މަރިޔަމް ލަމްޙާ ރަޝީދު   2 މާރިޗު 2023 - 11:28
އަންހެނުންގެ މޫނުގައި އިސްތަށިފެޅުން
އަންހެނުންގެ މޫނުގައި އިސްތަށިފެޅުން
އަންހެނުންގެ މޫނުގައި އައިބުކޮށް އިސްތަށި ފެޅުމަށް މެޑިކަލީ ކިޔަނީ ހާޓިސުޒަމްއެވެ. އެއީ ޕީ.ސީ.އޯ.ޑީ ހުންނަ މީހުންގެ ފަރާތުން ފެންނަ އަލާމާތެކެވެ. އަންހެނުންގެ މޫނުގައި މިގޮތަށް އިސްތަށި ފެޅުމުން މޫނު އައިބުކަމަށް ދައްކައެވެ. މިކަމަށްޓަކައި ޕީ.ސީ.އޯ.ޑީ ކޮންޓްރޯލްކުރުމަށް ޑޮކްޓަރެއް އެހީތެރިކަން ހޯދުމަކީ ވަރަށް މުހިންމުކެމެވެ.

މޫނުގައި ހުންނަ ލޯލި އިސްތަށިތައް ވަރުގަދަވެ ބޯވަނީ ހަށިގަނޑުގައި ހުންނަންޖެހޭ ވަރަށްވުރެ ގިނައިން އެންޑްރޮޖަން އުފެދުން ގިނަވުމުންނެވެ. އެންޑްރޮޖެންއަކީ ފިރިހެނުންނާއި އަންހެނުންގެ ހަށިގަނޑުގައިވެސް އުފެދޭ ހޯމޯނެކެވެ. ނަމަވެސް، ފިރިހެންނުންގެ ހަށިގަނޑުގައި އެންޑްރޮޖެން އުފެދޭ މިންވަރު އަންހެނުންނަށް ވުރެ ގިނައެވެ. ޕީސީއޯޑީ ހުންނަ އަންހެނުންގެ ކިބައިގައި އެންޑްރޮޖަން އާއްމުކޮށް ހުންނަންޖެހޭ މިންވަރަށްވުރެ ގިނަކަމަށް މެޑިކަލް ރިޕޯޓްތަކުން ދައްކައެވެ.

* އެންޑްރޮޖަން ގިނަވުމުން ތިރީގައިމިވާ ގުނަވަންތަކުގައި ހުންނަ ލޯލިތައް ވަރުގަދަވެ ބޯވެއެވެ.

- މަތިމަސް

- ދަތްދޮޅިއާއި ކަތުރުކަށިގަނޑު ހުންނަ ހިސާބު އަދި ކަރުދަށް

- އުރަމަތި

- ދަށް ބަނޑު

- ފަލަމަސްގަނޑުގެ އެތެރެފަރާތް

ހާޓިސުޒަމް ޑައިގްނޯސް ކުރުމަށްޓަކައި ޕީސީއޯޑީ ހުރިތޯބެލުމަށް ހަދާ ލޭގެ ޓެސްޓާއި ސްކޭން ހެދުމަށް ޑޮކްޓަރު އިރުޝާދު ދެއްވާނެއެވެ. މިފަދަ ކަންކަމުގައި އަންހެނުންގެ ޚާއްސަ ޑޮކްޓަރަކަށް ނުވަތަ އެންޑަރކްރޮނޮލޮޖިސްޓަކަށް ދައްކައިގެން ފަރުވާ ކުރުމަށް ފެށިދާނެއެވެ. މިކަމަށް ފަރުވާކޮށް އިސްތަށި ނައްތާލުމަށް ޑޮކްޓަރުގެ ލަފާއާއެކު ބޭސް ބޭނުންކުރެވިދާނެއެވެ. އަދި ބައެއް ހާލަތްތަކުގައި ލޭޒަރ ޓަރީޓްމަންޓްގެ އެހީގައި އިސްތަށީގެ ބުޑުތައް އެއްކޮށް ނައްތާލެވިދާނެއެވެ. މިފަދަ ފަރުވާދޭ ކްލިނިކްތަކާއި ހޮސްޕިޓަލްތައް ރާއްޖޭގައިވެސް މިހާރު ޤާއިމްވެފައި އެބަހުއްޓެވެ. އެހެންކަމުން މިފަދަ ކަންކަމުގައި ފަރުވާކުޑަނުކޮށް ސިއްހީ އެހީތެރިކަން ހޯއްދެވުމަށް ސަމާލުކަން ދޭންވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން