ނުވަ ދުވަހުގެ ހަމަނުޖެހުމަކަށްފަހު. އަފްޣާނިސްތާނާއި ޕާކިސްތާނާއި ދެމެދުގައިވާ ސަރަހައްދީ ރޮނގު އަލުން ހުޅުވާލައިފިއެވެ.

"ޠޮރްޚަމް" ހުރަސް ބަންދުކުރީ ދެފަރާތުގެ ސަލާމަތީ ބާރުތަކުން ބަޑީގެ ހަމަލާތަކެއް ބަދަލުކުރުމުންނެވެ. އެއާއިއެކު، އެތައް ހާސް ދަތުރުވެރިންނާއި އެތައް ސަތޭކަ މުދާ އުފުލާ ޓްރަކްތަކަކަށް އެ ސަރަހައްދުގައި ދަތުރުކުރުމަށް ހުރަސް އެޅިގެންދިިޔައެވެ.

މި ހަމަލާ ބަދަލުކުރުންތަކުގައި އަފްޣާނިސްތާނުގެ ސިފައިންގެ ދެމީހުން މަރުވެފައި ވެއެވެ. އަދި ގިނަ އަދަދެއްގެ ބަޔަކު ޒަހަމްވިއެވެ. މަންޒަރު ދުށް މީހުން ކިޔާދިން ގޮތުގައި މި ހަމަލާ ބަދަލުކުރުންތައް ހިނގާފައިވަނީ ކާރޫބާރޫ ބޮޑު ވަގުތުކޮޅެއްގައެވެ.

ހަމަލާތައް ފުރަތަމަ ފެށީ ޕާކިސްތާންގެ ބޯޑަރ ބަލަހައްޓާ ސިފައިންނެވެ. ޕާކިސްތާނުން ބުނީ އަފްޣާނިސްތާނުން ސަރަހައްދީ ރޮނގު ކައިރީގައި ޗެކް ޕޮއިންޓެއް ގާއިމުކޮށްފައިވާ ކަމަށެވެ.

2021 ވަނަ އަހަރުގެ އޮގަސްޓު މަހު ޠާލިބާނުން ބަޣާވާތަކުން އަފްޣާނިސްތާނުގެ ވެރިކަމަށް އިސްވިފަހުން، ޚާރިޖީ ގުޅުމަށް އައި ހީނަރުކަމެއްގެ ތެރެއިން ދެ ގައުމުގެ ސަރަހައްދި ރޮނގުގައި މިފަދަ ހަމަނުޖެހުންތައް ވަނީ ހިނގަން ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން