17 އަހަރުގެ މެދުކެނޑުމަކަށްފަހު ބޮލީވުޑްގެ މަޝްހޫރު އަދި ތަޖުރިބާކާރު ބަތަލުން ކަމަށްވާ، ޝާހް ރުކް ޚާންއާއި އަމީތާބް ބައްޗަން އެއް ސްކްރީނަކުން ފެނިގެންދާނެ ވަގުތު ކުޑަތަންވެއްޖެ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

ޝާހު އާއި އަމީތާބް އެންމެ ފަހުން އެއްކޮށް މަސައްކަތްކޮށްފައިވަނީ ކުޅަދާނަ ހިންދީ ފިލްމު ޑައިރެކްޓަރ ކަރަން ޖޯހަރްގެ "ކަބީ އަލްވިދާ ނާ ކެހެނާ" ގައެވެ. މި ފިލްމުގައި އަމީތާބްގެ ދަރިފުޅުގެ ރޯލުގައި ހަރަކާތްތެރިވީ އޭނާގެ ދަރިފުޅު އަބީޝޭކް ބައްޗަން އަދި އަނބިމީހާގެ ރޯލް ކުޅެފައިވަނީ އޭނާގެ އަނބިމީހާ ޖަޔާ ބައްޗަންއެވެ.

މި ދެ ތަރިން އެކުގައި މަސައްކަތްކުރާ ޝޫޓިންގގެ މަންޒަރެއް ދައުރުވަމުންދާއިރު، އޭގައި ފެންނަނީ ދެ ތަރިން އެއްކޮށް ދުވާ މަންޒަރެވެ. އިންޑިއާގެ މީޑިއާތަކުން މި ޝޫޓީންގގެ މާ ބޮޑު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ޝާހުއާއި އަމީތާބް އެއްކޮށް މަސައްކަތްކޮށްފައިވާ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި "މުހައްބަތޭ" "ބޫތްނާތް" އަދި "ކަބީ ޚުޝީ ކަބީ ގަމް" ހިމެނެއެވެ.

ޝާހް ރުކްގެ ކުރިއަށް ހުރި ފިލްމުތަކަށް ބަލާއިރު، އޭނާގެ މަސައްކަތްތަކުގެ ތެރެއިން ދެން އެންމެ އަވަހަށް ފެނިގެންދާނީ އެތްލީގެ ޑައިރެކްޝަން "ޖަވާން" އެވެ. "ޖަވާން"ގައި ޝާޙް ރުކްއާއި އެކީގައި ހަރަކާތްތެރިވާނީ ދެކުނު އިންޑިއާ ފިލްމު އިންޑަސްޓްރީގެ މަގްބޫލު ބަތަލާ ނަޔަންތާރާއެވެ. ބޮޑު ބަޖެޓަކަށް ތައްޔާރުކޮށްފައިވާ މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ސެޕްޓެމްބަރ 7 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން