ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ހޮވިވަޑައިގެންފި ނަމަ، ވެރިކަމުގެ ނިޒާމުގެ ތެރޭގައި ޑްރަގުގެ ގޭންގުތައް ފައި ހިއްޕާލާނެ ކަމަށް މިފަހަރުގެ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރެއްވި އުމަރު ނަސީރުގެ ރަނިންމޭޓު، އަހުމަދު ސަލީމް (މާޒު ސަލީމް) ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ސޯސަން ޖަގަހައިގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އުމަރު ނަސީރުގެ ރަނިންމޭޓު، އަހުމަދު ސަލީމް (މާޒު ސަލީމް) ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމުގެ ތެރެއަށް ޑްރަގު ގެ ގޭންގުތައް މިހާރު ހޯރަ އަޅަމުންދާ ކަމަށެވެެ. އެގޮތުން ޑރ. މުހައްމަދު މުއިއްޒު ރައީސް ކަމަށް ހޮވިވަޑައިގެންފި ނަމަ، ވެރިކަމުގެ ނިޒާމުގެ ތެރޭގައި ޑްރަގުގެ ގޭންގުތައް ހަރަކާތްތެރިވާނެ ކަމަށް ސަލީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތް ކުރަން އެންމެންނަށް މަޖުބޫރުވެފައިވާ ކަމަށެެވެ. ސަލީމް ވިދާޅުވީ ރައީސް ސޯލިހަކީ އަނިޔާވެރިކަމާއި ޑްރަގުގެ ވަބާއިން ރާއްޖެ ސަލާމަތް ކޮށްދެއްވާނެ ލީޑަރު ކަމަށެވެ.

ސަލީމް އިތުރަށް ވިދާޅުވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓާއި ރަނިންމޭޓު ފަހަތުން ފެންނަނީ ގޭންގުތައް ކަމަށެވެެ. އަދި އިދިކޮޅު ކެމްޕޭނަށް ހަރަދުކުރަނީ، އަދި ދުއްވާ ލޯންޗުތަކަކީ ވެސް ގޭންގުތަކުގެ އުޅަނދު ކަމަށް ސަލީމް ވަނީ ތުހުމަތު ކުރަށްވާފައެވެ.

"ވަރަށް ސީރިއަސް ވާހަކަ އަޅުގަނޑު މި ދެންނެވީ. އެ މީހުންގެ ރޭވުން ހުރީ އެ ގޮތަށް މުޅި ސަރުކާރުގެ ތެރެއަށް ކަޅު ވިލާގަނޑު ވައްދަން،" ހޯމް މިނިސްޓްރީގައި މަސައްކަތް ކުރެއްވި ސަލީމް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން