން ހިންގާ ދަ ސަރކަލްގެ އެކި ޕްރޮގްރާމްތަކުގައި ބައިވެރިވާ ކުދިންގެ މަސައްކަތެވެ. މި ފޮތް އިފްތިތާޙް ކޮށްދެއްވާފައިވަނީ އެޗް.ޑީ.ސީގެ މެނޭޖިންގެ ޑިރެކްޓަރ އަހްމަދު އާތިފެވެ.
އުގެއިލް ފައުންޑޭޝަންގެ އިސްނެގުމުގެ ދަށުން، އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އެހީތެރިކަމާއެކު ކުރިޔަށްގެންދާ ދަސަރކަލް އަކީ ކުޑަކުދިން އަދި ބޮޑެތިމީހުންގެ ވިސްނުން ތަރައްޤީކޮށް، އެ ފަރާތްތައް ބާރުވެރިކުރުވުމުގެ މަޤުޞަދުގައި ހިންގާ އެކަޑަމީއެކެވެ. އުނގެނުމަށް ޝައުގުވެރިވާ، ޢިލްމީ، މަސައްކަތްތެރި، އަދި ފަންނުވެރި ދަރިންތަކެއް ބިނާކުރުމަށްޓަކައި 2019 ގައި ފެށި މި އެކަޑަމީގެ ޕްރޮގްރާމްތަކުގައި މިހާތަނަށް ގިނަ ދަރިވަރުންތަކެއް ވަނީ ބައިވެރިވެފައެވެ.
ދަސަރކަލްގެ ޕްރޮގްރާމްތަކުގެ ތެރޭގައި ލީޑަރސް އޮފް ޓުމޯރޯ، ކޯޑިންގ އެންޑް ކްރިޓިކަލް ތިންކިންގ، އެޑްވާންސްޑް ކޯޑިންގް އަދި ކްރިއޭޓިވް އިންގްލިޝް ހިމެނެއެވެ. މި ޕްރޮގްރާމްތަކުގެ މައިގަނޑު ބޭނުމަކީ ދަރިވަރުންނަށް އައު މައުލޫމާތުތަކެއް ފޯރުކޮށްދިނުމުގެ އިތުރުން، ދަރިވަރުންގެ ވިސްނުން ތަރައްގީކޮށް ދިރިއުޅުމުގެ އެކި މަރުޙަލާތަކުގައި ބޭނުންކުރެވޭނެފަދަ މުހިންމު ހުނަރުތަކެއް ދަސްކޮށްދިނުމެވެ.
'ދަ އިޔާރ 2045' ފޮތް ނެރުމުގެ ހާއްސަ ރަސްމިއްޔާތުގައި އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފް ވާހަކަ ދައްކަވަމުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި ހުޅުމާލެ އެކި ބޭނުންތަކަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ގިނަ ޚިދުމަތްތަކަކާއި، މިފަދަ ގިނަ ޕްރޮގްރާމްތަކެއް ހިންގުމަށް އެޗް.ޑީ.ސީގެ އިސްނެގުމުގެ މަތިން ކުރެވެމުން ދާކަން ފާހަގަކުރައްވާފައިވެއެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައިވެސް ރައްޔިތުންނާއި ގާތުން ރައްޔިތުންގެ ލާބައަށް ކުރެވޭ މިފަދަ މަސައްކަތްތައް، އަދި ވަކިން ޚާއްސަކޮށް އިލްމީ ޖީލެއް ބިނާ ކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރު ކުރެވިގެން ދާނެ ކަމުގެ ޔަޤީންކަން އާތިފް ވަނީ އަރުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު