އިޒްރޭލުގެ ޓޭންކަރުތައް ޣައްޒާގެ އިންޑޮނޭޝިއަން ހޮސްޕިޓަލް ވަށާލައިފިއެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ދަނީ ހެނދުނުއްސުރެ އެ ހޮސްޕިޓަލަށް އުދުވާނީ ހަމަލާތައް ދެމުންނެވެ. އެ ހަމަލާތަކުގައި މަދުވެގެން 12 މީހުން ޝަހީދުވެފައިވާ ކަމަށް އަލްޖަޒީރާއިން ރިޕޯޓްކޮށްފައި ވެއެވެ. އިޒްރޭލް ސިފައިން ވަނީ ހޮސްޕިޓަލުން ބޭރަށް ނުކުތް މީހުން ޝަހީދުކޮށްލާފައެވެ. އެމީހުންގެ ހަށިތައް ހޮސްޕިޓަލް ބޭރުގައި އަދިވެސް ނުނެގި އެބަހުރި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އެހެން ނަމަވެސް، އިޒްރޭލުން އެމީހުންގެ ހަށިތައް ވަޅުލުމުގެ ހުއްދައެއްވެސް ނުދެއެވެ.

އިޒްރޭލުން ވަނީ އަލް-ޝިފާ ހޮސްޕިޓަލްގެ އަޑިން ހަމާސް ޖަމާއަތުގެ ބިންގަރާހެއް ފެނިފައިވާ ކަމަށް ބުނެފައެވެ. އެހެން ނަމަވެސް ޝިފާ ހޮސްޕިޓަލުން ވަނީ އެކަން ދޮގުކޮށްފައެވެ.

އަލް-ޝިފާ ހޮސްޕިޓަލަކީ ހަމާސްގެ ކޮމާންޑް ސެންޓަރެއް ކަމަށް ބުނެ، އެކަން ބަހަނާއަކަށް ހެދުމަށްފަހު އިޒްރޭލުން ވަނީ ޝިފާ ހޮސްޕިޓަލް ހިސާރުކޮށްފައެވެ. ނިރުބަވެރި އިޒްރޭލު އަސްކަރިއްޔާއިން އެ ހޮސްޕިޓަލް ހިސާރުކޮށްފައިވާތާ އެތައް ދުވަހެއް ވެއްޖެއެވެ.

މީގެ އިތުރަށްވެސް، އިޒްރޭލުން ދަނީ ޣައްޒާގެ އެހެން ހޮސްޕިޓަލްތަކަށްވެސް ހަމަލާތައް އަމާޒުކުރަމުންނެވެ. އެގޮތުން، ނިރުބަވެރި އިޒްރޭލު ސިފައިން އަލް-ކުވެއިތް ޔޫއެން ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި އެ ހޮސްޕިޓަލް އެއްކޮށް އަނދާ ހުލިވެފައިވާ ކަމަށް އަލްޖަޒީރާއިން ރިޕޯޓް ކޮށްފައި ވެއެވެ. އަދި ހޮސްޕިޓަލް ތެރޭގައި ތިބި މީހުންގެ ތެރެއިން ނިޔާވި މީހުންގެ އަދަދު ކަށަވަރުކުރެވިފައި ނުވާ ކަމަށްވެސް ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން