ހަނގުރާމައިގައި މިރަހަސަރަހައްުގެ 25 ޓަވަރަށް ބޮން އަޅައި އެތައް ބައެއްގެ ގެވަނީ ބިމާއި ހަމަކޮށްލާފައެވެ.
ހަނގުރާމައިގައި މިރަހަސަރަހައްުގެ 25 ޓަވަރަށް ބޮން އަޅައި އެތައް ބައެއްގެ ގެވަނީ ބިމާއި ހަމަކޮށްލާފައެވެ.
ގައްޒާގެ އަލް ޒަހްރާ ކިޔާ އަވަށަކީ އާއްމުން ދިރިއުޅުމަށް 1990 ގައި ފަލަސްތީނުގެ ކުރީގެ ރައީސް ޔާސިރު އަރަފާތު ބިނާކުރެއްވި އަވަށެކެވެ. މިއަވަށަކީ ފަލަސްޠީނުގައި މޫދާއި ކައިރި އޮންނަ، ދިރިއުޅުމަށް އެންމެ ހިތްގައިމު އަވަށެވެ. އާބާދީގެ ނިސްބަތުން 5000 ވަރަކަށް މީހުން ދިރިއުޅޭ މިކުޑަ އަވަށަކީ އިގްތިޞާދީގޮތުން ޣައްޒާއަށް ނުހަނު ފައިދާ ކުރަނިވިވެސް އަވަށެކެވެ. މިއަވަށުގައި އެތަކެއް ކެފޭތަކާއި ރެސްޓޯރެންޓުތަކާއި ގެސްޓްހައުސް އަދި ހޮޓާތައްވެސް ހުއްޓެވެ.

އިޒްރާއީލުން ބޮން އަޅައި މިއަވަށުގައި ހުރި ބިނާތަކާއި ގެތަށް ފުނޑުފުނޑުކޮށް ބިމާ ހަމަކޮށްފައިވާއިރު މީގެ އެންމެ މަހެއްހާދުވަސް ކުރީގެ ހަނދާންތައް އެއަވަށުގައި ދިރިއުޅެމުން އައި މީހުންވަނީ މީޑިއާއަށް ކިޔާދީފައެވެ. އެގޮތުން ތުރުކީ ވިލާތުގައި ދިރިއުޅޭ އެއަވަށުގެ އަންހެނެއް ކަމަށްވާ ހަނާ އޭނާގެ އާއިލާގެ ހަނދާންތަކުގެ ވާހަކަތައް ބިބީސީ އަށް ކިޔައިދިނީ ނުހަނު ހިތްދަތިކަމާއިއެކުއެވެ.

މިހިތްގައިމު އަވަށުގެ ދިރިއުޅުން ސިފަކުރަމުން ހަނާވަނީ އެސަރަހައްދުގެ މީހުންގެ އެއްބައިވަންތަކަމާއި އެކުއެކީގައި އަބަދުމެ ކޮށް އުޅުނު ކަންތައްތަކުގެ ހަނދާންތައް ސިފަވާގޮތަށް ވަރަށް އަސަރާއެކު ކިޔައިދީފައެވެ. އެގޮތުން އިރުއޮއްސޭ ވަގުތުގައާއި އިރުއަރާވަގުތު އަވަށުގެ ތުނޑީ ސަރަހައްދުގައިއާއި މަގުތައްމަތީ އެއްބަޔަކު އަނެއް ބަޔަކާއި ބައްދަލުވެ އެކީގައި އުޅެފައިވާ ހަމަޖެހޭ އުފާވަރި ދިރިއުޅުމުގެ ވާހަކަތައް އޭނާ ފާހަގަކުރެއްވިއެވެ.

ހަނާގެ ބޭބެ ޔަހްޔާގެ ވާހަކަވެސް އޭނާ ކިޔައިދިނެވެ. ޔަހްޔާއަކީ އެސަރަހައްދުގެ ކުރިއަރަމުން އައި ޒުވާން ފެޝަން ޑިޒައިނަރެކެވެ. ނަމަވެސް އޭނާގެ ހުރިހާ މަސައްކަތްތަކާއި ގެވެސް މުޅިން މިހަނގުރާމައިގެ ތެރޭގައި ވަނީ ހަލާކުކޮށްލާފައެވެ. އަދި ޔަހްޔާ އެސަރަހައްދުން ދިޔައިރު ގެންގޮސްފައިވަނީ ލިޔެކިއުންތަކަކާއި ޕާސްޕޯޓާއި ޗޮކްލެޓާއި ފެންފުޅިއަކާއި ފަސްޓްއެއިޑް ކިޓެއް އަދި އޭނާގެ އެއް ޓީޝާޓެވެ.



ހަނާގެ ދެބެންގެ ދެދަރި 25 އަހަރުގެ ދެކޮއްކޮ ކަމަށްވާ އަލީއާއި މުހައްމަދަކީވެސް އެސަރަހައްދުގެ އުއްމީދީ ޒުވާން ދެވިޔަފާރިވެރިންނެވެ. އެއިގެ ތެރެއިން އެކަކީ ޕޭސްޓްރީގެ ބާވަތްތައް ވިއްކާ މީހެކެވެ. އަނެއް ކޮއްކޮގެ ކޮފީ ޝޮޕެއް ހުރެއެވެ. ދެމީހުންގެ ގެވެސް ވަނީ އޮކްޓޫބަރު 19 އާއި 20 ގެ ބޮމުގެ ހަމަލާތަކުގައި ބިމާއި ހަމަވެފައެވެ.

މިއަހަރުގެ ކުރީކޮޅު ކައިވެނި ކުރި އަލީ، 2014 ވަނަ އަހަރު އިސްރާއިލްއާއި ހަމާސްއާއި ކުރެވުނު ހަނގުރާމައިގައިގެ ދުވަސްވަރު އަލްޒަހްރާ އަވަށަށް ދިރިއުޅުން ބަދަލުކުރީ އެވަގުތު އެންމެ ރައްކާތެރި ތަނަކީ އެއީ ކަމުގައި ދެކިގެންނެވެ. ދެން އަލީގެ ބައްޕަގެ އެޕާޓްމެންޓެވެ. އެ އެޕާޓްމެންޓްވެސް ބިމާހަމަވެގެންދިޔައީ އަލީގެ ބައްޕަ އެ އެޕާޓްމެންޓުގެ ފައިސާ ދައްކައި ހަލާސްކުރި މަސްތެރޭގައެވެ. މިހާރު ދިރިއުޅުމުގެ ކަންތައް ހުރީ ކޮންމެ ދުވަހަކުވެސް ފެން ހޯދުމަށް އެކި ސަރަހައްދުތަކާއި އެކިމީހުން ކައިރިއަށްގޮސް ފެން ގެނައުމަށް ކުރަންޖެހޭ މަސައްކަތުގައި އަވަދި ނެތި އުޅުމެވެ.

އެސަރައްދުގެ މަހްމޫދު ނަމަކަށްކިޔާ ޑެންޓިސްޓެއްވެސް އޭނާގެ އުދާސްތައް ބީބީސީއަށް ހިއްސާކޮށްދީފައިވެއެވެ. އެސަރަހައްދު ހުސްކުރުމަށް އެންގުމުން މެޑިކަލް ސެންޓަރުގައި ވޮލެންޓިއަރ މަސައްކަތް ކުރަމުންގެންދާ މިޑޮކްޓަރު ބުނި ގޮތުގައި އަދިވެސް ދިރިދުނިޔޭގައި ހުރިނަމަ އަނބުރާ އުޅެން ދާން ބޭނުންވަނީ އެސަރަހައްދަށް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން