މަޖިލީހުގެ ނާއިބު ރައީސްކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ޝައުގުވެރިކަން ފާޅުކުރައްވައިފިއެވެ.

މަޖިލީހުގެ ނާއިބު ރައީސްކަމަށް މެމްބަރު ޝަރީފާއި މެމްބަރު ރޮޒައިނާ ޝައުޤުވެރިކަން ފާޅުކުރަށްވާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަކިކުރުމަށް މައްސަލަ ހުށަހަޅާފައިވަނޖކޮށެވެ.

އީވާ މަޤާމުން ވަކިކުރުމަށްފަހު އެ މަޤާމަށް ވަޑައިގަންނަވާނެ ބޭފުޅަކާއި މެދު ވަނީ ސުވާލު އުފެދިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާތަނަށް އެ މަގާމަށް ޝައުގުވެރިކަން ފާޅުކުރައްވާފައި ވަނީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމެވެ. އަދި ނައިބު ރައީސް ކަމަށް ގެންނަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ނިންމާނީ ރޮޒައިނާކަމަށް ބޮޑަށް ބެލެވޭކަމަށްވެސް ބައެއް މެމްބަރުން ވިދާޅުވެއެވެ.

ނަމަވެސް، މިކަމާ ގުޅޭ ގޮތުން ޕާލިމެންޓްރީ ގްރޫޕުގައި އަދި ރަސްމީކޮށް މަޝްވަރާކޮށްފައެއް ނުވާކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މެމްބަރަކު ވިދާޅުވިއެވެ.

މަޖިލީހުގެ ނާއިބު ރައީސްކަމަށް މެމްބަރު ޝަރީފާއި މެމްބަރު ރޮޒައިނާ ޝައުޤުވެރިކަން ފާޅުކުރަށްވާފައިވާއިރު، މަޖިލީހުގެ ރައީސްކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވަނީ ޝައުޤުވެރިކަން ފާޅުކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން