މަޝްހޫރު ރިއަލިޓީ ޓީވީ ތަރި އަދި ވިޔަފާރިވެރިޔާ ކައިލީ ޖެނަރ، އޭނާގެ ފިރިހެން ދަރިއަށް އަހަރެއް ވާން އުޅެނިކޮށް ދަރިފުޅަށް ކިޔާ ނަން ހާމަކޮށްފިއެވެ.

ކައިލީ އޭނާގެ ފިރިހެން ދަރިއަށް ކިޔާނަން ހާމަކޮށްފައިވަނީ މީސްމީޑިއާ މެދުވެރިކޮށެވެ. އެގޮތުން ދަރިފުޅާއެކު ނަގާފައި ހުރި ފޮޓޯތަކެއް އާންމުކުރަމުން ކައިލީ ވަނީ އޭނާގެ ފިރިހެން ދަރިއަށް ކިޔަނީ "އެއަރ" ކަން ހާމަކޮށްފައެވެ.

ކައިލީ ޖެނަރ އަދި އޭނާގެ ލޯބިވެރިޔާ ޓްރޭވިސް ސްކޮޓް އަށް ދެވަނަ ދަރިއަކު ލިބިފައިވަނީ ހުސްވި އަހަރުގެ ފެބްރުއަރީ މަހުއެވެ. ދެތަރިންނަށްވެސް ދެވަނަ ދަރިއަކު ލިބިފައިވަނީ އެމީހުންގެ އަންހެން ދަރިފުޅު ސްޓޯމީ އުފަންވިތާ އެންމެ ހަތަރު އަހަރާއި އެއް ދުވަސް ފަހުންނެވެ.

ފިރިހެން ދަރި އުފަންވިތާ ދިހަ ދުވަސް ފަހުން ކައިލީ ވަނީ އޭނާގެ ދަރިއަށް ކިޔާ ނަމަކީ ވޯލްފް ވެބްސްޓާ ކަމަށް މީގެ ކުރިން އިއުލާންކޮށްފައެވެ. ދަރިއަށް ކިޔާނަން އިއުލާންކުރިތާ ގާތްގަނޑަކަށް ހަތް ހަފްތާ ފަހުން ކައިލީ ވަނީ ފިރިހެން ދަރީގެ ނަމަށް ވޮލްފް މިނަން ދެން ނުކިޔާނެކަން ހާމަކޮށްފައެވެ. ދަރިފުޅުގެ ނަން ބަދަލު ކުރިކަން ހާމަކުރި ނަމަވެސް ބަދަލުކުރީ ކޮންނަމަކަށް ކަމެއް އޭރު ކައިލީ ހާމަކޮށްފައެއް ނުވެއެވެ. އަދި މިދިޔަ އަހަރު ނިމުނު އިރުވެސް ދަރިފުޅުގެ ނަން ބަދަލު ކުރީ ކޮންނަމަކަށްކަން ހާމަކުރަން ކައިލީ ވަނީ ދެކޮޅު ހަދައި، އަދި އެމައުލޫމާތު އާންމުކުރަން ތައްޔާރު ނުވާކަން ބުނެފައެވެ.

ހަމަ ގައިމުވެސް ދަރިއަކަށް ނަމެއް ކިއުމަކީ ކުޑަކަމެއް ނޫނެވެ. ހާއްސަގޮތެއްގައި ގިނަބައެއްގެ ސަމާލުކަން ލިބި، މީޑިއާތައް ކަޅި އަޅަމުންދާ ފަރާތްތަކަށް މިއީ ކުޑަކަމެއް ނޫނެވެ. އެގޮތުން ކައިލީގެ ފިރިިހެން ދަރީގެ ނަން ހާމަކުރުމާއެކު، އޭނާގެ ގިނަ ފޭނުންގެ އިތުރުން މުނިފޫހި ފިލުވުމުގެ ދާއިރާގެ ހަބަރުތަކުގައި މިއަދު އެންމެ ދެކެވޭ ވާހަކަ އަކީ ކައިލީ ޖެނަރގެ ފިރިހެން ދަރިއަށް ކީ ނަން އިއުލާން ކުރި ހަބަރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން