އިންޑިއާގެ އޭއޭޕީ ޕާޓީ ތަމްސީލުކުރާ ޤާނޫނު ހަދާ މަޖްލީސް މެންބަރު ރާގަވް ޗައްޑާއާއި ކައިވެނިކުރަން އުޅޭ ބަތަލާ ޕަރިނީތީ ޗޯޕްރާ ގަހަނާ ކުންފުނި ޓްރިޓްޔާ ފައިން ޖްވެލަރީގައި އިންވެސްޓްކޮށްފިއެވެ.
މިއީ މި މަހުގެ ތެރޭގައި ޒުވާން ވިޔަފާރިވެރިޔާ ކާންތީ ދައްތު ހައިދަރްއާބާދްގައި އުފެއްދި އައު ކުންފުންޏެކެވެ. ދައްތު ބުނީ އަލަށް ކައިވެނިކުރަން އުޅޭ ޕަރިނީތީއަށް ގަހަނާގެ މުހިންމުކަން އެނގޭނެތީ އޭނާ މި ބްރޭންޑް ތަމްސީލުކުރުމާއި ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.
"ޕަރިނީތީގެ ކައިވެނީގައި މި ބްރޭންޑްގެ ގަހަނާތައް ބޭނުންކުރާނެތީ ވަރަށް އުފާވޭ." ދައްތް ބުންޏެވެ.
މެއި މަހުގައި އެންގޭޖްވި ޕަރިނީތީއާއި ރާގަވްގެ ކައިވެނި އޮތީ މި މަހުގެ ފަހުކޮޅުގައި އިންޑިއާގެ ރާޖަސްތާނުގައެވެ.

ކިޔުންތެރިންގެ ހިޔާލު