ތުރުކީއާއި ސީރިއާއަށް ހޯމަ ދުވަހު އެރި ބިންހެލުމާއެކު ސީރިއާގެ ޖަލުތަކުގައި ތިބި ބައެއް ގައިދީން ފިލައިފިއެވެ.
ރިޕޯޓުތައް ބުނާގޮތުން ބިންހެލުމާއެކު ޖަލަށް ލިބުނު ގެއްލުންތަކުގެ ތެރޭގައި ވިއްސަކަށް ގައިދީން ވަނީ ޖަލުން ފިލާފައެވެ. މީގެ ތެރޭގައި ހިމެނެނީ ދީނީ ހަރުކަށި އަދި ޓެރަރިސްޓު ޖަމާއަތެއްކަމަށްވާ ދައޭޝް ނުވަތަ އައިސިސް ޖަމާއަތަށް ނިސްބަތްވާ މީހުންކަމަށްވެއެވެ.
ތުރުކީގެ ބޯޑަރު ކައިރީގައި އޮންނަ ރާޖޯ އަވަށުގައި ހުންނަ އަސްކަރީ ފުލުހުންގެ ޖަލުގައި ގާތްގަނޑަކަށް 2،000 ގައިދީން ތިބިއިރު، އޭގެ ތެރެއިން ގާތްގަނޑަކަށް 1،300 ގައިދީންނަކީ ދާޢިޝް ހަނގުރާމަވެރިން ކަމަށް ރިޕޯޓުތައް ބުނެއެވެ.
"ބިންހެލުމަށް ފަހު ރާޖޯއަށް އަސަރުކޮށް ގައިދީން ހަޅުތާލުކޮށް ޖަލުގެ ބައެއް ހިސާބުތައް ކޮންޓްރޯލް ކުރި،" ތުރުކީގެ ފެކްޝަންތަކުން ކޮންޓްރޯލް ކުރާ ރާޖޯ ޖަލުގެ އޮފިޝަލް ވިދާޅުވި އެވެ.
"ގާތްގަނޑަކަށް 20 ގައިދީން ފިލައިގެން ދިޔައީ... އެއީ ދާޢިޝް ހަނގުރާމަވެރިން ކަމަށް ބެލެވޭ."
ބޯޑަރު ހިއްސާކުރާ ދެ ގައުމުކަމަށްވާ ތުރުކީވިލާތާއި ސީރިއާގެ ބައެއް ސަރަހައްދުތަކަށް 7.8 މެގްނިޓިއުޑްގެ ބާރުމިނުގައި އެރި ބިންހެލުމުގެ ސަބަބުން ޖަލަށް ގެއްލުންތަކެއް ލިބިފައިވާއިރު، ޖަލުގެ ފާރުތަކާއި ދޮރުތައް ވަރަށްބޮޑަށް ހަލާކުވެފައިވާ ކަމަށް ވެސް ސީރިއާގެ އޮފިޝަލުން ބުނެއެވެ. މިބިންހެލުމުގެ ސަބަބުން މިހާތަނަށް ސީރިއާގެ 1400 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު