އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   2 ޖޫން 2023 - 13:6
ކީރިތި ޤުރުއާން: މިއީ އިލާހީ ޤާނޫނުކަމުގައިވާ އެކަލާނގެ ވަޙީގެ ބަސްފުޅެވެ. އިސްލާމްދީނުގެ އެންމެ ހައި އަސާސްތަކާއި ޙުކުމްތައް އެކަލާނގެވަނީ ކީރިތި ޤުރުއާނުގައި ބަޔާންކޮށްދެއްވާފައި
ކީރިތި ޤުރުއާން: މިއީ އިލާހީ ޤާނޫނުކަމުގައިވާ އެކަލާނގެ ވަޙީގެ ބަސްފުޅެވެ. އިސްލާމްދީނުގެ އެންމެ ހައި އަސާސްތަކާއި ޙުކުމްތައް އެކަލާނގެވަނީ ކީރިތި ޤުރުއާނުގައި ބަޔާންކޮށްދެއްވާފައި
އިންސާނާ ހެއްދެވީ ﷲ سبحانه و تعالى އެވެ. އެހެންކަމުން އިންސާނާގެ ޙާލު ބޮޑަށް ދެނެވޮޑިގެންވަނީވެސް އެ ކަލާނގެ އެވެ. އިންސާނާއަށް ފައިދާ ހުރި ގޮތާއި ގެއްލުން ހުރި ގޮތް ބޮޑަށް ދެނެވޮޑިގެންވަނީ ﷲ سبحانه و تعالى ކަމާމެދަކު ޝައްކެއް ނެތެވެ.

އިސްލާމް ދީނުގައި ޙައްދު ކަނޑައަޅާފައި ވާ ކަންކަމަކީ އެ ކަންކަމަށް އަރައިގަތުން ﷲ ނަހީކުރައްވާފައިވާކަންކަމެވެ. البقرة:  ސޫރަތުގެ 187 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވަނީ: (تِلْكَ حُدُودُ اللَّهِ فَلا تَقْرَبُوهَا) "އެއީ ﷲގެ ޙައްދު ތަކެވެ. ފަހެ ތިޔަބައިމީހުން އެއާ ގާތްނުވާށެވެ." ހަމަ އެ ސޫރަތުގެ 229 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވަނީ: (تِلْكَ حُدُودُ اللَّهِ فَلا تَعْتَدُوهَا) "އެއީ ﷲގެ ޙައްދުތަކެވެ. ފަހެ ތިޔަބައިމީހުން އެ ޙައްދުތައް ފަހަނައަޅައި ނުދާހުށިކަމެވެ"

ބައެއް ލިޔުންތަކުން ފެންނަ ގޮތުގައި އިސްލާމް ދީނުގައި ހުރި ބައެއް ޙުކުމްތަކަކީ ލާއިންސާނީ ޙުކުމްތަކެކެވެ. އަދި އެ ފަދަ ލިޔުންތަކުން ދޭހަވާގޮތުގައި އިންސާނުންނަށް އެންމެ ފައިދާ ބޮޑީ އިންސާނުން އަމިއްލައަށް ހަދާ އުޞޫލުތަކާއި ހަމަތަކެވެ. ނަމަވެސް އިސްލާމް ދީން ދެކޭ ގޮތުގައި އެ ދީނުގައި ކަމެއް މަނާކޮށްފައި ވަނީ އިންސާނުންގެ ލާބަ އަށެވެ. އަދި ޙައްދުތައް ޤާއިމު ކުރެވެނީ ވެސް އިންސާނުންގެ ލާބަ އަށެވެ. އިސްލާމްދީނުގައި އެއްވެސް ޙައްޤަކާ ނުލައި މީހުން މެރުން ވަނީ ޙަރާމް ކުރައްވާފަ އެވެ. އެހެން އެ ޙުކުމް އޮތުމުން މީހުން މެރުން ހުއްޓޭނެ ބާވަ އެވެ. ޝައްކެއް ނެތް ގޮތުގައި ޙައްޤަކާނުލައި މީހަކު މަރައިފި މީހަކަށް އިންސާފުވެރި ޙުކުމެއް އަންނަންވާނެ އެވެ. އާދެ! އެއީ މަރުވި މީހާގެ ވާރުތަވެރިން މަޢާފު ނުކޮށްފި ނަމަ މަރަށް މަރު ހިފުމެވެ. މި ޙުކުމުގެ ފައިދާ އަކީ، އެ ފަދަ ކުށަކަށް އެހެން މީހުން އަރައިގަތުން މަދު ކުރުމާއި ކުށްވެރިޔާއަށް ކައްފާރާއަކަށް ވުމެވެ. މި ފަދަ އަދަބުތަކަށް ކުރިއަރާފައިވާ ޤައުމުތައް ވެސް ތާޢީދު ކުރެ އެވެ.

27 އޮކްޓޯބަރ 1989ގައި އެމެރިކާގެ ސެނެޓުން އެ ޤައުމުގެ މީހަކު އެހެން ޤައުމެއްގައި މަރައިފި ޓެރަރިސްޓަކަށް މަރުގެ ނިޔާ އިއްވުމަށް ފާސްކޮށްފައިވެ އެވެ. އަދި މި ބިލް ފާސްވެފައި ވަނީ 79 ވޯޓު20 ވޯޓުގެ އަޣްލަބިއްތުންނެވެ.

މުސްލިމުން ﷲ ގެ ޝަރީޢަތް ތަންފީޛު ކުރުމުގައި ބަޔަކުގެ މަލާމާތަށް ބިރުގަންނާކަށް ނުޖެހެ އެވެ. މުއުމިނުންގެ ސިފަ ބަޔާންކުރައްވަމުން އަލް މާއިދާ ސޫރަތުގެ 54 ވަނަ އާޔަތުގައި ﷲ ވަޙީ ކުރައްވަނީ وَلا يَخَافُونَ لَوْمَةَ لائِمٍ  " އެ މީހުން މީހެއްގެ މަލާމާތަށް ބިރެއް ނުގަންނާނެ އެވެ"


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން